ކުރިމިނަލް ކޯޓަށް ހާޒިރުވާ ދައުލަތުގެ އިސްބޭފުޅުންނަށް ހާއްސަ ރައްކާތެރިކަމެއް ދެނީ

ކުރިމިނަލް ކޯޓުގެ ބޭރުގައި ރައީސް ޔާމީންގެ ކާރުކޮޅު މަޑުކޮށްފައި: ކޯޓަށް ހާޒިރުވާ އިސް ބޭފުޅުންނަށް ހާއްސަ ރައްކާތެރިކަމެއް ދޭނެ - ފޮޓޯ: އަހުމަދު ޝުރާއު

ކުރިމިނަލް ކޯޓުގެ ބޭރުގައި ރައީސް ޔާމީންގެ ކާރުކޮޅު މަޑުކޮށްފައި: ކޯޓަށް ހާޒިރުވާ އިސް ބޭފުޅުންނަށް ހާއްސަ ރައްކާތެރިކަމެއް ދޭނެ - ފޮޓޯ: އަހުމަދު ޝުރާއު

ކްރިމިނަލް ކޯޓަށް ހާޒިރުކުރާ އިސް ބޭފުޅުންނަށް ހާއްސަ ރައްކާތެރިކަމެއް ދޭން ޖެހޭ ގޮތަށް އެ ކޯޓުގެ ގަވައިދު އެކުލަވާލައިފި އެވެ.

ކުރިމިނަލް ކޯޓުން އެކި ކަންކަމުގައި މިހާރު އަމަލު ކުރަމުން އަންނަނީ އެ ކޯޓުގެ ގާޒީންގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ ވަކިވަކި އުސޫލުތަކެއްގެ މައްޗަށެވެ. ނަމަވެސް، ކޯޓުތަކުގެ ގާނޫނުގެ ދަށުން ކޯޓުން އަމަލު ކުރާ އުސޫލުތައް ބަޔާންކުރާ ގަވައިދެއް އޮންނަން ޖެހެ އެވެ.

ކޯޓުތަކާބެހޭ ގާނޫނު ވުޖޫދަށް ގެނައި ފަހުން ފުރަތަމަ ފަހަރަށް ކުރިމިނަލް ކޯޓުން ވަނީ އެ ކޯޓުގެ ގަވައިދު އެކުލަވާލައި މިއަދު ގެޒެޓްކޮށްފަ އެވެ.

Advertisement

އެގޮތުން އާންމުކުރި ގަވައިދުގައި ޝަރީއަތުގެ އަޑުއެހުންތަކާ ހާޒިރުވާ ފަރާތްތަކަށް ހާއްސަ ރައްކާތެރިކަން ދިނުމަށް ހިމަނައި، އެކަމުގައި އަމަލުކުރާ އުސޫލު އެކުލަވާލި އެވެ.

ގަވައިދުގައި ބުނާ ގޮތުން ރައީސް، ނުވަތަ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނާއި ނައިބު ރައީސް ނުވަތަ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ހާއްސަ ރައްކާތެރިކަން ދޭން ޖެހެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނާއި އުއްތަމަ ފަނޑިޔާރު ނުވަތަ އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ވެސް ހާއްސަ ރައްކާތެރިކަން ދޭން ޖެހޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ.

އޭގެއިތުރުން، މިނިސްޓަރުންނާއި މަޖިލިސް މެންބަރުންނާއި ފަނޑިޔާރުންނާއި ރިޓަޔާޑް ފަނޑިޔާރުން ކޯޓުން ހާއްސަ ރައްކާތެރިކަން ދޭން ޖެހޭނެ ކަމަށް ގަވައިދުގައި ބުނެ އެވެ.

އެ ބޭފުޅުންގެ އިތުރުން ވެސް ހާއްސަ ރައްކާތެރިކަން ދޭން ޖެހޭ ކަމަށް ކޯޓަށް ފެނިއްޖެނަމަ، އެމީހަކަށް އެ ރައްކާތެރިކަން ދެވިދާނެ އެވެ.

ހާއްސަ ރައްކާތެރިކަން ކޯޓުގެ އިދާރާއިން ހަމަޖައްސަން ޖެހޭނެ ކަމަށް ގަވައިދުގައި ބަޔާންކޮށްފައިވާއިރު، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަޑައިގަންނަވާ އެއްވެސް ފަރާތަކަށް މި ހާއްސަ ރައްކާތެރިކަމުގެ އިންތިޒާމް ހަމަޖައްސައިނުދޭނެ އެވެ.

މީގެކުރިން ކުރިމިނަލް ކޯޓަށް ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު އަދި އަބްދުﷲ ޔާމީން ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފަައިވެ އެވެ. އެ ބޭފުޅުން އޭރު ކޯޓަށް ހާޒިރުކުރިއިރު ވަކި ހާއްސަ އުސޫލަކުން އެ ބޭފުޅުންނާމެދު އަމަލެއް ނުކުރެ އެވެ.

އޭގެއިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރުންނާއި ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވެ އެވެ.

މިހާރު ވެސް ކުރީގެ ރައީސް ޔާމީންގެ މައްސަލައެއް ކުރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ. އަދި، ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްސަލައަކާއި ކުރީގެ މެންބަރު އަހުމަދު ނިހާންގެ މައްސަލައެއް ވެސް ކުރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދެ އެވެ.

ކުރިމިނަލް ކޯޓު: ގަވައިދު އެކުަލަވާލައި ހިންގުމަށް ވަނީ ބަދަލު ގެނެސްފައި
ކުރިމިނަލް ކޯޓު: ގަވައިދު އެކުަލަވާލައި ހިންގުމަށް ވަނީ ބަދަލު ގެނެސްފައި

ކުރިމިނަލް ކޯޓު: ގަވައިދު އެކުަލަވާލައި ހިންގުމަށް ވަނީ ބަދަލު ގެނެސްފައި

ނޫސްވެރިންގެ ދަފުތަރަކާއި ކާޑެއް

ކުރިމިނަލް ކޯޓުގެ ޝަރީއަތްތައް ކަވާކުރުމަށް އެ ކޯޓަށް ވަންނަ ނޫސްވެރިންގެ ދަފުރަތެއް ހަދައި، ހާއްސަ ކާޑެއް ދޫކުރުމަށް 2019 ވަނަ އަހަރުގެ ތެރޭ އެ ކޯޓުން އުސޫލެއް ހެދި އެވެ. އެ އުސޫލު މިއަދު އެކުލަވާލި ގަވައިދުގައި ވަނީ ހިމަނާފަ އެވެ.

އެގޮތުން ގަވައިދުގައި ބުނެފައިވާ ގޮތުގައި ނޫސްވެރިންނަށް ޝަރީއަތުގެ މަޖިލީހުގައި ފަސޭހަކަމާއެކު ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ކޯޓުގައި ނޫސްވެރިންގެ ދަފުތަރެއް އޮންނަން ޖެހޭނެ އެވެ.

އެ ދަފުތަރުގައި ހިމަނަނީ އެކަމަށް އެދި އެ ކޯޓަށް ހުށަހަޅާ ނޫސްވެރިންނެވެ. އަދި، އެ ނޫސްވެރިންނަށް ހާއްސަ ކާޑެއް ކުރިމިނަލް ކޯޓުން ދޫކުރާނެ އެވެ. ކާޑު ދޭ ނޫސްވެރިންނަށް ކުރިމިނަލް ކޯޓުގެ ޝަރީއަތަކަށް ވަނުމަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދޭން ގަވައިދުގައި ހިމަނާފައިވެ އެވެ.

އެގޮތުން، ކޯޓުގެ ބައްދަލުވުންތަކާއި ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް އެ ނޫސްވެރިންނަށް ދޭނެ އެވެ. އަދި ކޯޓުގެ ނިންމުންތަކާ ގުޅޭ މައުލޫމާތު ފަސޭހަކަމާއެކު އެ ކޯޓުން ފޯރުކޮށްދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox