އިދިކޮޅު ކޯލިޝަނުން ގަބޫލު ކުރަނީ ނަޝީދާއެކު ޔާމީން މަސައްކަތް ނުކުރައްވާނެ ކަމަށް

އަބްދުއްރަހީމް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ޕާޓީގެ ބައެއް އިސް ވެރިންނާއެކު: އިދިކޮޅުން ބުނަނީ ރައީސް އާއި ނަޝީދުގެ ކޯޅުމަށް ނުވަންނާނެ ކަމަށް -- ފޮޓޯ: ޕީޕީއެމް

އަބްދުއްރަހީމް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ޕާޓީގެ ބައެއް އިސް ވެރިންނާއެކު: އިދިކޮޅުން ބުނަނީ ރައީސް އާއި ނަޝީދުގެ ކޯޅުމަށް ނުވަންނާނެ ކަމަށް -- ފޮޓޯ: ޕީޕީއެމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ކޯޅުމުގެ ތެރެއަށް އިދިކޮޅު ކޯލިޝަނުން ވަންނަން ބޭނުންނުވާ ކަމަށާއި ރައީސް އަބްދުﷲ ޔާމީން، ނަޝީދާއެކު މަސައްކަތް ކުރައްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޕީޕީއެމްގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ނަޝީދާއެކު ކުރީގެ ރައީސް ޔާމީން މަސައްކަތް ނުކުރައްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވެފައި މި ވަނީ، ސިޔާސީ ގޮތުން ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ވެރިކަން ހިންގާ އެމްޑީޕީގެ އެތެރޭގެ ވަޓްސްއަޕް ގްރޫޕެއްގައި ނަޝީދު ވިދާޅުވެފައި އޮއްވަ އެވެ.

މެދުމިނުގެ ދީނީ ސިޔާސަތެއް ގެންގުޅޭނަމަ ރައީސް ޔާމީން އަދި ޕީޕީއެމްގެ އެހީއަށް އެދިވަޑައިގަންނަވާނެ ކަމަށް ވެސް ނަޝީދު ފޮނުއްވި މެސެޖުތަކުގައި ލިޔުއްވާފައިވެ އެވެ.

އެކަމާ ގުޅޭގޮތުން "އަދަދު" އިން ސުވާލު ކުރުމުން އަބްދުރަހީމް ވިދާޅުވީ ޔާމީންއަކީ ސިއްރުން އެއްވެސް ޑީލެއް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށާއި ނަޝީދާއެކު އެއްވެސް ޑީލެއް ހައްދަވާފާނެ ކަމަށް އޭނާއަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.

"ރައީސް ސޯލިހާއި ރައީސް ނަޝީދާ ތަޅާތެޅުމެއްގެ ތެރެއިން އެއަށް ޖަވާބު ދީ އޭގެ ތެރޭގައި ތާށިވާކަށް އަޅުގަނޑުމެން ނެތިން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އެހީއަށް އެދިވަޑައިގަންނަވާނެ ނަޝީދު ވިދާޅުވެފައިވާއިރު އަބްދުއްރަހީމް ވިދާޅުވީ ބޭނުން މީހެއްގެ ކައިރިން އެހީއަށް އެދުމަކީ ނަޝީދުގެ ހައްގެއް ކަމަށާއި އެކަމަކު އެމަނިކުފާނާއެކު ސިޔާސީ މަސައްކަތް ކުރަން އިދިކޮޅު ކޯލިޝަނުން ނުނިންމާ ކަމަށެވެ.

"ރައީސް ޔާމީނަކާ ނަޝީދަކާ އެއްވެސް ޑީލެއް ނެތް. އަދި އަޅުގަނޑުމެން އެއްވެސް މީހަކާއެކު ޑީލެއް ހެދުމުގެ ވިސްނުމެއް ވެސް ނެތް،" އޭނާ ވިދާޅުވި އެވެ.

ސިޔާސީ މަސައްކަތްތަކުގައި ޔާމީނާއި ޕީޕީއެމްގެ އެހީ ހޯއްދަވާނެ ކަމަށް ނަޝީދު މިއަދު ވިދާޅުވިއިރު ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގައި ޔާމީންގެ ތާއީދު ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިދިޔަ ހަފުތާގައި ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހާ ފިކުރު ދިމާނުވާ ކަމަށާއި އެކުގައި ސިޔާސީ މަސައްކަތް ނުކުރެއްވޭނެ ކަމަށް ނަޝީދު މި ވިދާޅުވީ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީން ހިންގި އިންކުއަރީގައި، އެ ހަމަލާ ހިނގަން މެދުވެރިވުމުގައި ގިނަ ގޯސްތަކެއް ހެދިފައިވާކަން އާއްމުކޮށްފައި އޮއްވަ އެވެ.

އެ ރިޕޯޓުގައި ފާހަގަ ކުރި ކަންތައްތަކުގެ ތެރޭގައި ދީނީ ހައްދުފަހަނައެޅި ވިސްނުމުގެ ބަޔަކު އެމަނިކުފާނުގެ ސަލާމަތީ ކަންކަން އޮންނަ ގޮތް ބަލައި، ފާރަލައި، އިންޒާރުތަކަށް ފަހު ހަމަލާ އަމާޒުކުރިއިރު އެމްއެންޑީއެފަށް ނުހުއްޓުވުމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ނަޝީދާއި ރައީސް ސޯލިހާ ދެމެދު ސިޔާސީ ހިޔާލުތަފާތުވުން ބޮޑުވެފައިވާ ތަން ފެންނަން ފެށީ، ބަރުލަމާނީ ނިޒާމުގެ ވާހަކަތަކުންނެވެ. ނަޝީދު ވަނީ އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ރައީސް ސޯލިހްގެ އަރިހުން އެދިވަޑައިގެންފަ އެވެ. އެކަމަކު ނިޒާމް ބަދަލުކުރުމަކީ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށް ތަކުރާރުކޮށް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox