މައްސަލަ އަނބުރާ ނެގީ ވޮލީގެ މުސްތަގުބަލަށްޓަކައި: ލަަތީފް

މައްސަލަ އަނބުރާ ނެގީ ވޮލީގެ މުސްތަގުބަލަށްޓަކައި: ލަަތީފް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ހިންގާ ކޮމިޓީ އުވާލައި އެސޯސިއޭޝަން ހިންގުން އިންޓަރިމް ކޮމިޓީއަކާ ހަވާލުކުރަން ކޮމިޝަނާ އޮފް ސްޕޯޓްސް އިން ނިންމި ނިންމުމާ ދެކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރަން ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ)، ނިންމެވި ނިންމެވުން ބަދަލުކޮށް މައްސަލަ އަނބުރާ ގެންގޮސްފި އެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) ވަނީ ޖޫން 11، 2019 ގައި ލަތީފްގެ ލީޑަޝިޕް އުވާލައްވައި ނޯމަލައިޒިން ކޮމިޓީއަކާ އެސޯސިއޭޝަން ހިންގުން ހަވާލުކުރައްވައިފަ އެވެ.

ނޯމަލައިޒިން ކޮމިޓީން ވީއޭއެމްގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ކޮމިޓީއާ ހަވާލުކުރި ކުރުން ބަދަލުކުރަން ލަތީފް ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. މައްސަލަ ހުށަހެޅުއްވިތާ އެތައް ދުވަހެއް ފަހުން ލަތީފާ ދެކޮޅަށް ސިވިލް ކޯޓުން ހުކުމްކުރީ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.

ގާނޫނުގައިވާ މުއްދަތުގެ ތެރޭގައި ލަތީފް ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އޭނާ އެ މައްސަލަ އަނބުރާ ގެންދިޔައީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިންނެވެ.

ލަތީފް، މިއަދު "އަދަދު" އަށް ވިދާޅުވީ މައްސަލަ އަނބުރާ ގެންދަން ނިންމި އެންމެ ބޮޑު ސަބަބަކީ ވޮލީބޯޅައިގެ މުސްތަގުބަލަށް ވިސްނުމަށް ފަހު ކަމަށެވެ.

"ވޮލީބޯޅައިގެ އެންމެ ބޮޑު ސްޕޮންސަރުންނަކީ ސަރުކާރު. ދެން މިއަދުގެ ސަރުކާރުން ވޮލީބޯޅައިގެ މުސްތަގުބަލަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވަން ރާވާފައި އޮތްކަން އެބަ ފެނޭ ޕްލޭންތަކުން. އެ ފަދަ ކަންތައްތައް އެހެން އޮއްވައި އަޅުގަނޑު ބޭނުމެއް ނުވޭ އަޅުގަނޑުގެ ސަބަބުން ވޮލީގެ މުސްތަގުބަލަށް ގެއްލުން ލިބޭ ފަދަ ކަންތައްތަކެއް ވާން. އެހެންވެ، ވޮލީގެ ކުރިމަގަށް ފައިދާ ހުރި ކަންތައްތަކަށް އެއްބާރުލުން ދޭން އަޅުގަނޑު ނިންމީ. އެ ގޮތަށް ވިސްނުމަށް ފަހު މައްސަލަ ނެގީ،" ލަތީފް ވިދާޅުވި އެވެ.

ވީއޭއެމްގެ ރައީސްގެ މަގާމަށް މިދިޔަ އޭޕްރީލް މަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައި ކުރީގެ އެއް ވަނަ ކުޅުންތެރިޔާ މުހައްމަދު ރަނޭޝް (ރަނޭ) ވަނީ އިންތިހާބުވެ ވަޑައިގެންފަ އެވެ. ރަނޭ ވަނީ ލަތީފްގެ ދައުރުގައި ސީނިއާ ނައިބު ރައީސެއްގެ މަގާމު ފުރުއްވައިފަ އެވެ.

ލަތީފް ވިދާޅުވީ ރަނޭ އަކީ ވޮލީ އެންމެ މަތީ ލެވަލްގައި ކުޅުމުގެ އިތުރުން ވޮލީގެ އެޑްމިނިސްޓްރޭޝަނުގެ ތަޖުރިބާ ވެސް ހުރި ފަރާތެއް ކަމަށާއި މައްސަލަ އަނބުރާ ނަގަން ނިންމި އެންމެ ބޮޑު ސަބަބަކީ ރަނޭގެ މަސައްކަތުގައި ވެސް ދެވެން އޮތް އެއްބާރުލުމެއް ދިނުމުގެ ގޮތުން ކަމަށެވެ.

"ވޮލީބޯޅަ އާއިލާ އަށް އަޅުގަނޑު ދޭން އޮތް ޔަގީންކަމަކީ އަޅުގަނޑު އަބަދުވެސް މި ކުޅިވަރަށް ރަނގަޅު ގޮތް އެދޭނަން. ކުރިއަށް އޮތްތަނުގައި ވެސް ވޮލީ އަށް ރަނގަޅަކަށް ކުރެވޭ ކޮންމެ ކަމެއްގައި އަޅުގަނޑުގެ އެއްބާރުލުން ލިބޭނެ،" ލަތީފް ވިދާޅުވި އެވެ.

ލަތީފަކީ މި ވަގުތު ވެސް ބައިނަލްއަގުވާމީ މަގާމެއް ފުރުއްވަމުން އަންނަ ފަރާތެކެވެ. މިދިޔަ އަހަރު ލަތީފް ވަނީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ)ގެ ސެންޓްރަލް ޒޯން އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންފަ އެވެ.

އޭޝިއާގެ ވޮލީބޯޅައިގެ މައި އިދާރާ އޭވީސީން ވަނީ މި ބައްރުގެ ވޮލީބޯޅައިގެ ކަންތައްތައް ކުރިއަށްގެންދަން ފަސް ޒޯން އެސޯސިއޭޝަނަކަށް ބަހާލައިފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ސެންޓްރަލް ޒޯނަކީ 14 ގައުމުގެ މައްޗަށް އެކުލެވޭ ޒޯނެކެވެ. މި ޒޯންގެ ކަންތައްތައް ކުރިއަށް އޮތް އަހަރުތަކުގައި ކުރިއަށްދާނީ ލަތީފްގެ ރައީސްކަމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox