ކުޅިވަރުތައް ކުޅެން ހުއްދަދީފި

Jul 7, 2021, 10:16 AM
ކުޅިވަރުތައް ކުޅެން ހުއްދަދީފި

ކޮވިޑް-19ގެ ހާލަތު ގޯސްވާތީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ކުޅިވަރުގެ ހަރަކާތްތައް މެދުކަނޑާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގި އެންގުން އުވާލައި، ކުޅިވަރު ކުޅެން މިއަދު ހުއްދަދީފި އެވެ.

މުޅި ރާއްޖޭގައި ހާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ހާލަތް ވަރަށް ބޮޑަށް ގޯސްވުމުން މިދިޔަ މެއި މަހު ތިން ވަަނަ ދުވަހުން ފެށިގެން ހާއްސަ ހުއްދައެއް ދީފައިވާ މުބާރާތެއް މެނުވީ ނުބާއްވަން އެޗްޕީއޭ އިން އަންގައިފަ އެވެ. އޭރު ހާއްސަ ހުއްދައެއް ދީފައި އޮތީ މެއި މަހު މާލޭގައި ކުޅެން ހަމަޖެހިފައި އޮތް އޭއެފްސީ ކަޕް ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތަކަށެވެ. އެކަމަކު ފަހުން އެ މުބާރާތުގެ މެޗުތައް ވެސް ނުބާްއްވައި ވަނީ ފަސްކޮށްފަ އެވެ.

ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކުޅިވަރުތަކަށް މިއަދުން ފެށިގެން ލުއި ދޭން ނިންމާފައިވާ ކަމަށެެވެ.

Advertisement

"ހުރިހާ ކުޅިވަރެއް ކުޅެން މިހާރު އަދި ކަސްރަތު ކުރަން ހުރި ރެސްޓްރިކްޝަންތައް އުވާލައި ކުޅިވަރު ކުޅެން ހުއްދަދިނުމަށް ވަނީ ނިންމާފައި. އެހެން ނަމަވެސް ކުޅިވަރު މުބާރާތްތައް ބޭއްވުމަށް އަދި ހުއްދައެއް ނުދެވޭ،" މަބްރޫކް ވިދާޅުވި އެވެ.

ކުޅިވަރު ހަރަކާތްތައް މެދުކަނޑާލަން އެޗްޕީއޭ އިން އެންގި އެންގުމާ އެކު ފުޓްބޯޅަ ސީޒަން ކުރިއަށް ނުގެންދެވިގެން ވަނީ އަވަހަށް ސީޒަން ނިންމާލައިފަ އެވެ. އެއީ ސީޒަންގެ ފަހު ދެ މުބާރާތް ކަމަށްވާ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށްފަ އެވެ. އެކަމަކު، އެފްއޭއެމުން ވަނީ ފުރުސަތު ލިިބުނުހާ އަވަަހަކަށް ތިން ވަނަ ޑިވިޝަން ފަށަން ނިންމައިފަ އެވެ.

އެހެން ކުޅިވަރު ހަރަކާތްތަކަށް ބަލާއިރު، އަންނަ މަހު މާލޭގައި ބާއްވަން ނިންމި ޓީޓީ ބައިނަލްއަގުވާމީ ދެ މުބާރާތް އަންނަ އަހަރަށް ފަސްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޓީޓީ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. އެއީ މިދިޔަ ދެ މަހެއްހާ ދުވަހު ފަރިތަކުރުން ފުރުސަތެއް ލިބިފައި ނެތުމާ އެކު އެވެ.

މީގެ އިތުރުން މި މަހު ފަށާ އޮލިމްޕިކްސްގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުންނަށް މުބާރާތަށް ތައްޔާރުވުމުގައި ދަތިތަކެއް ދިމާވީ ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން މިދިޔަ ދެ މަހެއްހާ ދުވަހު ޓްރެއިނިން ކުރިއަށްގެންްދަން ފުރުސަތެއް ނެތުމުންނެވެ. އޮލިމްޕިކްސް އަށް މިހާރު ދެ ހަފްތާ އަށް ވުރެ ކުޑަ މުއްދަތެއް އޮތްއިރު، މިއަދު މި ދިން ލުއިތަކުގެ ސަބަބުން މާލޭގައި އެތުލީޓުންނަށް ގަވާއިދުން ޓްރެއިނިންތައް ގެންދެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox