ހަމަލާގައި ސަރުކާރުގެ ބައިވެރިވުމެއް އޮވެދާނެ ކަމަށް ގަބޫލެއް ނުކުރަން: ނަޝީދު

ރައީސް ސޯލިހާއި ނަޝީދު: ހަމަލާގައި ސަރުކާރުގެ ބައިވެރިވުމެއް އޮންނާނެ ކަމަށް ގަބޫލެއް ނުކުރައްވާ

ރައީސް ސޯލިހާއި ނަޝީދު: ހަމަލާގައި ސަރުކާރުގެ ބައިވެރިވުމެއް އޮންނާނެ ކަމަށް ގަބޫލެއް ނުކުރައްވާ

ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލައި ދިން ހަމަލާއަކީ ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް އޮވެގެން ދިން ހަމަލާއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް ރައީސް ނަޝީދު ރާއްޖޭން ބޭރުގައި ފަރުވާ ހޯއްދަވަމުން ގެންދަވާއިރު، އެމަނިކުފާނާއި ސަރުކާރާ ދެމެދު މައްސަލާގެ ތަހުގީގު ކުރިއަށްދާ ގޮތާމެދު ނުތަނަވަސްކަމެއް އޮތެވެ.

ހަމަލާއަށްފަހު ފެންމަތިވެގެން ދިޔަ ބައެއް ކަންކަމާއެކު، ރައީސް ނަޝީދަށް ތާއިދުކުރާ ބައެއް ފަރާތްތަކުން ހަމަލާގައި ސަރުކާރުގެ އަތެއް އޮވެދާނެ ކަމުގެ ތުހުމަތުތަކެއްކުރި އެވެ. ނަމަވެސް، ރައީސް ނަޝީދު މިރޭ ވިދާޅުވި ގޮތުގައި، ހަމަލާގައި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް އޮވެދާނެ ކަމަށް ގަބޫލެއް ނުކުރައްވަ އެވެ.

"ކުޑަކޮށް ވެސް އަޅުގަނޑު ގަބޫލެއް ނުކުރާނަން އެއީ ސަރުކާރުގެ ބައިވެރިވުން އޮވެގެން ދެވުނު ހަމަލާއެއް ކަމަކަށް، ހުރިހާ ރައްޔިތުންނަށް ވެސް އެނގިވަޑައިގަންނަވާނެ އަޅުގަނޑަކީ ވެސް ސަރުކާރުކަން،" ނަޝީދު ވިދާޅުވި އެވެ.

"ހަމަލާއަކީ ސަރުކާރު ބައިވެރިވެގެން ދިން ހަމަލާއެއް ކަމަށް ދެކެން އަޅުގަނޑަށް ވަރަށް އުނދަގޫ،"

ނަޝީދު ވިދާޅުވި ގޮތުގައި، ހަމަލާގެ ތަހުގީގުގައި މިކަމުގައި ފަހަތުގައި ތިބި ބަޔަކާއި ހަރަދުކުރި މީހުން ހޯދަންޖެހެ އެވެ. އަމަލީ ގޮތުން ހަމަލާގައި ބައިވެރިވި މީހުން އެކަނި ހައްޔަރުކޮށްގެން މައްސަލަ ނުނިމެ އެވެ.

"މިކަމަށް ހަރަދުކުރި މީހުންނާއި ރޭވި މީހުން ނުހޯދޭނަމަ، އަޅުގަނޑަށް ރީތިކޮށް މާލޭގެ ތެރޭ އުޅެން ވަރަށް އުނދަގޫވާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ތަހުގީގުގައި އެކަން ނުހޯދިއްޖެނަމަ ވަރަށް ގިނަ ބައެއްގެ ނުރުހުން ސަރުކާރަށް އަމާޒުވާނެ އެވެ.

ނަޝީދަށް އަމާޒުކުރި ހަމަލާ ރޭވި ބައެއް ހޯދުމަށް ފުލުހުން ތަހުގީގު ކުރަމުންދާއިރު، ސިފައިންނާއި ފުލުހުންގެ އިންޓެލަށް އެ މައުލޫމާތު ނުލިބުމުގެ ކަންބޮޑުވުން އެބަ އޮތެވެ. އެކަމާ ގުޅިގެން ސަރުކާރުން އޮޑިޓެއް ވެސް ކުރަމުންދާއިރު، ނަޝީދަށް ހަމަލާއެއް ދޭން ރާވާކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް މަޖިލިސް މެންބަރު އިލްޔާސް ލަބީބު ދެއްވި އެވެ.

ނަމަވެސް، އެ މައުލޫމާތު، އިލްޔާސް ވެސް މާރިޔާ ވެސް ފުލުހުނާ ހިއްސާކޮށްފައެއް ނުވެ އެވެ. އަދި، އެކަމުގައި މާރިޔާ އެއްވެސް ފިޔަވަޅެއް އެޅިކަން އެނގެން ނެތުމުން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

އެކަމާ ގުޅިގެން މިރޭ ރައީސް ނަޝީދާ ސުވާލު އަމާޒުކުރުމުން ވިދާޅުވީ، ޑިފެންސް މިނިސްޓަރާ ގުޅޭ ގޮތުން އެއްޗެއް ދަންނަވަން ނެތް ކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑު ދަންނަވާލަން، އަޅުގަނޑު ވެސް ހިއެއް ނުކުރަން ބޮމެއް ގޮއްވާލަން އުޅޭ ކަމަކަށް، ދެން އެހެންނަމަވެސް މިއޮތީ ބޮމެއް ގޮއްވާލާފައި،" ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން، މިހާ ހިސާބުން ދެން ކުރަން އޮތް އެންމެ މުހިންމު ކަމަކީ ހަމަލާގައި ބައިވެރިވި އެންމެން ވީއެންމެ އަވަހަކަަށް ހިފާ ހައްޔަރުކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox