އެކިި މީހުންގެ ނަމުގައި އޮޅުވާލައިގެން ނަސާރާދީނުގެ ލިއުންތައް ފޮނުވަމުންދާ މައްސަލަ ބަލަނީ

Jul 6, 2021, 2:02 PM
ކަސްޓަމްސްގެ އިމާރާތް: ނަސާރާ ދީނުގެ ލިއުންތަކެއް ކަސްޓަމްސް އަންނަނީ ހިފަހައްޓަމުން. -- ފޮޓޯ/ އަދަދު

ކަސްޓަމްސްގެ އިމާރާތް: ނަސާރާ ދީނުގެ ލިއުންތަކެއް ކަސްޓަމްސް އަންނަނީ ހިފަހައްޓަމުން. -- ފޮޓޯ/ އަދަދު

މުއައްސަސާތަކާއި އެކި މީހުންގެ ނަމުގައި ނަސާރާ ދީނުގެ ލިއުންތަކެއް ރާއްޖެ ފޮނުވަމުންދާ މައްސަލަ މޯލްޑިވްސް ކަސްޓަމްސް އިން ބަލަން ފަށައިފި އެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނިގޮތުގައި ޕޯސްޓުގެ ޒަރިއްޔާ އިން ރާއްޖެއަށް އެތެރެކުރާ ލިޔެކިޔުންތައް ބަލައި ފާސްކުރުމުގެ ތެރޭގައި ނަސާރާދީނުގެ މައުލޫމާތު ދިވެހި ބަހުން ލިއެފައި ހުންނަ ލިއުންތަކެއް މިފަހަކަށް އައިސް ދަނީ ފެންނަމުންނެވެ. މި ލިއުންތައް ހުންނަނީ ސިޓީއުރަތަކުގައި އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކާއި މީހުންގެ ނަންތައް ޖަހާފައި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

"އެހެން ނަމަވެސް މިިހާތަނަށް ކަސްޓަމްސް އިން ބެލިބެލުމުން މިކަމަކީ އެ ލިއުންތައް އެޑްރެސްކޮށްފައިވާ ފަރާތްތަކަށް އެނގުމަކާ ނުލައި އޮޅުވާލުމެއްގެ ތެރެއިން ކުރަމުންދާ ކަމެއްގެ ގޮތުގައި ބެލެވެ އެވެ،" ބަޔާނުގައި ބުންޏެވެ.

އެތަނުން ބުނިގޮތުގައި އެފަދަ ތަކެތި ރާއްޖެ އެތެރެވިޔަ ނުދީ ކަސްޓަމްސް އިން ދަނީ ހިފަހައްޓަމުންނެވެ. އަދި މިކަމުގައި އަމަލީ ގޮތުން ބައިވެރިވާ ފަރާތްތައް ހޯދަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ފޮތްތައް ރާއްޖެ ގެނައުމާއި އިޝްތިހާރުކުރުމާއި ދިވެހިންނަށް ދެއްކުމާއި އެފަދަ ފޮތްތަކުގެ މައުރަޒް ބޭއްވުން ފަދަ ކަންކަމަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން މަނާ ކަންކަމެވެ. އަދި ރާއްޖެ ގެނައުން މަނާތަކެތީގެ ގާނޫނުގައި ވެސް އިސްލާމްދީނުގެ އަސްލުތަކާ ހިލާފުވާހަކަ ލިއެފައި ހުންނަ ނުވަތަ އެފަދަ ކުރެހުން ހުންނަ ފޮތްތައް އެތެރެކުރުން މަނަލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox