ހިޔާގައި 12 އަހަރު: މާޔޫސްކަމުގެ ތެރެއިން ފާޅުވާ އުއްމީދަކީ މަންމައާ ބައްދަލުވުން

މާޔޫސްވެފައި ހުރި ޒުވާނެއް: ކުޑަކުދިންގެ ހިޔާތަކުގައި މައިންބަފައިންގެ އިންތިޒާރުގައި ގިނަ ކުދިންތަކެއް ތިބޭ - ފޮޓޯ: އަދަދު

މާޔޫސްވެފައި ހުރި ޒުވާނެއް: ކުޑަކުދިންގެ ހިޔާތަކުގައި މައިންބަފައިންގެ އިންތިޒާރުގައި ގިނަ ކުދިންތަކެއް ތިބޭ - ފޮޓޯ: އަދަދު

"އަހަރެން ހިޔާ އަށް ބަދަލުކުރީ އުމުރުން ހަ އަހަރުގައި. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ގަބޫލުކުރަނީ ކޮންމެވެސް ދުވަހަކުން މަންމަ އަންނާނެއޭ ބައްދަލު ކޮށްލަން. މިހާރު 12 އަހަރު ވީ، އަދިވެސް މިހުރީ އެ އިންތިޒާރުގައި، މަންމަ ފެންނާނެ ދުވަހަކަށް އެދި އެދި."

ދައުލަތުން ބަލަހައްޓާ ކުޑަކުދިންގެ ހިޔާގައި އައިމަން އަލީ، 18، (އަސްލު ނަމެއް ނޫން) ދިރިއުޅެން ފެށި އިރު އޭނާ އަށް އެންމެ ހަ އަހަރެވެ. ކުޑައިރު ހަޔާތުން މައެއްގެ ކުލުނު ބީވެ، ޔަތީމުހާނާއެއްގައި އެކަނިމާ އެކަނި ޅަފުރާ ވޭތުކުރަންޖެހުނު ސަބަބެއް އަދި އަދަށް ދާންދެން ވެސް އޭނާ އަކަށް ނޭނގެ އެވެ. އެންމެ ދުރަށް ވެސް ހުންނަނީ، އޭނާ ގޮވައިގެން މަންމަ ހިޔާ އަށް އައި ދުވަހުގެ ކުލަ ނޫން ހަނދާނެކެވެ.

އެދުވަހު، މަންމަ އޭނާގެ އަތުން ދޫކޮށެއް ނުލަ އެވެ. އޭނާގެ ކުޑަކުޑަ އަތުގެ އިނގިލިތައް އެ މަންމަގެ މުށުތެރޭގައި ފޮރުވިފައި ވީ އިރު ކުރެވުނު އިހުސާސް، އުފާވެރި ހަނދާނެއްގެ ގޮތުގައި ސިކުނޑީގެ ކަނެއްގައި އަދިވެސް ހަރުލާފައި އެބަހުއްޓެވެ. އެ ދުވަހުގެ އިތުރު އެހެން ހަނދާނެއް ނެތެވެ. ހިނގައި ދިޔައީ ކިހާވަރެއްގެ، ކޮންކަމެއް ކަމެއް ވެސް ނޭނގެ އެވެ.

ހިޔާގެ 12 އަހަރު؛ ހުސްކަމާއި މާޔޫސްކަން

ކުޑަކުދިންގެ ހިޔާގައި އައިމަންއާ އެކު ދެންވެސް ތިބީ އާއިލީ ލޯބި ގެއްލި އެކަނިވެރިކަމުގެ ތެރޭގައި ދިރިއުޅެން މަޖުބޫރުވެފައިވާ ކުދިންތަކެކެވެ. އެކި ކުދިންގެ ވާހަކަ ތަފާތެވެ. އެއިން ކޮންމެ ކުއްޖެއްގެ ހަޔާތުގައި ހިޔާލަށް ވެސް ނުގެނެވޭ ވަރުގެ ހިތާމަވަނީ އުފުލައިފަ އެވެ. ކިތަންމެ އުނދަގުލަސް، އުޅެން ބޭނުން ނުވިޔަސް އެނޫން ގޮތެއް އެ ކުދިންނަކަށް ނެތެވެ.

"އަޅުގަނޑު އަބަދުވެސް ކުރީ އިންތިޒާރު. މަންމަ އާއި ބައްދަލުވާނެ ދުވަހަކަށް. ކިޔަވައިގެން ބޮޑުވެގެން ދިރިއުޅުން މި ނޫން ގޮތަކަށް ބަދަލުވާނެ ދުވަހަކަށް،" އައިމަން ބުންޏެވެ.

ހިޔާގައި އޭނާ ހޭދަކުރި ކޮންމެ ދުވަހަކީ އިންތިޒާރެކެވެ. އުންމީދެކެވެ.

"ބޭރަށް ދާއިރު އަބަދުވެސް ބެލެނީ އެހެން ކުދިން، އެކުދިންގެ މައިންބަފައިންނާ އެކު އުޅޭ ގޮތް. މަންމައާ ބައްޕަގެ އަތުގައި ހިފައިގެން ދާތަން. ފެނުނީމަ ވަރަށް ދެރަވޭ. އަޅުގަނޑު ކައިރީގަ މަންމައެއް ވެސް ބައްޕައެއް ވެސް ނެތް." އާއިލާއެއްގެ ލޯތްބަށް ކަރުހިއްކައިގެންފައި ހުރިވަރު އައިމަން ހާމަކުރި އެވެ.

އުންމީދުން އާކުރި ހިތްވަރު

"ކިތަންމެ އުނދަގުލަސް، އަޅުގަނޑު ބޭނުންވަނީ ކިޔަވައިގެން ރިސޯޓެއްގެ ވަޒީފާ އަށް ދާން. ހިޔާ ނޫން ދިރިއުޅުމެއް ހޯދަން. މަންމަ ހޯދަން،"

ޅަ އިރު ތަހައްމަލުކުރަންޖެހުނު ނިކަމެތިކަމަކީ މިއަދު އައިމަންގެ އަތުގައި އޮތް އެންމެ ބާރުގަދަ ހަތިޔާރެވެ. އެއީ ހިތްވަރު އެލުވާނުލައި ކެތްތެރިކަމާ އެކު ކުރިއަށް ދާން އޭނާ އަށް ދަސްކޮށްދިން އެނދުރެވެ. އެހެންކަމުން ޅަ ދުވަސްތައް ކިތަންމެ ވޭނުގައި، ވާނުވާ ފަހުމު ނުވެ ހޭދަވީ ނަމަވެސް ދިރިއުޅުމުގެ ކުރިއަށް އޮތް ބައި އުފަލާއި ހިތްހަމަޖެހުމުން ފުރާލެވޭ ވަރުގެ މީހަކަށް ވުމަށް އައިމަން ކަނޑައެޅި އަޒުމް އަދިވެސް ވަރުގަދަ އެވެ.

އައިމަން ބުނީ އޭނާގެ އެ އުންމީދުތައް ހާސިލްވާން ދެން މާގިނަ ދުވަހެއް ނެތް ކަމަށެވެ. ހިޔާގެ ކުދިން "އަމާން ވެށި" ޕްރޮގްރާމްގެ ދަށުން މާހައުލުތަކަށް ކުދިން ބަދަލުކުރަން ފެށުމުން އޭނާގެ ނަސީބުގެ ތަރި ވެސް އަރާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"އަމާންވެށި" އައިމަންގެ ދިރިއުޅުން ބަދަލުކޮށްލާނެ

"އަމާން ވެށި" ޕްރޮގްރާމަކީ، ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނަށް ހިޔާގެ މާހައުލާ ދުރުން އަމާން ވެއްޓެއް ހޯދައިދޭން ސަރުކާރުން ނެގި އިނިޝިއޭޓިވް އެކެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެންދަނީ އާއިލާއިން ކުއްޖާ އަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ހާލަތްތަކުގަ އެވެ. މިފަދަ ކުދިން ހިޔާގެ އެކަނިވެރިކަމުގައި ބާކީ ނުކޮށް، މީހުންގެ ތެރޭގައި އުޅުމުގެ ފުރުސަތު ހޯދައިދޭ "އަމާންވެށި" ޕްރޮގްރާމްގެ ދަށުން މަސައްކަތް ކުރެ އެވެ. އެގޮތުން ރާއްޖޭގެ ހަތަރު ރަށަކަށް ހިޔާގައި ކުދިން ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

އެކުއްޖަކު ދާން ބޭނުން ރަށަކަށް ދިއުމަށް ހުޅުވާލި އެ ފުރުސަތުގައި އައިމަން އިހުތިޔާރު ކުރީ ދެކުނުގެ ރަށަކަށް ދިއުމަށެވެ.

"އަޅުގަނޑުގެ މަންމަ އަކީ ދެނުކުގެ ރަށަކަށް ނިސްބަތްވާ މީހެއް. އެހެންވީމަ ހީވަނީ މަންމަ އާ ގާތަށް އެޅޭ ފިޔަވަޅަކަށް ވާނެހެން ދެވިއްޖިއްޔާ. އެންމެ ފަހު ކަމަކަށް ވެސް ބޭނުންވަނީ ހަމަ މަންމައާ ބައްދަލުވެލަން،" މަޑުމޮޅި ރާގެއްގައި ހިނިތުންވުމަކާއެކު އައިމަން އެ ފާޅުކުރީ އޭނާގެ އުމުރު ދުވަހުގެ އުއްމީދެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox