ބަންދު އިތުރު ކުރާއިރު ވަޒަން އެތެރެވިގޮތެއް ނުބުނޭ

ކަސްޓަމްސް އޮފިސަރުންތަކެއް އެއާޕޯޓްގައި ޑިއުޓީގައި: ޓޫރިސްޓް މީހާ އަތުން ފެނުނު ވަޒަން ރާއްޖެ އެތެރެވިގޮތް ބުނެ ނުދޭ-- ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސް އޮފިސަރުންތަކެއް އެއާޕޯޓްގައި ޑިއުޓީގައި: ޓޫރިސްޓް މީހާ އަތުން ފެނުނު ވަޒަން ރާއްޖެ އެތެރެވިގޮތް ބުނެ ނުދޭ-- ފޮޓޯ: ކަސްޓަމްސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ޓޫރިސްޓެއްގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލާގައި އެ މީހާ ހައްޔަރުކޮށް ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރު ކުރި ނަމަވެސް އެ ވަޒަން ރާއްޖެ އެތެރެވިގޮތް ކަމާ ބެހޭ އިދާރާއަކުން ބުނެ ނުދިނެވެ.

ވަޒަންތަކެއް ފެނުނީ މިދިޔަ ހަފްތާ ހޮނިހިރު ދުވަހު ހެނދުނު އެއާޕޯޓަށް ދިޔަ ޓޫރިސްޓެއްގެ ދަބަހުންނެވެ. އެއީ، އެފެރިކާގެ ގައުމެއް ކަމަށްވާ ނެމީބިއާއަށް ނިސްބަތްވާ 60 އަހަރުގެ ފިރިހެނެކެވެ. އެ ވަޒަންތައް ފެނުމާއެކު އޭނާއާ ސުވާލުކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

ފުރަތަމަ އޭނާގެ ބަންދަށް ވަނީ ތިން ދުވަސް އިތުރުކޮށްފަ އެވެ. އެ މުއްދަތު ހަމަވުމުން އަނެއްކާ ވެސް ހަތަރު ދުވަސް އޭނާގެ ބަންދަށް ބުރާސްފަތި ދުވަހު ވަނީ ޖަހައިފަ އެވެ.

ވަޒަންތައް ފެނުނީ ރާއްޖެއިން ފުރަންވެގެން އެ ޓޫރިސްޓު އެއާޕޯޓަށް ދިޔުމުން ކަމަށްވާތީ، އޭނާ ރާއްޖެ އެތެރެވީ ވެސް ވަޒަންތަކާއެކު ކަމަށް ބެލެވެ އެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންނާއި ކަސްޓަމްސްގައި ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އެއްވެސް ޖަވާބެއް ނުދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox