މޫސުމީ ބަދަލާ ދެކޮޅަށް ނާސާ އާއި ޔޫރަޕުގެ ސްޕޭސް އެޖެންސީ ގުޅިއްޖެ

ނާސާގެ އިމާރާތެއް.-- ފޮޓޯ: ރޮއިޓާޒް

ނާސާގެ އިމާރާތެއް.-- ފޮޓޯ: ރޮއިޓާޒް

ޕެރިސް، ފްރާންސް (ޖުލައި 14) - މޫސުމީ ބަދަލާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ރަނގަޅު މަސައްކަތެއް ކުރުމަށް އެމެރިކާގެ ނާސާ އާއި ޔޫރަޕުގެ ސްޕޭސް އެޖެންސީ ގުޅިއްޖެ އެވެ.

ޔޫރޮޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ) ގެ ބަޔާނެއްގައި ބުނީ މި ގުޅުމުގެ ސަބަބުން ދުނިޔެ އޮބްޒާވް ކުރާ ސެޓެލައިޓުތަކުގެ ޑޭޓާ އެންމެ އެދެވޭ ގޮތުގައި ބޭނުން ކުރެވޭނެ ކަމަށެވެ.

"ސެޓެލައިޓުތަކުގެ ޑޭޓާއިން އެންމެ ރަނގަޅު ފައިދާ ލިބިގަތުމަށް އީއެސްއޭ އާއި ނާސާއިން ވަނީ އާތު ސައިންސާއި މޫސުމީ ބަދަލާ ދެކޮޅަށް ސްޓްރެޓެޖިކް ޕާޓްނަޝިޕެއް ހަދާފައި،" އެ ތަނުން ބުންޏެވެ.

ޕާޓްނަޝިޕް ރަސްމީކޮށް ފެށީ އަންގާރަ ދުވަހު އީއެސްއޭގެ ޑިރެކްޓަރު ޖެނެރަލް ޖޯސެފް އޭޝްބެކާ އާއި ނާސާގެ އެޑްމިނިސްޓްރޭޓަރު ބިލް ނެލްސަން އެއްބަސްވުމުގައި ސޮއިކުރެއްވުމުންނެވެ.

"މީގެ މަގްސަދަކީ މޫސުމީ ބަދަލާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރާ މަސައްކަތް ވަރުގަދަކޮށް، ދުނިޔެ އާއި ވަށައިގެންވާ މާހައުލަށް އަންނަ ބަދަލުތައް އެންމެ އަވަހަށް ދެނެގަތުން،" ބަޔާނުގައި ވެ އެވެ.

އެމެރިކާ އާއި ޔޫރަޕުގެ ޖައްވީ އިދާރާއިން މީގެ ކުރިން ވެސް ތިމާވެށީގެ ކަންކަމުގައި އެކުގައި މަސައްކަތް ކޮށްފައި ވެ އެވެ. އެގޮތުން އެންމެ ފާހަގަކުރެވެނީ "ކޮޕޭނިކަސް ސެންޓިނެލް-6" ޕްރޮގްރާމެވެ.

އެ ޕްރޮގްރާމުގެ ދަށުން ކުޑަ ވޭނެއްގެ ސައިޒު ހުންނަ ސެޓެލައިޓްތަކުން ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު ރިކޯޑް ކުރެ އެވެ.

"އެއްވެސް ޝައްކެއް ނެތި، މޫސުމީ ބަދަލު މޮނިޓާކޮށް މެޝާކުރުމަށް އެންމެ ރަނގަޅު ޑޭޓާ ލިބޭނީ ޖައްވުން. ގުޅިގެން މަސައްކަތް ކުރުމުން ލިބޭނެ ފައިދާ އިތުރުވާނެ،" އީއެސްއޭ އޭޝްބެކާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އަންނަ ނޮވެމްބަރު މަހު އޮންނަ ކޮޕް26 މޫސުމީ ކޮންފަރެންސްގައި ތިމާވެށީގެ ކަންކަމުގައި ޖައްވުން ޑޭޓާ ހޯދުމުގެ މަސައްކަތަށް އިތުރު ކުރިއެރުންތައް ލިބޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox