މަޖިލީހުގެ ރައީސްގެ ކޮޓަރި "ބަގްކުރި" މައްސަލާގައި ދައުވާ ކުރާނެ ހެއްކެއް ނެތް

މަޖިލީހުގެ ރައީސް: ކޮޓަރިކޮޅު ބަގްކުރި މައްސަލާގައި ދައުވާ ކުރާނެ ހެއްކެއް ނެތް

މަޖިލީހުގެ ރައީސް: ކޮޓަރިކޮޅު ބަގްކުރި މައްސަލާގައި ދައުވާ ކުރާނެ ހެއްކެއް ނެތް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ ކޮޓަރިކޮޅު ބަގުކުރަން އުޅުނު ކަމަށް ބުނާ މައްސަލާގައި ދައުވާ ކުރާނެ ހެކި ނެތިގެން އެ މައްސަލަ ފައިލްކޮށްފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މި މައްސަލަ ފެންމަތިވީ، ރައީސާއި ނައިބު ރައީސްގެ ކޮޓަރިކޮޅާއި ބައެއް ކޮމިޓީތައް ބާއްވާ ކޮޓަރިއެއްގައި ބަގުކުރާނެ އާލާތްތައް ބޭނުންކޮށްގެން އެތަނުގައި ދައްކާ ވާހަކަތައް އަޑުއަހަން ފުލުހަކު މަސައްކަތް ކުރި ކަމަށް މަޖިލީހުގެ މުވައްޒަފަކު ބުނުމުންނެވެ.

އެ މައްސަލަ މަޖިލީހުގެ ސެކިއުރިޓީންނަށް މުވައްޒަފުން ދިނުމުން މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ބައްލަވަން ފެއްޓެވި އެވެ.

Advertisement

އެކަން ހާމަކުރައްވައި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޖާސޫސްކޮށް ވާހަކަތައް އަޑުއަހަން ފުލުހުން މަސައްކަތް ކުރަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި، އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހެޅުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް، ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް، އެ މައްސަލަ ބެލުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރުއްވި އެވެ. އެ އަމުރުގެ ދަށުން މައްސަލާގެ ތަހުގީގު ނިންމައި، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް މި އަހަރުގެ ފެބުރުއަރީ މަހު ފުލުހުން މައްސަލަ ފޮނުވި އެވެ.

ނަމަވެސް، ރައްޔިތުންގެ މަޖިލީހަށް މިދިޔަ މަހު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ފޮނުވި ރިޕޯޓްގައި ބުނެފައިވާ ގޮތުން އެ މައްސަލާގައި ދައުވާކުރުމަށް އެކަށީގެންވާ ހެއްކާއި ގަރީނާ ނެތެވެ. އެހެންވެ، އެ މައްސަލާގައި ދައުވާނުކުރުމަށް މައްސަލަ އެ އޮފީހަށް ފޮނުވި ދުވަހު ނިންމި އެވެ.

ކޮޓަރިކޮޅު ބަގުކުރަން އުޅުނު މައްސަލާގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފާހަގަކުރެވުނު ކަންކަމާއި އެކަންކަމާމެދު އެޅިދާނެ ފިޔަވަޅުތަކުގެ ރިޕޯޓެއް އެ އޮފީހުން ވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ހިއްސާކޮށްފަ އެވެ.

މަޖިލިސް ބަގުކުރަން ފުލުހަކު އުޅުނު ކަމަށް ތުހުމަތުވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އަމާޒުކޮށް ބޮމެއް ގޮއްވާލައިގެން ވަނީ ހަމަލާއެއް ދީފަ އެވެ. އެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކަކީ، ކުރިން ފުލުހުންގެ ވަޒީފާގައި އުޅުނު މީހެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox