ހަރުކަށި މީހުން ނަޝީދުގެ ސެކިއުރިޓީ އޮންނަގޮތް ބަލާކަން ސިފައިންނަށް އޮތީ އެނގިފައި: ހަމަލާގެ ރިޕޯޓް

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮއްލުމަށް ދިން ހަމަލާގައި އިސްކޮށް އުޅުނު މުޖާޒާއި އަދުހަމްގެ އިތުރުން ތަހުމީން:

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮއްލުމަށް ދިން ހަމަލާގައި އިސްކޮށް އުޅުނު މުޖާޒާއި އަދުހަމްގެ އިތުރުން ތަހުމީން:

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ކުރިން އެމަނިކުފާނުގެ ސެކިއުރިޓީ އޮންނަ ގޮތް ހައްދުފަހަނައެޅި ފިކުރުގެ ބަޔަކު އެސެސްކުރާ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައި އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ޕާލިމަންޓަރީ އިންކުއަރީ ރިޕޯޓުން ހާމަވެއްޖެ އެވެ.

ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދިނުމުގެ ތުހުމަތުވަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ އަމަލުތަކަށް ތަބާވާ ބައެއް ކަމަށް ފުލުހުން އާއްމުކުރި މައުލޫމާތުތަކުން ބުނެފައިވެ އެވެ.

ހަމަލާ ދިނުމުގެ ކުރިން އެފަދަ ކަމެއް ކުރަން އުޅޭކަން އިންޓެލިޖެންސްއަށް އެނގިފައި ނުވާ ކަމަށް ސިފައިންނާއި ފުލުހުން ވެސް ކުރިން ބުނެފައިވެ އެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓުގައި ބުނެފައިވަނީ ސިފައިން ހަދާފައިވާ ތުރެޓް އެސެސްމަންޓްގެ ދެ ރިޕޯޓުން ވެސް ހަރުކަށި ފިކުރުގެ ބަޔަކު ނަޝީދުގެ ސެކިއުރިޓީ އޮންނަގޮތް ބަލަމުން ދިޔަކަން އެނގިފައިވާ ކަމަށެވެ. އެ ދެ ތުރެޓް އެސެސްމަންޓް ރިޕޯޓް ހަދާފައިވަނީ މިދިޔަ ފެބްރުއަރީ 25 އާއި މާޗް ތިން ވަނަ ދުވަހެވެ.

ނަޝީދަށް ބަޔަކު ފާރަލުމުގެ އިތުރުން ހަމަލާއެއް ދީފާނެކަން އެނގޭނެ ކަންތައްތަކެއް ފާހަގަ ވެފައި ހުރިކަން އެމްއެންޑީއެފް އަށް އެނގޭކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.

ރިޕޯޓްގައި ބުނެފައިވަނީ ނަޝީދަށް ހަމަލާއެއް ދިނުމަށް ފިޔަވައި، ދީނީ ހަރުކަށި ފިކުރުގެ ބައެއް އެމަނިކުފާނުގެ ސެކިއުރިޓީ އޮންނަގޮތް ބަލައި ދެނެގަތުމުގެ މަސައްކަތްކުރާނެ ސަބަބެއް ނޯންނާނެ ކަމަށެވެ.

"އެމްއެންޑީއެފް އިން ތަކުރާރުކޮށް މި އިންކުއަރީގައި ރައީސް މުހައްމަދު ނަޝީދަށް އެއްވެސް ހަމަލާ އެއް ދޭން އުޅޭކަމުގެ ސްޕެސިފިކް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ބުނި ނަމަވެސް، މި އެސަސްމަންޓް ރިޕޯޓުގައި އެގޮތަށް އޮތުން އެއީ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ އެއް ދޭން ބަޔަކު ރާވާކަން "ފްލޭގް'' ވާންޖެހޭ، އަދި ''ފްލޭގް'' ވެފައިވާ ކަމެއް ކަމަށް ގަބޫލުކުރެވެ އެވެ.،" ރިޕޯޓްގައިވެ އެވެ.

ސިފައިން ހެދި ތްރެޓް އެސެސްމަންޓްގެ ރެކޮމެންޑޭޝަންގައި ފާހަގަކޮށްފައި ހުރި ހުރިހާ މައިގަނޑު ކަންތައްތަކަކީ އެއްޗެއް ގޮއްވާ ލައިގެން ހަމަލާ އެއް ދިނުމުގެ ފުރުސަތު ކުޑަކުރުމަށް ދީފައިވާ ރެކޮމެންޑޭޝަންސްކަން ވެސް ރިޕޯޓްގައި ފާހަގަ ކޮށްފައިވެ އެވެ.

ހަމަލާގެ ތަހުގީގާ ގުޅޭ ގޮތުން އެންމެ ފަހުން އާންމުކުރި މައުލޫމާތަށް ބަލާއިރު ޓެރަރިސްޓް ހަމަލާއާ ގުޅިގެން އަށް މީހެއްގެ މައްޗަށް ގެންދަނީ ތަހުގީގު ހިންގަމުންނެވެ. އޭގެ ތެރެއިން ފުލުހުން ވަނަވަރު ހާމަކޮށްފައިވާ މީހުންނަކީ، އަދުހަމް އަހުމަދާއި މުޖާޒް އަހުމަދާއި ތަހުމީން އަހުމަދު އާއި އަހުމަދު ފާތިހު އަދި އަލީ ހައިޝަމް އެވެ. އެމީހުން ތިބީ ބަންދުގަ އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ހިންގި އޮޕަރޭޝަނުގައި މާލެ، ހުޅުމާލެ އަދި އައްޑޫން ބަޔަކު ހައްޔަރުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox