ވަޒީފާ އަދާކުރާ އުމުރުގެ ދިވެހިންނަށް ވުރެ ބިދޭސީން ގިނަ!

ސަރުކާރުގެ މައި ކުންފުނި އެސްޓީއޯގެ ކާޑު ގުދަނުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފެއް ހަރަކާތްތެރިވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސަރުކާރުގެ މައި ކުންފުނި އެސްޓީއޯގެ ކާޑު ގުދަނުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފެއް ހަރަކާތްތެރިވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރާއްޖޭގައި ވަޒީފާ އަދާކުރެވޭ ނޫކަށިފުރައިގެ އުމުރުގެ މީހުންގެ ތެރެއިން، ދިވެހިންނަށް ވުރެ ބިދޭސީން ގިނަ ކަމަށް ތަފާސްހިސާބުން ދައްކައިފި އެވެ.

އިއްޔެ ފާހަގަކުރި ދުނިޔޭގެ އާބާދީގެ ދުވަހާ ގުޅިގެން ސްޓެޓިސްޓިކްސް ބިޔުރޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގެ ޖުމްލަ އާބާދީގެ 568،362 ގެ ތެރެއިން 182،696 އަކީ ބިދޭސީންނެވެ.

ހިސާބުތައް ބުނާ ގޮތުން، ޖުމްލަ އާބާދީގެ 32 ޕަސަންޓަކީ ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންނެވެ.

Advertisement

އެގޮތުން ބަލާއިރު، ވަޒީފާ އަދާކުރާ އުމުރު ފުރައިގެ ތެރެއިން 20 އަހަރާއި 44 އަހަރާ ދެމެދު ދިވެހިންނަށް ވުރެ ބިދޭސީން ގިނަ ކަމަށް ބުނެފައި ވެ އެވެ.

"އެއީ އެ އުމުރު ފުރައިގެ ބިދޭސީ ފިރިހެނުން ގިނަ ކަމުން،" ސްޓެޓިސްޓިކްސް ބިޔުރޯއިން ބުންޏެވެ.

ބިދޭސީން މަސައްކަތްކުރާ ދާއިރާތަކަށް ބަލާއިރު، 38 ޕަސެންޓް މީހުން މަސައްކަތް ކުރަނީ ކޮންސްޓްރަކްޝަން ދާއިރާގަ އެވެ. ބިދޭސީން ދެން އެންމެ ގިނައީ ފަތުރުވެރިކަމުގެ ސިނާއަތުގަ އެވެ. އެއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ 18 ޕަސަންޓެވެ.

އާބާދީގެ ބޮޑު ބައި މާލޭގައި

ރާއްޖޭގެ އަތޮޅުތަކުގެ މައްޗަށް އާބާދީ ބެހިފައިވާ ގޮތަށް ބަލާއިރު، ބޮޑު ބައެއް އަދިވެސް ދިރިއުޅެނީ ވެރި ރަށް މާލޭގަ އެވެ. އެގޮތުން، ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތަށް މާލޭގެ އާބާދީއަކީ 234،454 އެވެ. އެއީ ޖުމްލަ އާބާދީގެ 41.3 ޕަސަންޓެވެ.

ދެވަނަ އަށް އެންމެ ގިނަ މީހުން ދިރިއުޅެނީ އދ. އަތޮޅުގަ އެވެ. އެ އަތޮޅުގައި 20،639 މީހުން ދިރިއުޅޭކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރާއްޖޭގެ ޖުމްލަ އާބާދީގެ 23 ޕަސަންޓަކީ 17 އަހަރުން ދަށުގެ ކުޑަކުދިން ކަމަށް ވެސް ބުނެފައި ވެ އެވެ. އެގޮތުން، މިއަހަރު ރާއްޖޭގެ ކުޑަކުދިންގެ އާބާދީއަކީ 128،635 އެވެ.

އުމުރުން ދުވަސްވީ މީހުންގެ އާބާދީއަށް ބަލާއިރު، 65 އަހަރުން މަތީގެ މިވަގުތު 19،531 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 52 ޕަސަންޓަކީ ފިރިހެނުންނެވެ.

ނަމަވެސް، އުމުރުން 75 އަހަރާއި 79 އަހަރާ ދެމެދުގެ އާބާދީގައި އަންހެނުންގެ ނިސްބަތް ގިނަ އެވެ.

މިއީ އާބާދީގެ ނިސްބަތަށް ބަލާއިރު، ފިރިހެނުންނަށް ވުރެ އަންހެނުން ގިނަ ހަމައެކަނި ބޭންޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox