ރައީސްއާ އެކީ ސިޔާސީ ގޮތުން ހުރެވޭކަށް ނެތް: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު: ރައީސް ސޯލިހާ އެކު ދެން ނުހުންނެވޭނެ ކަަމަށް ނަޝީދު މިއަދު ވަނީ ވިދާޅުވެފައި.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު: ރައީސް ސޯލިހާ އެކު ދެން ނުހުންނެވޭނެ ކަަމަށް ނަޝީދު މިއަދު ވަނީ ވިދާޅުވެފައި.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެކަމަކު އެމަނިކުފާނާ އެކު ސިޔާސީ ގޮތުން ދެން ހުންނެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު މިއަދު ފޮނުއްވި މެސެޖުގައި ވިދާޅުވީ ރައީސް ސޯލިހާއި އެމަނިކުފާނާ ދެމެދު އެއްވެސް މައްސަލައެއް ނުޖެހޭނެ ކަމަށެވެ. އެކަމަކު ފިކުރީ ގޮތުން ރައީސް ސޯލިހާ މިހާރު ހިޔާލުތަފާތުވެވަޑައިގެންފައިވާ ކަަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ޒާތީ ކަންކަމުގައި އަބަދުވެސް އުޅޭނީ އެކީގައި. އަޅުގަނޑުގެ ދަރިންގެ އިބޫ ދޮންބެ އެއީ،" ނަޝީދު ވިދާޅުވި އެވެ.

"އެކަމު ދެން ރައީސުލްޖުމްހޫރިއްޔާއާ އެކު ސިޔާސީ ގޮތުން ހުރެވޭކަށް ނެތް."

ދެން ވިދާޅުވީ މިކަމާ މެދު އެމްޑީޕީގެ ބައެއް މެމްބަރުން ހިތްހަމަނުޖެހުނަސް މައްސަލައެއް ނެތް ކަަމަށެވެ. އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ޕާޓީ ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އެހީއަށް އެދިވަޑައިގަންނަވާނެ ކަަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހްއާ ފިކުރު ދިމާނުވާ ކަމަށާއި އެކުގައި ސިޔާސީ މަސައްކަތް ނުކުރެއްވޭނެ ކަމަށް ނަޝީދު މި ވިދާޅުވީ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީން ހިންގި އިންކުއަރީގައި، އެ ހަމަލާ ހިނގަން މެދުވެރިވުމުގައި ގިނަ ގޯސްތަކެއް ހެދިފައިވާކަން އާއްމުކޮށްފައި ވަނިކޮށެވެ. އޭގެތެރޭގައި، ދީނީ ހައްދުފަހަނައެޅި ވިސްނުމުގެ ބަޔަކު، އެމަނިކުފާނުގެ ސަލާމަތީ ކަންކަން އޮންނަ ގޮތް ބަލައި، ފާރަލައި، އިންޒާރުތަކަށް ފަހު ހަމަލާ އަމާޒުކުރިއިރު އެމްއެންޑީއެފަށް ނުހުއްޓުވުމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ސިޔާސީ މަސައްކަތްތަކުގައި ޔާމީނާއި ޕީޕީއެމްގެ އެހީ ހޯއްދަވާނެ ކަމަށް ނަޝީދު މިއަދު ވިދާޅުވިއިރު ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގައި ޔާމީންގެ ތާއީދު ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިދިޔަ ހަފުތާގައި ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހާއި ނަޝީދަށް އެކުގައި މަސައްކަތް ނުކުރެއްވޭނެ ކަމަށް ވިދާޅުވިއިރު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ތެރޭގައި ދެ ފެކްޝަނެއް އޮތް ކަން ވަނީ ހާމަވެފަ އެވެ. ސަރުކާރުން، އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒުނުކުރާތީ މަސައްކަތް ބައިބައިވެފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެފައިވެ އެވެ.

ނަޝީދާއި ރައީސް ސޯލިހާ ދެމެދު ސިޔާސީ ހިޔާލުތަފާތުވުން ބޮޑުވެފައިވާ ތަން ފެންނަން ފެށީ، ބަރުލަމާނީ ނިޒާމުގެ ވާހަކަތަކުންނެވެ. ނަޝީދު ވަނީ އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ރައީސް ސޯލިހްގެ އަރިހުން އެދިވަޑައިގެންފަ އެވެ. އެކަމަކު ނިޒާމް ބަދަލުކުރުމަކީ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށް ތަކުރާރުކޮށް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

މި ފަހުން، މަޖިލީހުން ކުރިއަސް ގެންދިޔަ "އާސްކް ސްޕީކާ"ގެ ޕްރޮގްރާމްގައި އިނގިރޭސިވިލާތުގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ވެސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމް ގެންނަވާނެ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީ ބާއްވާނަމަ، އެ އިންތިހާބުގައި އެމަނިކުފާނު ވާދަ ކުރައްވާނެ ކަމަށެވެ.

"އެމްޑީޕީގެ ޕްރައިމަރީގައި އަޅުގަނޑު ބައިވެރިވާނަން، އަޅުގަނޑު މި ހުރީ އެ ޕްރައިމަރީގައި ބައިވެރިވެވޭ ގޮތަށް،" ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް، 2023 ވަނަ ރިޔާސީ އިންތިހާބެއް އޮންނާނެ ކަމަކަށް އެމަނިކުފާނު ގަބޫލެއް ނުކުރައްވަ އެވެ.

ނަޝީދު ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމް 2023 ވަނަ އަހަރު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެވޭނެ ކަމަށާއި އޭގެފަހުން، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު އެކުލަވާލާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox