މުލީއާގެ ދޮށަށް ގޮސް ގޮއްވާލާނެ ކަމުގެ އިންޒާރުދިން ދެ މީހަކު ހައްޔަރުކޮށްފި

މުލިއާގެ ކައިރީ މީގެކުރިން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ: ގޮއްވާލާނެ ކަމުގެ އިންޒާރު ދިން ބަޔަކު ވަނީ ހައްޔަރުކޮށްފައި

މުލިއާގެ ކައިރީ މީގެކުރިން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ: ގޮއްވާލާނެ ކަމުގެ އިންޒާރު ދިން ބަޔަކު ވަނީ ހައްޔަރުކޮށްފައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ ރިޔާސީ ގެކޮޅު ކަމަށްވާ، މުލިއާގެ ކައިރިއަށް ގޮސް ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިން ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

"އަދަދު"އަށް އެނގިފައިވާ ގޮތުގައި މުލިއާގެ ކައިރިން ދެ މީހުން ދިޔައީ ދަބަހަކާއި ރަތްކުލައިގެ ކޮތަޅެއް އަދި ކަރުދާސް ފޮއްޓެއް ހިފައިގެންނެވެ. އެމީހުން އިންޒާރު ދީފައިވަނީ ގެންގުޅުނު ފޮށިގަނޑު ތެރޭ ބޮމެއް އޮތް ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން މުލިއާގެ ސެކިއުރިޓީން އެ ދެ މީހުން ހިފެހެއްޓި އެވެ. އޭގެފަހުން، ފުލުހުންގެ ހާއްސަ ޓީމެއް އެ ސަރަހައްދަށް ގޮސް އެމީހުން ގެންގުޅުނު ތަކެތި ބެލުމަށްފަހު ހައްޔަރުކޮށްގެން ވަނީ ގެންގޮސްފަ އެވެ.

ބޮމެއްގެ އިންޒާރު ދީގެން ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނުންނެވެ.

އެމީހުން ގެންގުޅުނު ބުނާ ސާމާނު --
އެމީހުން ގެންގުޅުނު ބުނާ ސާމާނު --

އެމީހުން ގެންގުޅުނު ބުނާ ސާމާނު -- ފޮޓޯ: އަދަދު

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، މުލިއާގެ ކައިރިން ދިޔަ އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އެމީހުން ގެންގުޅުނު ފޮށިގަނޑުގެ ތެރޭގައި ބޮމެއް އޮތް ކަމަށް ބުނުންނެވެ.

އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިކަން ހިނގާފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އެމަނިކުފާނުގެ ގެކޮޅު ކައިރީގައި ދިން ހަމަލާއަށްފަހު މުލިއާގެ ސެކިއުރިޓީ ވެސް ވަރުގަދަކޮށްފައިވަނިކޮށެވެ.

އެ ހަމަލާއަށްފަހު ފުލުހުންނާއި ސިފައިން ޓެރަރިޒަމްއާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގައި، މާލެ، ހުޅުމާލެ އަދި އައްޑޫ ސިޓީން މީހުން ހައްޔަރުކުރި އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އެކުލަވާލި އިންކުއަރީ ރިޕޯޓުން ހާމަވާ ގޮތުގައި އެމަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދިނުމުގައި ބޮޑެތި އިހުމާލުތަކެއް އެބަ ހުއްޓެވެ. އެމަނިކުފާނަށް އެކި ފަހަރު މަތިން ހަމަލާ ދިނުމަށް ފާރަލަމުން ދިޔަކަން ވެސް ރިޕޯޓުން އެނގެން އެބަ އޮތެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް މުލިއާގެ ކައިރިން ބޮމެއް ފެނިގެން ފުލުހުންނާއި ސިފައިން އޮޕަރޭޝަނެއް ހިންގި އެވެ. އެ މައްސަލާގައި ބަޔަކު ހައްޔަރުކޮށް ދައުވާ ވެސް ކުރި އެވެ. ނަމަވެސް، އެ އޮޕަރޭޝަނުގައި ވެސް ފުލުހުންނާއި ސިފައިން އަމަލުކުރި ދޯހަޅި އެތައް ކަމެއް ސުޕްރީމް ކޯޓުން މިފަހުން ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox