ކުރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުގެ ނިންމުންތައް އާންމުކުރަނީ

ކުރިމިނަލް ކޯޓުގެ އިސްގާޒީއާއެކު އެ ކޯޓުގެ އެހެން ދެ ގާޒީއަކު: ކޯޓުގެ ގަވައިދު ވަނީ އެކުލަވާލާ، އަމަލު ކުރަން ފަށާފައި

ކުރިމިނަލް ކޯޓުގެ އިސްގާޒީއާއެކު އެ ކޯޓުގެ އެހެން ދެ ގާޒީއަކު: ކޯޓުގެ ގަވައިދު ވަނީ އެކުލަވާލާ، އަމަލު ކުރަން ފަށާފައި

ކޯޓުތަކާ ބެހޭ ގާނޫނުގެ ދަށުން ކުރިމިނަލް ކޯޓުގެ ގަވައިދު އެކުލަވާލައި، ގިނަ ބަދަލުތަކެއް ކޯޓުގެ ހިންގުމަށް ގެނެސްފި އެވެ.

މިއަދާ ހަމައަށް ކުރިމިނަލް ކޯޓު ހިންގަމުން ދިޔައީ އެ ކޯޓުގެ ގާޒީންގެ އާންމު މަޖިލީހުން އެކި ކަންކަމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކޮށް ފާސްކޮށްފައިހުރި އުސޫލުތަކުގެ މައްޗަށެވެ.

ނަމަވެސް، ކޯޓުތަކުގެ ގާނޫނުގައި ކޯޓު ހިންގާނެ ގޮތުގެ ގަވައިދެއް އެކުލަވާލަން ޖެހޭނެ ކަމަށް އޮވެ އެވެ.

Advertisement

އެގޮތުގެ މަތިން ކުރިމިނަލް ކޯޓުން މިއަދު ގެޒެޓްކުރި ގަވައިދުގައި އެ ކޯޓުގެ ގާޒީންގެ އާންމު މަޖިލީހުގެ ބައެއް ކަންކަމަށް ވެސް ވަނީ ގެނެސްފަ އެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ގާޒީންގެ މަޖިލީހުން ނިންމާ ބައެއް ނިންމުންތައް ކުރިމިނަލް ކޯޓުގެ ވެބްސައިޓްގައި އާންމުކުރުމަށް ނިންމުމެވެ. މީގެކުރިން އެ މަޖިލީހުން ނިންމާ އެއްވެސް ނިންމުމެއް އާންމެއް ނުކުރެ އެވެ.

ކުރިމިނަލް ކޯޓުގެ ގަވައިދުގައިވާ ގޮތުގައި ގާޒީންގެ މަޖިލީހުން ނިންމާ ނިންމުންތަކަކީ އާންމުންނާ ނުވަތަ ވަކީލުންނާ ގުޅުންހުރި ކަމަކަށްވާނަމަ އެ ނިންމުމެއް ނިންމި ގޮތާއި، އަމަލުކުރާނެ ގޮތް ކޯޓުގެ ވެބްސައިޓްގައި ޝާއިއު ކުރަން ޖެހޭނެ އެވެ.

ގާޒީންގެ އާންމު މަޖިލީހުން ނިންމާ ނިންމުމަކީ ދައުލަތުގެ ވަކި އިދާރާއަކާ ނުވަތަ މުއައްސަސާއަކާ ގުޅުންހުރި ކަމަކަށްވާ ނަމަވެސް، އެ ނިންމުމެއް އާންމުކުރަން ޖެހެ އެވެ.

އަދި، މުވައްޒަފުންނާ ގުޅޭ ނިންމުންތައް، އެ ކޯޓުގެ ނޯޓިސް ބޯޑުގައި އެކަށީގެންވާ މުއްދަތަކަށް ބަހައްޓަން ޖެހޭނެ ކަމަށް ގަވައިދުގައިވެ އެވެ.

ގާޒީންގެ މަޖިލީހުން ނިންމާ ނިންމުންތައް އެ ނިންމުމެއް ނިންމި މަޖިލިސް ބޭއްވިތާ ދެ ދުވަހުގެ ތެރޭ އެކުލަވާލަން ޖެހެ އެވެ. އަދި، އެ މުއްދަތުގެ ތެރޭ ގާޒީން ސޮއިކުރަން ވެސް ޖެހެ އެވެ. މިގޮތަށް ނިންމާ ނިންމުންތައް އޮންނަން ޖެހޭނެ ފޯމެއް ވެސް ގަވައިދުގައި ވަނީ ހިމަނާފަ އެވެ.

މީގެއިތުރުން ގާޒީންގެ އާންމު މަޖިލީހަށް ކަންކަން ހުށަހެޅޭނެ ގޮތުގެ އިޖުރާއަތެއް ވެސް ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން ގާޒީއަކު ނުވަތަ ރެޖިސްޓްރާ ނުވަތަ ކޯޓުގެ ސެކްޝަނަކުން ބޭނުންވެއްޖެނަމަ އާންމު މަޖިލީހަށް ކަމެއް ހުށަހެޅިދާނެ އެވެ.

މިގޮތަށް ހުށަހަޅާ ހުށަހެޅުންތައް އެޖެންޑާގައި ތާވަލުކުރަން ޖެހޭނީ ގަވައިދުގައިވާ ގޮތުން ހުށަހެޅޭ ތަރުތީބަށް އިސްކަން ދީގެންނެވެ. ނަމަވެސް، އަވަހަށް ތާވަލުކުރަން ޖެހޭ ޒަރޫރީ މައްސަލައެއްނަމަ، ތަރުތީބަށް ބަދަލު ގެނެސް ކުރިއަށް އެޖެންޑާ ކުރެވިދާނެ އެވެ.

ކުރިމިނަލް ކޯޓު: ގަވައިދު އެކުަލަވާލައި ހިންގުމަށް ވަނީ ބަދަލު ގެނެސްފައި
ކުރިމިނަލް ކޯޓު: ގަވައިދު އެކުަލަވާލައި ހިންގުމަށް ވަނީ ބަދަލު ގެނެސްފައި

ކުރިމިނަލް ކޯޓު: ގަވައިދު އެކުަލަވާލައި ހިންގުމަށް ވަނީ ބަދަލު ގެނެސްފައި

އިލްމީ މަސައްކަތްތަކަށާއި މައުލޫމާތު ހާމަކުރަން ހާއްސަ އިސްކަމެއް

ކުރިމިނަލް ކޯޓުގެ ގަވައިދުގެ އެއް ބާބު ހާއްސަކޮށްފައިވަނީ ކޯޓުން ކުރާ އިލްމީ މަސައްކަތްތަކަށެވެ.

އެގޮތުން، ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާކުރުމަށް ހާއްސަކޮށް އަދި އަދުލުގެ ނިޒާމު އާންމުކޮށް ހަރުދަނާކޮށް ކުރިއެރުވުމަށް ކޯޓުން އިލްމީ މަސައްކަތް ކުރަން ޖެހޭނެ ކަމަށް ގަވައިދުގައިވެ އެވެ.

މި މަސައްކަތްތައް ވިލަރެސް ކުރާނީ އިސްގާޒީގެ ބިއުރޯއިން އެކަމަށް ކަނޑައަޅާފައިވާ މުވައްޒަފު ނުވަތަ މުވައްޒަފުންނެވެ.

ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ބިލްތަކަށާއި ގަވައިދިތަކަށާއި އުސޫލުތަކަށް ކޮމެންޓް ފޮނުވައިދިނުމަށް އެދި ހުށަހެޅުމުން އެ މަސައްކަތް، ލީގަލް އޮފިސަރުންނާ ހަވާލުކުރަން ޖެހޭނެ އެވެ. މިހެން ހަވާލުކުރާ މަސައްކަތް ހަތް ދުވަސް ތެރޭ ނިންމަން ޖެހެ އެވެ.

އޭގެއިތުރުން ތަފާސްހިސާބުތައް ބަލަހައްޓަންވީ ގޮތް ވެސް ގަވައިދުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން ކޮންމެ މަހަކު ތަފާސްހިސާބުތައް ނަގައި ގާޒީންގެ އާންމު މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އަދި، ވެބްސައިޓްގައި އެ މައުލޫމާތުތައް އާންމުކުރަން ވެސް ގަވައިދުގައި ވަނީ ބުނެފަ އެވެ.

ކޯޓުން މައުލޫމާތު ހާމަކުރާނެ މީޑިއާ އޮފިސަރެއް، އިސްގާޒީ ކަނޑައަޅަންވާނެ ކަމަށް ގަވައިދުގައިވެ އެވެ. ޝަރީއަތްތަކާ ގުޅޭ ކަންކަމުގައި އޭނާ މައުލޫމާތު ހާމަކުރަން ޖެހޭނީ ގާޒީންގެ އިރުޝާދުގެ ދަށުންނެވެ.

ގަވައިދުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ކޯޓުގެ މައުލޫމާތުތައް އާންމުކުރުމަށް ސޯޝަލް މީޑިއާ އެކައުންޓްތައް ހަދަންޖެހޭނެ އެވެ. އަދި އޭގެ ޒަރިއްޔާއިން ތަފާސްހިސާބުތަކާއި ތާވަލާއި އާންމު މައުލޫމާތު ހާމަކުރަން ޖެހޭނެ އެވެ.

ދަށު ކޯޓުތަކަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭނެ

ކުރިމިނަލް ކޯޓުން ދަށު މަރުހަލާގެ އެހެން ކޯޓުތަކަށް އެހީތެރިކަން ފޯރުކޮށްދޭން ވާނެ ކަމަށް ވެސް ގަވައިދުގައި ވަނީ ބުނެފަ އެވެ.

އެގޮތުން، ދަށު މަރުހަލާގެ ކޯޓުތަކުން ޖިނާއީ މައްސަލަތައް ބެލުމުގައި ބޭނުންވާ ފޯމުތަކާއި އަމުރުތަކާއި ނިންމުންތަކުގެ ސާމްޕަލްތައް ފަދަ ލިޔެކިޔުންތައް، ފޯރުކޮށްދޭންވާނެ އެވެ.

މިފަދަ ލިޔުމެއް ހޯދުމަށް ކޯޓަކުން ކުރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ، އެ ލިޔުމެއް ލަސްވެގެން ދެ ދުވަސް ތެރޭ ފޮނުވަން ޖެހޭނެ ކަމަށް ގަވައިދުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox