އިންތިހާބު އޮވެއްޖެނަމަ، 2023 ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހުންނާނީ އަޅުގަނޑު: ނަޝީދު

ރައީސް ނަޝީދު: އަންނަ ރިޔާސީ އިންތިހާބަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ

ރައީސް ނަޝީދު: އަންނަ ރިޔާސީ އިންތިހާބަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ

އަންނަ ރިޔާސީ އިންތިހާބަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށާއި ނަމަވެސް، އޭގެ ކުރިން ބަރުލަމާނީ ނިޒާމު ގެނެވިއްޖެނަމަ، ބޮޑުވަޒީރަކަށްވުމަށް ވެސް ކުރިމަތިލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން ނަޝީދު މީގެކުރިން ހާމަކުރައްވާފައެއް ނުވެ އެވެ. ނަޝީދު ޕްރައިމަރީ ކާމިޔާބު ކުރައްވައިފިނަމަ ދެވަނަ ދައުރަކަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފުރުސަތު ގެއްލޭނެ އެވެ.

"އާސްކް ސްޕީކާ"ގެ ޕްރޮގްރާމްގައި އިނގިރޭސިވިލާތުގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީ ބާއްވާނަމަ، އެ އިންތިހާބުގައި އެމަނިކުފާނު ވާދަ ކުރައްވާނެ އެވެ.

Advertisement

"އެމްޑީޕީގެ ޕްރައިމަރީގައި އަޅުގަނޑު ބައިވެރިވާނަން، އަޅުގަނޑު މި ހުރީ އެ ޕްރައިމަރީގައި ބައިވެރިވެވޭ ގޮތަށް،" ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް، 2023 ވަނަ ރިޔާސީ އިންތިހާބެއް އޮންނާނެ ކަމަކަށް އެމަނިކުފާނު ގަބޫލެއް ނުކުރައްވަ އެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމް 2023 ވަނަ އަހަރު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެވޭނެ ކަމަށާއި އޭގެފަހުން، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު އެކުލަވާލާނެ ކަމަށެވެ.

"ދެން މަޖިލީހުން ބޮޑުވަޒީރެއް ކަނޑައަޅާނީ، އަޅުގަނޑުގެ ނަން ހިމެނުމަށް އެދޭނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އާންމުންގެ ސުވާލުތަކަށް ހުޅުވާލައިގެން ބޭއްވި ޕްރޮގްރާމްގައި މީހަކު ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިމަތިލައްވައިފިނަމަ، އެމަނިކުފާނަށް ތާއިދު ކުރައްވާނެތޯ ވެސް ސުވާލުކުރި އެވެ.

"2023 ވަނަ އަހަރު ރިޔާސީ އިންތިހާބެއް އޮވެއްޖެނަމަ، އަޅުގަނޑު ވާނީ ކެންޑިޑޭޓަކަށް،" ސުވާލަށް ނަޝީދު ޖަވާބު ދެއްވި އެވެ.

އޭގެފަހުން ވެސް އެ ސުވާލު ތަކުރާރުކޮށް އެހެން މީހަކު ކުރުމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ކުރިމަތިނުލެވޭ ހާލަތެއް އައިސް، ރައީސް ސޯލިހު ކުރިމަތިލައްވައިފިނަމަ އެމަނިކުފާނަށް ތާއިދު ކުރައްވާނެ ކަމަށެވެ.

"އެމްޑީޕީގެ ކެންޑިޑޭޓަކަށް އަޅުގަނޑު ތާއިދު ނުކުރާނެ ދުވަހެއް ނާންނާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިރޭ ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރު ރިޔާސީ އިންތިހާބެއް ބޭއްވުން ބުއްދިވެރިއެއް ނޫނެވެ. އޭގެ ބަދަލުގައި އަންނަ އަހަރު، ނިޒާމް ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދަންވީ އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ހިންގުން އެންމެ ރަނގަޅަށް ކުރިއަށް ދާނީ ބަރުލަމާނީ ނިޒާމްގެ ތެރެއިން، ބޮޑުވަޒީރެއް ހުރެ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުންނަށް ތާއަބަދު ޖަވާބުދާރީވެ ތިއްބަވައިގެން ސަރުކާރު ހިންގުން ރައްޔިތުންނަށް އެންމެ ފައިދާ ބޮޑުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އަދި ތަރައްގީގެ ދުވެލި ވެސް އަޅުގަނޑު ދެކޭ ގޮތުގައި މާބާރުވެގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު މަސައްކަތް ކުރައްވަމުން އަންނަނީ ނިޒާމް ބަދަލުކޮށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ކަމާއި އެ ބަދަލު އިރާދަކުރެއްވިޔާ ގެނެވޭނެ އެވެ. ގާނޫނު އަސާސީ އެގޮތަށް އިސްލާހުކުރުމަށް އިދިކޮޅު ލީޑަރުގެ ތާއިދު ވެސް ލިބޭނެ ކަމުގެ ޔަގީންކަން ނަޝީދަށް އެބަ އޮތެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ބަދަލަށް ޕީޕީއެމްއިން ވެސް ތާއިދުކުރާނެ، އެ ބޭފުޅުންނަކީ ހާއްސަކޮށް ރައީސް ޔާމީން މީގެކުރިން ވެސް ވަނީ ބަރުލަމާނީ ނިޒާމަކަށް ތާއިދު ކުރައްވާފައި، އަދި ފަހުން ތާއިދު ނުކުރައްވާ ވާހަކައެއް ވެސް ވިދާޅުވެއް ނުވޭ،" ނަޝީދު ވިދާޅުވި އެވެ.

"އެހެންވީމަ އެމްޑީޕީ އާއި ޕީޕީއެމް މި ދެ ޕާޓީއަށް ބަރުލަމާނީ ނިޒާމަށް ތާއިދު ކުރެވި، ފެންނަ ނުފެންނަ ވޯޓެއް ބޭއްވުނީމަ އަޅުގަނޑުމެންނަށް މި ބަދަލު ގާނޫނު އަސާސީއަށް ގެނެވޭނެ،"

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox