ހަނިމާދޫ އެއާޕޯޓުގެ މިލްކުވެރިކަން ނުގެއްލޭނެ, ބޭރުގެ ސިފައިން ވެސް ނުތިބޭނެ: ރައީސް

އެއާޕޯޓުގެ މައްސަލައިގައި ހަނިމާދޫގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރައީސް ޖަވާބު ދެއްވަނީ. -- ފޮޓޯ/ ރައީސް އޮފީސް

އެއާޕޯޓުގެ މައްސަލައިގައި ހަނިމާދޫގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރައީސް ޖަވާބު ދެއްވަނީ. -- ފޮޓޯ/ ރައީސް އޮފީސް

ހދ. ހަނިމާދޫ އެއާޕޯޓުގައި ބޭރު ސިފައިން ނުތިބޭނެ ކަމަށާއި އެތަނުގެ މިލްކުވެރިކަން ވެސް އޮންނާނީ ދިވެހި ސަރުކާރަށް ކަމުގެ ޔަގީންކަން ދެއްވައި އިންޑިއާ ސިފައިންނަށް އެތަން ދޭން އުޅޭ ކަމުގެ ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހައްލުކޮށްދެއްވައިފި އެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީގެ މަޝްރޫއަށް ބޮޑު ބިމަކަށް ޕްލޭނިން މިނިސްޓްރީން އެދުނު ހިސާބުން ތުހުމަތަކަށް ވީ އެހާ ބޮޑު ބިމެއް ނެގުމުގެ ބޭނުމަކީ އިންޑިއާ ސިފައިން ބޭތިއްބުމަށް ޖާގަ ހޯދުމެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުން އެއާޕޯޓު ތަރައްގީކުރާތީ އެތަނުގެ މިލްކުވެރިކަން ވެސް އޮންނާނީ އިންޑިއާ އަށް ކަމުގެ އަޑުތަކާ އެކު ރައްޔިތުންގެ މެދުގައި އޮތީ ނުތަނަވަސްކަން ބޮޑުވެފަ އެވެ.

ސަރުކާރުން އެދުނު ވަރުގެ ބޮޑު ބިމެއް ދޭން ރައްޔިތުންނާއި ކައުންސިލުން ދެކޮޅު ހަދަމުން ދިޔައީ އެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

Advertisement

ހދ. އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި ހަނިމާދު އަށް މިއަދު ވަޑައިގެން ރައްޔިތުންގެ ތެރެއިން ބަޔަކާ ބައްދަލުކުރައްވައި އެމަނިކުފާނު ވަނީ އެއާޕޯޓް ތަރައްގީއާ ގުޅޭ ގޮތުން ހުރި ޝަކުވާތައް އައްސަވައިފަ އެވެ. އެ ކަންބޮޑުވުންތަކާ މަޝްވަރާ ކުރައްވައި ރައްޔިތުން އެދުނު ވަރުގެ ބިމަކާ އެކު އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދަން އެ ބައްދަލުވުމުގައި އެއްބަސްވެވަޑައިގަތެވެ.

ރައީސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓް އަޅަން ލޯނު ނަގަނީ ދިވެހި ސަރުކާރުން ކަމަށެވެ. އެތަން ހިންގުމާއި މިލްކުވެރިކަން ވެސް އޮންނާނީ ސަރުކާރަށް ކަމަށް ވިދާޅުވި އެވެ.

އިންޑިއާގެ ނުފޫޒު ރާއްޖެއަށް ގަދަކުރަމުން އައިސް, ބޭރު ސިފައިން އެތަނުގައި ތިބޭނެ ކަމުގެ ތުހުމަތު ވެސް ރައީސް ދޮގުކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ ފަދަ އެއްވެސް ކަމެއް މި ސަރުކާރަކުން ނުކުރާނެ އެވެ. އަދި ކުރިއަށް އަންނަ ސަރުކާރަކުން ވެސް އެފަދަ ކަމެއް ކުރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ހަނިމާދޫ ރައްޔިތުންގެ ކަންބޮޑުވުން އޮތީ އެމްއެންޑީއެފަށް ހާއްސަކުރާ ސަރަހައްދާއި އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ބޭނުންވި ބިމާ މެދުގަ އެވެ. އެމްއެންޑީއެފަށް ހާއްސަކުރާ ބިމަކީ އެމްއެންޑީއެފްގެ މުޅި ނޮދާން ކޮމާންޑު އެކީގައި ހަނިމާދުއަށް ބަދަލުކުރުމަށްޓަކައި ބޭނުންވާ ބިމެއްކަމަށާއި އެއީ މުޅި އުތުރުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ފަސޭހަކުރުމުގެ ގޮތުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިދިޔަ މާޗް މަހު ޕްލޭނިން މިނިސްޓްރީން އެ ރަށު ކައުންސިލަށް ފޮނުވި ސިޓީއެއްގައި އެދިފައިވަނީ އެއާޕޯޓަށް އިތުރު ކުރާ ބިމުގައި ސިފައިންގެ ނޯދާން އޭރިޔާ ހެޑްކުއާޓާސް ވެސް އަޅަން ހަމަޖައްސާފައިވާތީ އެރަށުން 853،937 އަކަފޫޓުގެ ބިމެއް ހަމަޖައްސައި ދިނުމަށެވެ. އެއާއެކު ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ޕެޓިޝަންތައް ހުށަހެޅި އެވެ.

އެހާ ބޮޑު ބިމެއް އެއާޕޯޓް ތަރައްގީކުރަން ދޫކޮށްލާކަށް ރައްޔިތުންނާއި ކައުންސިލުން ބޭނުމެއް ނުވެ އެވެ. މި މައްސަލައިގައި, ކައުންސިލާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު މަޝްވަރާތަކެއް ކުރެވުނު ނަމަވެސް އޮތީ އެކަށީގެންވާ ހައްލަކާ ހަމައަށް ނާދެވި އޮތުމަށް ފަހު ރައްޔިތުން ބޭނުންވާ ގޮތަށް އެ މައްސަލަ އަށް މިއަދު އޮތީ ހައްލެއް ލިބިފަ އެވެ. އެއީ, ޕްލޭނިން އިން އެދުނު ވަރަށް ވުރެން ދެބައިކުޅަ އެއްބައި ކުޑަ ބިމެއް އެއާޕޯޓުގެ ތަރައްގީއަށް ހަމަޖެއްސުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox