މަޖިލީހުގެ ދެވަނަ ދައުރުގެ މަސައްކަތް ދަށް، ނިމުނީ 39 ޕަސަންޓު

ކޮވިޑާ ގުޅިގެން މަޖިލީހުގެ ޖަލްސާއެއް އޮންލައިންކޮށް ކުރިއަށް ގެންދާއިރު، ޖަލްސާ ކުރާ މާލަން ހުސްކޮށް. -ފޮޓޯ: މަޖިލިސް

ކޮވިޑާ ގުޅިގެން މަޖިލީހުގެ ޖަލްސާއެއް އޮންލައިންކޮށް ކުރިއަށް ގެންދާއިރު، ޖަލްސާ ކުރާ މާލަން ހުސްކޮށް. -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު މިދިޔަ ބުރާސްފަތި ދުވަހު ނިންމާލިއިރު، ހުށަހެޅިފައިވާ މަސައްކަތްތަކުގެ ތެރެއިން ނިމިފައިވަނީ 39 ޕަސަންޓު ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

އެ އިދާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ކުރީ ދައުރުގައި ނުނިމި ހުރި 25 ބިލަކާއި މި ދައުރުގައި ހުށަހެޅުނު 16 ބިލަކާއެކު ޖުމްލަ 41 ބިލެއްގެ މަސައްކަތް ކުރެވުނުއިރު، މި ދައުރުގެ ތެރޭގައި ނިންމިފައިވަނީ ނުވަ ބިލެއްގެ މަސައްކަތެވެ.

އެ ނުވަ ބިލުގެ ތެރޭގައި ގެމަނަފުށި ދާއިރާގެ މެންބަރު އަހުމަދު ސައީދު ހުށަހަޅުއްވައި، އަނބުރާ ނެންގެވި ދެ ބިލެއް ވެސް ހިމެނެ އެވެ.

Advertisement

އޭގެ ތެރޭގައި 2019 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އައި، ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީތައް ބޮޑުކުރަން ހުށަހެޅި ބިލާއި، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު އިސްލާހުކުރަން ހުށަހެޅި ބިލު ފާހަގަކޮށްލެވެ އެވެ.

ފުރަތަމަ ދައުރު ނުނިމިހުރި ނުވަ ގަރާރަކައި ދެވަނަ ދައުރުގައި ހުށަހެޅުނު ދެ ގަރާރެއްގެ ތެރެއިން ފާސް ކޮށްފައިވަނީ އެންމެ ގަރާރެކެވެ.

ވަޒީރުންނާއި ސުވާލުކުރުމުގެ ބައިން ވެސް މި ދައުރުގެ ތެރޭގައި ކުރެވުނު މަސައްކަތް މަދެވެ. އެގޮތުން، ކުރީ ދައުރުން ވާރުތަވި ސުވާލުތަކާއެކު ޖުމްލަ 14 ސުވާލެއްގެ ތެރެއިން، ނިންމިފައިވަނީ ހަ ސުވާލެވެ.

ނަވާރަ ވަނަ މަޖިލީހުގެ ކޮންމެ ދައުރެއްގައި ކުރެވޭ މަސައްކަތްތަކުގެ ނިސްބަތް އެވަރެޖުކޮށް 60 ޕަސަންޓަށް ވުރެ މަތީގައި ހުންނައިރު، މި އަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ކުރިއަށް ގެންދަންޖެހުނީ، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއަށްފަހު އެވެ.

ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދަވަން ރާއްޖޭން ބޭރުގައި ހުންނެވުވުމުގެ ސަބަބުން ނަޝީދަށް ދެވަނަ ދައުރުގެ އެއްވެސް ޖަލްސާއެއްގައި ބައިވެރިވެޑައި ނުގެންނެވެ އެވެ.

އެއާއެކު، މުޅި މަޖިލިސް އިގުރާރުވެގެން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ހިންގި ޕާލިމަންޓްރީ އިންކުޔަރީ އަކީ ދެވަނަ ދައުރުގެ ތެރޭގައި އެންމެ އިސްކަމެއް ދީގެން ކުރި މަސައްކަތެވެ. އެ މަސައްކަތް ނިންމަން މިދިޔަ ޖޫން މަހު ނިމެން އޮތް ދެވަނަ ދައުރު، ޖުލައި މަހުގެ އަށަކާ ހަމައަށް ދަންމައިލި އެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ގާތްގަނޑަކަށް ދޮޅު މަސް ދުވަހުގެ މަސައްކަތަށްފަހު އެކުލަވައިލި ރިޕޯޓު ފާސްކޮށްފައިވަނީ އެ ދުވަހުގެ ޖަލްސާ ފަތިހާ ހަމައަށް އިތުރުކޮށްގެންނެވެ.

ކޮވިޑުގެ ހަތަރު ވަނަ ރާޅާއެކު ބަލި ފެތުރުން އިންތިހާއަށް އިތުރުވުމާ ގުޅިގެން މަޖިލީހުގެ ގިނަ ޖަލްސާތަކެއް ވެސް ބާއްވަންޖެހުނީ އޮންލައިންކޮށެވެ.

ދިރާސީ އާ އަހަރަށް ދާދިފަހުން ގެނައި ބަދަލާ އެއްގޮތް ކުރަން މަޖިލިސް ޗުއްޓީއަށް ދާ ދުވަސްތައް ވެސް ބަދަލުކުރުމާ ގުޅިގެން، މަޖިލީހުގެ ތިން ވަނަ ދައުރު ފެށޭނީ އަންނަ މަހުގެ 16 ވަނަ ދުވަހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox