ނަޝީދަށް ދިން ހަމަލާގެ ތުހުމަތަށް އައްޑޫން މީހަކު ހައްޔަރުކޮށްފި

ހަމަލާއާ ގުޅިގެން އައްޑޫ ސިޓީން ހައްޔަރުކުރި ތަސްލީމް. -- ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ހަމަލާއާ ގުޅިގެން އައްޑޫ ސިޓީން ހައްޔަރުކުރި ތަސްލީމް. -- ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބާރުގަދަ އެއްޗެއް ގޮއްވާލައި ދިން ހަމަލާއާ ގުޅިގެން އައްޑޫ ސިޓީން ވެސް މީހަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

"އަދަދު"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާ ދިނުމުގައި ބައިވެރިވާ ކަމުގެ ތުހުމަތަށް އައްޑޫ ސިޓީން ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށީ، އަލަނާސިގޭ މުހައްމަދު ތަސްލީމެވެ.

އޭނާގެ މައްޗަށް ފުލުހުން ބޮޑެތި ތުހުމަތުތަކެއް ކުރެ އެވެ. އެގޮތުން ތަސްލީމަކީ ޓެރަރިސްޓް ހަމަލާ ރާވައި، އެކަމުގެ އިރުޝާދު ދިނުމުގައި އެންމެ އިސްކަން އުޅުނު މީހާ ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އައްޑޫ ސިޓީ މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އަމުރެއްގެ ދަށުން 33 އަހަރު ތަސްލީމު ހައްޔަރުކޮށްފައިވަނީ ޓެރަރިޒަމްގެ ތުހުމަތާއެކު އެވެ. އަދި، އޭނާ ހައްޔަރުކުރަން ބޭނުންވާ ސަބަބެއް ކަމަށް އަމުރުގައި ބުނެފައިވަނީ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ތަސްލީމުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ހެއްކަށް ނުފޫޒު ފޯރުވަދާނެތީ ކަމަށެވެ.

ނަމަވެސް، ނަޝީދަށް ދިން ހަމަލާއަށްފަހު ފުލުހުންނާއި ސިފައިން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަންގައި އައްޑޫ ސިޓީން ނުވަ މީހަކު ހައްޔަރުކުރި އެވެ. އެ މީހުންގެ ތެރެއިން ބައެއް މީހުން ފަހުން ދޫކޮށްލި އެވެ. އެކަމަކު، ހައިކޯޓުގެ އަމުރެއްގެ ދަށުން އަލުން ހައްޔަރުކުރި އެވެ.

އޭގެ ތެރެއިން އެކަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމާއެކު، އާ ހެކިތަކާއެކު އެމީހާ ވެސް އަލުން ވަނީ ހައްޔަރުކޮށްފަ އެވެ.

ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލެއިން ވެސް ބަޔަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ތިން މީހެއްގެ މައްޗަށް މިހާރު ވަނީ ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތުކޮށްފަ އެވެ. އޭގެ ތެރެއިން އެކަމަކީ މީގެކުރިން ފުލުހުން ވަނަވަރު ހާމަކޮށްފައިވާ އަލީ ހައިޝަމެވެ.

އަނެއް ދެ މީހުންނަކީ މި ނޫހަށް އެނގިފައިވާ ގޮތުގައި މ. ކުދެހިގެ އިސްހާގާއި ހ. ހިޔާކަން ފަހުމީ އަލީ އެވެ.

ހަމަލާއާ ގުޅިގެން ޖުމްލަ އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރުމަށް މިހާރު ވަނީ ފޮނުވާފަ އެވެ. އެއީ، ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި އަހުމަދު އަދުހަމް، 25، އާއި މުޖާޒް އަހްމަދު 21، އާއި ތަހުމީން އަހްމަދު، 32 އަދި އަހުމަދު ފާތިހު، 23 ގެ މައްޗަށެވެ.

މީގެތެރެއިން މުޖާޒާއި ތަހުމީނު އަދި އަދުހަމް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ނަޝީދަށް އަމާޒުކުރި ހަމަލާގައި އަމަލީ ގޮތުން އުޅުނު މީހުން ހައްޔަރުކޮށްފައިވާ ކަން ފުލުހުން ހާމަކުރުމާ އެކު ކަންބޮޑުވުމަކަށް ވީ ހަމަލާ ރާވައި ހިންގުމުގައި އަދި ހަރަދުކުރި ބަޔަކު ނުހޯދިދާނެ ކަމެވެ. އެކަމަކު, އެ ބަޔަކު ހޯދުމަކީ ތަހުގީގުގެ އިސް އަމާޒެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ތަހުގީގައި ފުލުހުން އަންނަނީ ބޭރުގެ މާހިރުންގެ ވެސް އެހީ ހޯދަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox