ޓައިމްގެ އެންމެ ވަރުގަދަ މަންޒިލްތަކުގެ ލިސްޓުގައި ދިވެހިރާއްޖެ!

Jul 23, 2021, 6:07 AM
ވެލާ ޕްރައިވެޓް އައިލެންޑުގެ މަތިން ނަގާފައިވާ ފޮޓޯއެއް: ޓައިމް މަޖައްލާގައި ހިމަނާފައިވާ ރާއްޖެއާ ބެހޭ ބަޔާނުގައި މި ރިސޯޓުގެ ވާހަކަ ހިމަނާފައިވޭ. --ފޮޓޯ: ވެލާ ޕްރައިވެޓް އައިލެންޑް

ވެލާ ޕްރައިވެޓް އައިލެންޑުގެ މަތިން ނަގާފައިވާ ފޮޓޯއެއް: ޓައިމް މަޖައްލާގައި ހިމަނާފައިވާ ރާއްޖެއާ ބެހޭ ބަޔާނުގައި މި ރިސޯޓުގެ ވާހަކަ ހިމަނާފައިވޭ. --ފޮޓޯ: ވެލާ ޕްރައިވެޓް އައިލެންޑް

އެމެރިކާގެ މަޝްހޫރު "ޓައިމް" މަޖައްލާ އިން އެކުލަވާލި 2021 ވަނަ އަހަރު ދުނިޔޭގެ އެންމެ ވަރުގަދަ 100 މަންޒިލުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމެނިއްޖެ އެވެ.

އަންނަ މަހު ނެރޭ ޓައިމް މަޖައްލާގެ ކަވާ ސްޓޯރީގައި ހަދާފައިވާ މި ލިސްޓުގައި ގައުމުތަކުގެ އިތުރުން ސަރަހައްދުތަކާއި ސިޓީތަކާއި އަވަށްތައް ހިމެނެ އެވެ. ލިސްޓް އެކުލަވާލީ، އާ އަދި ހިތްދަމައިގަންނަ ފަދަ ތަޖުރިބާތައް އޮފާކުރާ މަންޒިލުތަކަށް ހާއްސަ ނަޒަރެއް ދީގެން، ޓައިމްގެ ކޮރެސްޕޮންޑެންޓުންނާއި ކޮންޓްރިބިއުޓަރުންގެ ބައިނަލްއަގްވާމީ ނެޓްވޯކުން ނޮމިނޭޓްކުރި މަންޒިލުތަކުގެ ތެރެއިންނެވެ.

"މިދިޔަ ދޮޅު އަހަރުގެ ގޮންޖެހުންތަކުން އަހަރެމެންގެ ދުނިޔެ އެއްކޮށް ބަދަލުކޮށްލައިފި. އަދި ދަތުރުފަތުރާއި ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ އަށް ވުރެ ބޮޑަށް އަސަރުކުރީ މަދު އިންޑަސްޓްރީތަކަކަށް،" އެ މަޖައްލާ އިން ބުނެފައިވެ އެވެ.

"ޓައިމް" އިން ބުނީ އެ މަޖައްލާގެ ތިން ވަނަ އަހަރީ މި ލިސްޓަކީ، އެ އިންޑަސްޓްރީތަކުގެ ކުރީގައި ތިބެ، އާދަޔާހިލާފު ހާލަތްތަކާ އެކު ވެސް، އަލުން ބިނާކޮށް ހާލަތާ ކުރިމަތިލައި އާ ކަންކަން ހޯދައިގަތް މީހުންނާއި ވިޔަފާރިތަކަށްދޭ ހަދިޔާއެއް ކަމަށެވެ.

ވަކި ތަރުތީބެއް ނެތް މި ލިސްޓުގައި ރާއްޖެއާ ބެހޭގޮތުން ބުނެފައިވަނީ، މި ގައުމަކީ ވެކްސިން ޖަހާފައިވާ މީހުންނަށް ކަރަންޓީނުވުމެއް ނެތި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ހުޅުވާލި ފުރަތަމަ ގައުމު ކަމަށެވެ. އަދި އިތުރު މީހުން ޒިޔާރަތްކުރުވުމަށްޓަކައި، އާބާދީއެއް ވެކްސިން ޖަހައި ނިމުމުން ޓޫރިސްޓުންނަށް ވެކްސިން ދިނުމުގެ ޕްލޭނެއް ވެސް ރާއްޖޭގައި އޮތް ކަމަށް ބުނެފައިވެ އެވެ. ރާއްޖޭގައި ދާދި ފަހުން ހުޅުވި ފަރި އައިލެންޑްސް އަދި ވެލާ ޕްރައިވެޓް އައިލެންޑުގެ ވާހަކަ ހިމަނާފައިވާ އެ ބަޔާނުގައި، އަންނަ އަހަރު ރާއްޖޭގައި ތަރައްގީކުރަން ފަށާ ފްލޯޓިން ސިޓީގެ ވާހަކަ ވެސް އޮތެވެ.

މި ލިސްޓުގައި ހިމެނޭ ބައެއް އެހެން މަންޒިލްތައް:

އެންޓާޓިކާ، އަރޫކާ (ޕޯޗުގަލް)، އެތެންސް (ގްރީސް)، ބެންކޮކް (ތައިލެންޑް)، ގާހިރާ (މިސްރު)، ކޮސްޓަ ރީކާ، ދުބާއީ (ޔޫއޭއީ)، ގޮތެންބާގް (ސްވިޑެން)، ޖައިޕޫރް (އިންޑިއާ)، މަރަކޭޝް (މޮރޮކޯ)، މެޑްރިޑް (ސްޕެއިން)، ނިއު ޔޯކް ސިޓީ (ޔޫއެސްއޭ)، ޕެރިސް (ފްރާންސް)، ސިސިލީ (އިޓަލީ)، ސިންގަޕޫރު، ޒިއުރިކް (ސްވިޒަލެންޑް).

ކޮމެންޓް

ފަހުގެ ޚަބަރު

ޑޮލަރު ޓްރާންސްފާ އަންނަ ހަފުތާގައި ހަމައަކަށް އެޅޭނެ: ބީއެމްއެލް

ބީއެމްއެލްއިން ޓީޓީ ހެދުމުގައި ދިމާވެފައިވާ ލަސްތަކަށް އަންނަ ހަފުތާގައި ހައްލެއް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި. މި މައްސަލަ ހައްލުކުރުމަށްޓަކައި ބޭންކުން ވަނީ ޑޮލަރު ބޭރުވާ މިންވަރު ކޮންޓްރޯލްކޮށް، ޒަރޫރީ ބޭނުންތަކަށް އިސްކަންދޭން ފަށާފަ. ބޭންކުން ޔަގީންކޮށްދޭ ގޮތުގައި މިއީ ޑޮލަރު ސަޕްލައިއަށް ދިމާވި ވަގުތީ ދަތިކަމެއް.

50 މިލިއަން ޑޮލަރު ދައްކަން ފައިސާއެއް ނުދެން: ބީއެމްއެލް

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމަށް ބީއެމްއެލްގެ ފައިސާ ބޭނުންކުރި ކަމަށް ބުނާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި. ބޭންކުން ބުނީ އެ ދަރަނި އަދާކުރުމުގައި ކަސްޓަމަރުންގެ ޑިޕޮސިޓް ނުވަތަ ބޭންކުގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށާއި، ބޭންކުގެ މާލީ ހާލަތު ވަރުގަދަކޮށް އޮތް ކަމަށް.

ބީއެމްއެލްއިން ޑޮލަރު ސަޕޯޓު ނުލިބޭތާ ހަފުތާއެއް

ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކުން ފޮނުވާ ޓީޓީތަކަށް ޑޮލަރު ސަޕޯޓު ލިބުން ދަތިވެ، އެކައުންޓުގައި ފައިސާ ނެތް ނަމަ އިތުރު އެންގުމަކާ ނުލައި ޓީޓީ ބާތިލުވާނެކަން އެ ބޭންކުން އަންގައިފި.މި ބަދަލުގެ ސަބަބުން މުދާ ގެންނަ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، ޑޮލަރު ލިބޭ މިންވަރު މަދުވުމުގެ ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުން.

ބީއެމްއެލްއިން ވިޔަފާރިވެރިންގެ ޑޮލަރުތައް ތާށިކޮށްފި

ޑޮލަރުގެ ތާށިކަން ބޮޑުވެ، ބީއެމްއެލްގައި ހުރި ވިޔަފާރިވެރިންގެ ޑޮލަރު އެހެން ބޭންކުތަކަށް ޓްރާންސްފާ ނުކުރެވެނީ އެމްއާރުޓީޖީއެސް މެދުވެރިކޮށް ކުރާ ޓްރާންސްފާތަކުގެ ބެކްލޮގެއް އޮތުމުން. މީގެ ސަބަބުން މުދާ އިމްޕޯޓުކުރުމަށް ފައިސާ ދެއްކުމުގައި ވިޔަފާރިތަކަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި.

އެމްއައިބީން މާދަމާ އެކައުންޓް ހުޅުވުމުގެ ހިދުމަތް ދެނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާދަމާ ހެނދުނު 10:00 އިން މެންދުރު 2:00 އަށް މާލެ އާއި ހުޅުމާލޭގެ ބްރާންޗުތަކުން އެކައުންޓް ހުޅުވުމުގެ ހިދުމަތް ދިނުމަށް ވަނީ ނިންމާފައި. މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެ ބޭންކުގެ ހެޑް އޮފީހާއި، ރީޓެއިލް ބޭންކިން ބްރާންޗް އަދި ހުޅުމާލެ ބްރާންޗުން.

ދިރާގު ގޭމިންގ ކޮންކުއެސްޓްގެ ޕަބްޖީ ކޮލިފަޔަރސް ފަށަނީ

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026ގެ ޕަބްޖީ ކޮލިފަޔަރސް 57 ޓީމާއެކު މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މި މުބާރާތުގެ ކޮލިފަޔަރސްއިން ހޮވޭ 16 ޓީމަކަށް 30,000 ރުފިޔާގެ ޕްރައިޒް ޕޫލެއް ކަނޑައެޅިފައިވާ މެއިން އިވެންޓުން ފުރުސަތު ލިބޭނެއެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި މުބާރާތުގައި ޕަބްޖީގެ އިތުރުން އެކި ޕްލެޓްފޯމްތަކުގެ މަގުބޫލު ގޭމްތައް ހިމެނެއެވެ.

އެމެރިކާއިން އިންޓްރެސްޓް ރޭޓް ބޮޑުކޮށްފި

އެމެރިކާގެ އިންފްލޭޝަން ކޮންޓްރޯލް ކުރުމަށްޓަކައި، ރައީސް ޓްރަމްޕްގެ ދެކޮޅުހެދުންތަކާ އެކުވެސް އެގައުމުގެ މަރުކަޒީ ބޭންކުން އިންޓްރެސްޓް ރޭޓް ބޮޑުކޮށްފިއެވެ. މި ނިންމުމުގެ ސަބަބުން ލޯނު ނަގާ ފަރާތްތަކަށް އުފުލަންޖެހޭ ބުރަ ބޮޑުވި ނަމަވެސް، މިއީ އިގްތިސާދީ ހަމަޖެހުމަށްޓަކައި އެޅި ޒިންމާދާރު ފިޔަވަޅެއް ކަމަށް ފެޑަރަލް ރިޒާވްއިން ހާމަކުރެއެވެ.

Newsletter

Get the latest news delivered straight to your inbox