ގެދޮރުވެރިޔާ ލޯނަށް ތަރުހީބު ބޮޑު، މިހާތަނަށް 62 އެޕްލިކޭޝަން ހުށަހަޅައިފި

ތުލުސްދޫ މަތިން ނަގާފައިވާ ފޮޓޯއެއް: ރަށުގައި ގެދޮރު އަޅަން ސަރުކާރުން ތައާރަފްކޮށްފައިވާ "ގެދޮރުވެރިޔާ" ލޯނަށް ތަރުހީބު ރަނގަޅުކަމަށް އެޗްޑީއެފްސީން ބުނޭ.

ތުލުސްދޫ މަތިން ނަގާފައިވާ ފޮޓޯއެއް: ރަށުގައި ގެދޮރު އަޅަން ސަރުކާރުން ތައާރަފްކޮށްފައިވާ "ގެދޮރުވެރިޔާ" ލޯނަށް ތަރުހީބު ރަނގަޅުކަމަށް އެޗްޑީއެފްސީން ބުނޭ.

އަތޮޅުތެރޭގައި ގެދޮރު އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ތައާރަފުކޮށްފައިވާ "ގެދޮރުވެރިޔާ" ލޯނަށް ތަރުހީބު ރަނގަޅުކަމަށް އެޗްޑީއެފްސީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީ އަދި އެޗްޑީއެފްސީ ގުޅިގެން ހިންގާ ގެދޮރުވެރިޔާ ލޯން ސްކީމަކީ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ގެދޮރު އިމާރާތްކުރަން ދޫކުރާ ދިގު މުއްދަތުގެ އިންޓްރެސްޓް ކުޑަ ލޯނު ދޫކުރުމަށް ހިންގާ ގެދޮރުވެރިކަމުގެ ސްކީމެކެވެ.

މި ލޯނުގެ ތެރެއިން ގިނަވެގެން ހަތް ލައްކަ ރުފިޔާ ގެދޮރު އިމާރާތްކުރަން ނުވަތަ މަރާމާތުކުރަން ދޫކުރަން ސަރުކާރުން އޮތީ ނިންމައިފަ އެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު އިފްތިތާހުކުރި ސްކީމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރަން މަސް ދުވަހުގެ ތެރޭގައި 1,500 އަށް ވުރެ ގިނަ މީހުން ގުޅާފައިވާ ކަމަށް އެޗްޑީއެފްސީން ބުނެ އެވެ.

އެޗްޑީއެފްސީގެ މީޑިއާ އޮފިޝަލް "އަދަދު"އަށް ވިދާޅުވި ގޮތުގައި އެ މުއްދަތުގެ ތެރޭގައި އެ ލޯނަށް 62 އެޕްލިކޭޝަން ލިބިފައި ވެ އެވެ.

"އެއީ ގާތްގަނޑަކަށް 39 މިލިއަން ރުފިޔާގެ އެޕްލިކޭޝަންތައް،" އޮފިޝަލް ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ލޯންގެ ތަފްސީލް

  • ލޯން ދޫކުރާނީ އަމިއްލަ ގޯތީގައި އަލަށް ގެއެއް އަޅަން ނުވަތަ ނުނިމި ހުރި މަސައްކަތްތައް ކުރަން.
  • ހަދަން ފަށާފައި ނުނިމި ހުރި އިމާރާތަށް ބައެއް އިތުރުކުރަން ވެސް ލޯނަށް އެދެވިދާނެ.
  • އެކަކަށް އެންމެ ގިނައިން ދޫކުރަން ނިންމާފައި ވަނީ 700,000ރ.
  • 15 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,907ރ.
  • 16 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,680ރ.
  • 17 އަހަރަށް ބަހާލުމުން މަހަކު ޖެހޭނީ 5,485ރ.
  • 18 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,307ރ.
  • 19 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,153ރ.
  • 20 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,015ރ.

މި ލޯނަށް އެދޭ މީހާގެ ނަންމަތީގައި އަމިއްލަ ބިމެއް ރަޖިސްޓްރީވެފައި އޮންނަން ޖެހެ އެވެ. އަދި އެ ބިން ލިބިފައިވާ ރަށުގެ ރަށްވެއްސަކަށް ވުމާއި އެ ރަށުގައި އާއިލާއެކު ދިރިއުޅޭތާ މަދުވެގެން ތިން އަހަރު ވެފައިވާން ޖެހެ އެވެ.

އޭގެ އިތުރުން އެޕްލިކޭޝަން ހުށަހެޅުމުގައި ގޯތީގެ ވެރިފަރާތުގެ އިތުރުން ޝަރުއީގޮތުން ވާރުތަވާ މަދުވެގެން އެކަކު ކޯއެޕްލިކަންޓެއްގެ ގޮތުގައި ބައިވެރިވާންޖެހެ އެވެ.

އެގޮތުން، އެޕްލިކޭޝަންތަކާއެކު ހުށަހަޅާ އައިޑީކާޑާއި އުފަންދުވަހުގެ އަދި ކައިވެނީގެ ސެޓްފިކެޓުތަކުގެ ސައްހަކަން ރަށު ކައުންސިލުތައް މެދުވެރިކޮށް ކަށަވަރުކުރަން ބައެއް ދަތިތައް ދިމާވަމުންދާކަމަށް އެޗްޑީއެފްސީން ބުންޏެވެ.

އޭގެ އިތުރުން އެޕްލިކޭޝަންތައް ހުށަހަޅާއިރު ލިޔެކިޔުންތައް ފުރިހަމަނުވާ މައްސަލަތައް ވެސް ފާހަގަވާކަމަށް ވެސް ބުނެފައި ވެ އެވެ.

ގެދޮރުވެރިޔާ ލޯނަކީ ހަ ޕަސެންޓް އިންޓްރެސްޓް ރޭޓުގައި މަހަކު ކުޑަ އިންސްޓޯލްމަންޓެއް ދައްކައިގެން 20 އަހަރު ދުވަހުން އަދާކުރަން ޖެހޭ ލޯނެކެވެ. މިއީ މިހާރު ރާއްޖޭގައި ހުރި ކޮމާޝަލް ބޭންކުތަކާއި މާލީ އިދާރާތަކުން ދޫކުރާ ހައުސިން ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ވުރެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކުޑަ އަދަދެކެވެ.

ނަމަވެސް، ހަތް ލައްކަ ރުފިޔާއަކީ ގެދޮރު އިމާރާތްކުރަން އެކަށީގެންވާ އަދަދެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.

އެއާއެކު އެ އަދަދު އިތުރުކުރަން ވިސްނަމުންދާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox