ސަރުކާރަށް އޮތް ހިތްހަމަނުޖެހުން ނަޝީދު ދުނިޔެއަށް އިއުލާނުކުރައްވައިފި

ރައީސް ސޯލިހާއި ނަޝީދު: ސަރުކާރަށް މިހާރު ތައީދު ނުކުރައްވާކަން ނަޝީދު މިއަދު ވަނީ ރަސްމީކޮށް މުޅި ދުނިޔެއަށް ހާމަކުރައްވާފައި. -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ސޯލިހާއި ނަޝީދު: ސަރުކާރަށް މިހާރު ތައީދު ނުކުރައްވާކަން ނަޝީދު މިއަދު ވަނީ ރަސްމީކޮށް މުޅި ދުނިޔެއަށް ހާމަކުރައްވާފައި. -- ފޮޓޯ/ ރައީސް އޮފީސް

ސިޔާސީ ގޮތުން އެއްވެސް ބުރަދަނެއް ނެތް ސިޔާސީ ޕާޓީތަކަށް ދޫ ދީގެން، އެމްޑީޕީގެ އަސާސްތަކާ ހިލާފަށް ދީނީ ހައްދުފަހަނައެޅުމަށް ދީލައިލަން ބަލައިނުގަނެނެވޭތީ، މި ސަރުކާރަށް ތާއީދުކުރަން ދަތިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މުޅި ދުނިޔެއަށް ރަސްމީކޮށް މިއަދު އިއުލާނުކުރައްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެކަމަކު އެމަނިކުފާނާ އެކު ސިޔާސީ ގޮތުން ދެން ހުންނެވެން ނެތް ކަމަށް ނަޝީދު ވިދާޅުވެފައިވަނިކޮށް މިއަދު އިނގިރޭސި ބަހުން ނެރުއްވި ބަޔާނެއްގައި ވެސް ވަނީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރައްވައިފަ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރު އެމްޑީޕީން ރިޔާސީ އިންތިހާބު ކާމިޔާބުކުރީ ކޯލިޝަނެއްގެ އެހީތެރިކަމާއެކު ކަމަށެވެ.

Advertisement

ނަމަވެސް، ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ނަން ވަކިން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ސަރުކާރުގެ ހުރިހާ ނިންމުތަކަކަށް ނުފޫޒު ފޯރުވަން ރައީސް ސޯލިހު ފުރުސަތު ދެއްވުމުގެ ސަބަބުން މުޅި ކޯލިޝަނުން ގަބޫލުކުރާ ޑިކޮމްރެޓިކް އަސާސްތައް މުގުރާލާފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕުން ބޭނުންވަނީ ކޯލިޝަން ދަމަހައްޓަން ޑިޕްލޮމަސީ އާއި ދޫދިނުން އެކަންޏެއް ނޫން ކަމަށާއި، ރައްޔިތުން ބޭނުންވާ އިގުތިސޯދީ ކުރިއެރުމާއި، މިނިވަންކަމާއި ހަމަހަމަކަން ދެމެހެއްޓުމުގެ ހިތްވަރު ވެސް ބޭނުންވާ ކަމަށެވެ.

އެގޮތުން، މި ފަހުން ސަރުކާރުން ހުށަހެޅި ނަފްރަތު އުފެއްދުން ހުއްޓުވުމުގެ ބިލާ ގުޅޭގޮތުން ކަން ހިނގައިދިޔަ ގޮތް ނަޝީދު ހާއްސަކޮށް ފާހަގަކުރެއްވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ދީނާ ގުޅުވައިގެން ނަފްރަތު އުފެއްދުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުން މަޖިލީހަށް ހުށަހެޅީ ކުރިން ހިނގާފައިވާ ޑރ. އަފްރާޝީމް އަލީ، ޔާމީން ރަޝީދު އަދި އަހުމަދު ރިލްވާން އަނިޔާވެރިކޮށް މަރާލުމުގެ އިތުރުން އެމަނިކުފާނު ވެސް އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގެ ފަހަތުގައި އޮތީ މީހުން ކާފަރެއްގެ ގޮތުގައި ސިފަކޮށް އެބަޔެއްގެ ލޭ ހުއްދަކުރުން ކަމަށް ވިސްނިގެން ކަމަށެވެ.

ނަމަވެސް، އަދާލަތު ޕާޓީން އިސްވެ އެ ބިލާ ދެކޮޅު ހެދުމުން، ސަރުކާރުން އަމިއްލަ ހުށަހެޅި ބިލަށް ކުރި ތާއީދު އަނބުރާ ގެންދިޔައީ، ސަރުކާރުގެ ތެރޭގައި ތިއްބެވި ބޭފުޅުންނާ މެދު ވެސް ނަފުރަތު އުފައްދައި، ހަމަ އެފަދަ ނުރައްކާތެރިކަމަށް ހުށަހެޅިދާނެތީ ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ.

"އެހެންކަމުން މި ބިލަށް ތާއީދުކޮށް، ގަބޫލުކުރާ ހަމަތަކުގެ މަތީގައި ސާބިތުވެ ތިބުމުގެ ލީޑާޝިޕް މި ސަރުކާރަށް ނުދެއްކޭނަމަ، އަޅުގަނޑަށް މި ސަރުކާރަށް ތާއީދުކުރަން ވަރަށް ދަތި،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ބިރު ގަނެގެން، ޑިމޮކްރެޓިކް ވެރިކަމާއި ގައުމުގެ މުސްތަގުބަލުގެ ލަގަނު، ސިޔާސީ މާބޮޑު ބުރަދަނެއްނެތް އަދި ގިނަ ރައްޔިތުންގެ ތާއީދު ނެތް ކުޑަ ޕާޓީއެއްގެ އަތް މައްޗަށް އެއްވެސް ހާލެއްގައި ދޫކޮށްލައިގެން ނުވާނެ އެވެ.

"ރައްޔިތުންނާއެކު ވި އިޖުތިމާއީ އެއްބަސްވުމާއި އެމްޑީޕީގެ އެންމެ އަސާސީ މިންގަނޑުތައް ހިފެހެއްޓުމަށް ރައްޔިތުން އިންތިހާބު ކުރި ލީޑަރުންނަށް ޑިމޮކްރެޓިކް ހަމަތަކާއި، ގާނޫނުއަސާސީން ލާޒިމުކުރޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދާއި ރައީސް ސޯލިހާ ދެމެދު ސިޔާސީ ހިޔާލުތަފާތުވުން ބޮޑުވެފައިވާ ތަން ފެންނަން ފެށީ، ބަރުލަމާނީ ނިޒާމުގެ ވާހަކަތަކުންނެވެ. ނަޝީދު ވަނީ އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ރައީސް ސޯލިހްގެ އަރިހުން އެދިވަޑައިގެންފަ އެވެ. އެކަމަކު ނިޒާމް ބަދަލުކުރުމަކީ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށް ތަކުރާރުކޮށް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

މި ފަހުން، މަޖިލީހުން ކުރިއަސް ގެންދިޔަ "އާސްކް ސްޕީކާ"ގެ ޕްރޮގްރާމްގައި އިނގިރޭސި ވިލާތުގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ވެސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމް ގެންނަވާނެ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީ ބާއްވާނަމަ، އެ އިންތިހާބުގައި އެމަނިކުފާނު ވާދަ ކުރައްވާނެ ކަމަށެވެ.

"އެމްޑީޕީގެ ޕްރައިމަރީގައި އަޅުގަނޑު ބައިވެރިވާނަން، އަޅުގަނޑު މި ހުރީ އެ ޕްރައިމަރީގައި ބައިވެރިވެވޭ ގޮތަށް،" ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް، 2023 ވަނަ ރިޔާސީ އިންތިހާބެއް އޮންނާނެ ކަމަކަށް އެމަނިކުފާނު ގަބޫލެއް ނުކުރައްވަ އެވެ.

ނަޝީދު ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމް 2023 ވަނަ އަހަރު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެވޭނެ ކަމަށާއި އޭގެފަހުން، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު އެކުލަވާލާނެ އެވެ.

އެކަމަށްޓަކައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ނަޝީދު މިފަހުން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox