ލެވިސްތާ ކޮފީ ޕްރޮމޯޝަން: އެއް ލައްކަ ރުފިޔާ އާއި ޖީއެން ސައިކަލުގެ ނަސީބު ވެސް މިފަހަރު އެކަކަށް

ލެވިސްތާ ކޮފީގެ ގުރުއަތު ނަގަނީ: މިފަހަރު ދެ ނަސީބު ވެސް ލިބުނީ އެކަކަށް.

ލެވިސްތާ ކޮފީގެ ގުރުއަތު ނަގަނީ: މިފަހަރު ދެ ނަސީބު ވެސް ލިބުނީ އެކަކަށް.

ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ލެވިސްތާ ކޮފީގެ މި އަހަރުގެ ޕްރޮމޯޝަނުގެ އެއްވަަނައަށް ލިބޭ އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި ދެވަނައަށް ލިބޭ ސައިކަލުގެ އިނާމު އެއް ފަރާތަކަށް ލިބިއްޖެ އެވެ.

ލޮޓަސް ފިހާރައިން އެތެރެކުރާ ލެވިސްތާ ކޮފީ ޕްރޮމޯޝަން 2021 ކުރިޔަށް ދިޔައީ ޖެނުއަރީން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށެވެ. ޕްރޮމޯޝަންގައި ބައިވެރިވާން ކަސްޓަމަރުންނަށް ޖެހުނީ ލެވިސްތާ ކޮފީ ދަޅެއްގެ މައްޗާ އެކު ކަރުދާސްކޮޅެއްގައި އެ މީހެއްގެ ނަމާއި، އައިޑީ ނަމްބަރު އަދި ފޯނު ނަމްބަރު ޖަހާފައި ހުށައަޅާށެވެ.

ލެވިސްތާ ޕްރޮމޯޝަންގެ ނަސީބުވެރިން

  • އެއްވަނައަށް ލިބޭ އެއް ލައްކަ ރުފިޔާ - ނަސްރުﷲ އަހުމަދު
  • ދެވަނައަށް ލިބޭ ސުޒުކީ ޖީއެން125އެޗް ސައިކަލު - ނަސްރުﷲ އަހުމަދު
  • ތިންވަނައަށް ލިބޭ ރަށު ޕިކަޕް - ޔުމްނާ އަބޫބަކުރު

މީގެ އިތުރުން ޕްރޮމޯޝަނުގައި ބައިވެރިވި މީހުންގެ ތެރެއިން ބައިސްކަލް ލިބޭ ނަސީބުވެރިން ވެސް ވަނީ ހޮވާފަ އެވެ.

ލެވިސްތާ ކޮފީ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވަނީ: ތޭރަ އިނާމެއް ޕްރޮމޯޝަންގެ ތެރެއިން ކަސްޓަމަރުންނަށް ހަދިޔާ ކުރެވުނު -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު
ލެވިސްތާ ކޮފީ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވަނީ: ތޭރަ އިނާމެއް ޕްރޮމޯޝަންގެ ތެރެއިން ކަސްޓަމަރުންނަށް ހަދިޔާ ކުރެވުނު -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

ލެވިސްތާ ކޮފީ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވަނީ: ތޭރަ އިނާމެއް ޕްރޮމޯޝަންގެ ތެރެއިން ކަސްޓަމަރުންނަށް ހަދިޔާ ކުރެވުނު -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

އިންޑިއާގައި އުފައްދާ ލެވިސްތާ ކޮފީގެ ތަފާތު ޕްރޮމޯޝަންތައް ލޮޓަސްއިން އަންނަނީ ހިންގަމުންނެވެ. އަދި ކުރީ އަހަރެކޭ އެއް ފަދައިން މި އަހަރުގެ ޕްރޮމޯޝަން ވަރަށް ކާމިޔާބު ކަމަށް އެ ފިހާރައިން މައުލޫމާތު ދެ އެވެ.

ކުރިޔަށް އޮތް ތަނުގައި ވެސް ކަސްޓަަމަރުން ޝައުގުވެރިވާ އަދި ހިތްހަމަޖެހޭ ވަރުގެ އިނާމުތަކެއް ލިބޭ ޕްރޮމޯޝަންތަކަށް އިންތިޒާރުކުރަން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑަކަށް ފުވައްމުލައް

އެމްއައިބީން އަލަށް ތައާރަފުކުރި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އެވޯޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށް، އިޖުތިމާއީ މަޝްރޫއެއް ހިންގުމަށް 500,000 ރުފިޔާގެ މާލީ އެހީއެއް ދިން. މި އެވޯޑަކީ ރަށު ފެންވަރުގައި ފަތުރުވެރިކަން ކުރިއަރުވައި، ތަބީއީ މާހައުލު ރައްކާތެރިކުރުމަށް ނަމޫނާ ދައްކާ ރަށްރަށުގެ އަގުވަޒަންކުރުމަށް ދޭ ޝަރަފެއް.

Newsletter

Get the latest news delivered straight to your inbox