އިންކުއަރީ ރިޕޯޓަށް ރައީސް ފިޔަވަޅު އެޅުން ލަސްނުވާ ކަމަށް އެމްޑީޕީން ބުނެފި

އިންކުއަރީ ކޮމެޓީގައި ހިމެނިވަޑައިގެންނެވި އެމްޑީޕީގެ ބައެއް މެމްބަރުން: ވިދާޅުވީ ޕާޓީގެ ވިސްނުން ރިޕޯޓުގައި ހިމެނޭނެ ކަމަށް -- ފޮޓޯ: ފައިލް

އިންކުއަރީ ކޮމެޓީގައި ހިމެނިވަޑައިގެންނެވި އެމްޑީޕީގެ ބައެއް މެމްބަރުން: ވިދާޅުވީ ޕާޓީގެ ވިސްނުން ރިޕޯޓުގައި ހިމެނޭނެ ކަމަށް -- ފޮޓޯ: ފައިލް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މާލޭގައި ބޮން ގޮއްވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފިޔަވަޅު އެޅުއްވުން އަދި ލަސްނުވާ ކަމަށް ވެރިކަން ހިންގާ އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި އިންކުއަރީ ކޮމެޓީގައި ހިމެނިވަޑައިގަންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ރިޕޯޓަށް ސަރުކާރުން ފުރިހަމައަށް ފިޔަވަޅު އަޅާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އަދި ފިޔަވަޅު އެޅުން ލަސްނުވާ ކަމަށެވެ.

"ރައީސްއަށް އިއްޔެ އަދި ރައްޔިތުންގެ މަޖިލީހުން ރިޕޯޓު އެ އެރުވީ. އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި އަދި އެއަށް ފިޔަވަޅު އެޅުން ލަސްވެފައެއް ނެތް،" ހަސަން ވިދާޅުވި އެވެ.

Advertisement

މެއި 6، ގެ އިންކުއަރީ ހިންގި މަޖިލީހުގެ ސަލާމަތީ ކަންކަމާ ބެހޭ ކޮމެޓީގައި އެމްޑީޕީގެ މެމްބަރުންގެ އަގުލަބިއްޔަތު އޮތުމުން އެ ރިޕޯޓަށް ޕާޓީގެ ފަރާތުން ވަކި އެއްޗެއް ބުނަން ޖެހޭނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

"ކޮމެޓީގައި އަޅުގަނޑުގެ އިތުރުން ވެސް ތިއްބަވާ ޕާޓީގެ ވަރަށް ސީނިއާ ބޭފުޅުން. އެހެންވެ ޕާޓީގެ ވިސްނުން އަދި ދެކޭ ގޮތް އެ ރިޕޯޓުން ހާމަވާނެ،" އޭނާ ވިދާޅުވި އެވެ.

ހަސަންގެ އިތުރުން ކޮމެޓީގައި ތިއްބަވާ އެމްޑީޕީ މެމްބަރުންނަކީ މުހައްމަދު އަސްލަމް އާއި އީވާ އަބްދުﷲ އާއި ހިސާން ހުސެއިން އާއި އަލީ ނިޔާޒާއި ހުސެއިން ޝަހީމާއި އިމްތިޔާޒް ފަހުމީ އާއި އަބްދުލްޣަފޫރު މޫސާ އެވެ.

ރިޕޯޓާމެދު ފިޔަވަޅު އެޅުން ލަސްނުވާ ކަމަށް އެމްޑީޕީން ބުނެފައި މި ވަނީ އެކަމާ ގުޅޭ ގޮތުން ސަރުކާރުން މިހާތަނަށް ފިޔަވަޅެއް އަޅާފައިނުވާތީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައި އޮއްވަ އެވެ.

"އެ ރިޕޯޓަކީ އަޅުގަނޑުމެންގެ ކޯލިޝަންގެ ބޭފުޅުން ވެސް ތިއްބަވައިގެން ގައުމީ މަސްލަހަތު އިސްކޮށްގެން ކުރި މަސައްކަތެއް. އޭގެން އެބަ އެނގޭ ހޯމް މިނިސްޓަރުގެ އިހުމާލު އެބަ އޮތްކަން. އޭގެން އެނގޭ ޑިފެންސް މިނިސްޓަރުގެ އިހުމާލު އޮތްކަން،" މި ނޫހާ ވާހަކަ ދައްކަވަމުން އާދީއްތަ ދުވަހު އަބްދުއްރަހީމް ވިދާޅުވި އެވެ. "ގައުމެއްގެ ރައީސެއްވެއްޖެއްޔާ މިކަހަލަ ދަނޑިވަޅެއްގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ހިތްވަރު ހުންނަންޖެހޭ."

އިންކުއަރީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރައީސް ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލާފައި ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެބޭފުޅުންގެ ޒިންމާ އަދާ ނުކުރައްވައި އޮއްވަ އެވެ.

ނަޝީދަށް ދިން ހަމަލާގެ މައުލޫމާތު ކުރިން އެއްވެސް ވަރަކަށް އެމްއެންޑީއެފަށް އެނގިފައިނުވާ ކަމަށް ބުނުން ބަލައިނުގަނެވޭނެ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ނަޝީދަށް ހަމަލައެއް ދޭން އުޅޭ ކަމުގެ މައުލޫމާތު މާރިޔާއަށް އެރުވުމުން އެކަމާ ފިޔަވަޅެއް އަޅުއްވާފައިނުވާކަން ރިޕޯޓުގައި ހާއްސަކޮށް ފާހަގަކޮށްފައިވެ އެވެ.

ދައުލަތުގެ އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް މައުލޫމާތު ބަދަލު ކުރުމުގެ ނިޒާމެއް ނެތް ކަމަށާއި ނަމަވެސް އެއީ ގާނޫނުގެ ދަށުން ހޯމް މިނިސްޓަރުގެ މައްޗަށް ލާޒިމްކޮށްފައި އޮތް މަސައްކަތެއް ކަމަށް ވެސް އިންކުއަރީ ރިޕޯޓުގައި ބުނެފައިވެ އެވެ.

ނަޝީދު އަވަހާރަކޮށްލަން މިދިޔަ ރޯދަ މަހު ދިން ހަމަލާއަށްފަހު އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތް ކުރުމަށް އޭޑީކޭގެ ޑޮކްޓަރުން ނަޝީދުގެ ހަށިކޮޅުގައި ގާތްގަނޑަކަށް 16 ގަޑިއިރުގެ ސާޖަރީތަކެއް ހެދި އެވެ. ބޮމުގެ ތެރެއަށް އަޅާފައި އޮތް 10 ބެއަރިން ބޯލްސް އެމަނިކުފާނުގެ ހަށިކޮޅުން ނެގި އެވެ. އަދި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕްލާސްޓިކު އެތިކޮޅެއް ވެސް ހަށިގަނޑުން ފެނުނެވެ.

ބޮން ގޮއްވާލި މައްސަލައިގައި މިހާތަނަށް ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، 23، އެވެ.

އޭގެ ތެރެއިން އަދުހަމަކީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހާ އެވެ. ތަހުމީނަކީ ސައިކަލުގެ ވެރި މީހާ އެވެ. ދެން ތިބި މީހުން ހަމަލާއާ ގުޅެނީ ކޮން ގޮތަކުންކަން ފުލުހުން އަދި ހާމަކޮށްފައެއްނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox