ހިޔާ ފްލެޓްގެ ޔޫނިއަންއެއް ހަދައި ކުލި ކުޑަކުރަން މިނިސްޓަރު އަރިހަށް

ހިޔާ ޔޫނިއަންއިން މިނިސްޓަރު އަސްލަމްއާ ބައްދަލުކޮށް ނެގި ގުރޫޕް ފޮޓޯ: ކުލި ކުޑަކޮށްދޭން އެދުނު-- ފޮޓޯ: ހިޔާ ޔޫނިއަން

ހިޔާ ޔޫނިއަންއިން މިނިސްޓަރު އަސްލަމްއާ ބައްދަލުކޮށް ނެގި ގުރޫޕް ފޮޓޯ: ކުލި ކުޑަކޮށްދޭން އެދުނު-- ފޮޓޯ: ހިޔާ ޔޫނިއަން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓް ލިބުނު މީހުންގެ ޔޫނިއަންއެއް ހަދައި ކުލީގެ އަގު ކުޑަ ކޮށްދިނުމަށް އެދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާ މިއަދު ބައްދަލުކޮށްފި އެވެ.

ހިޔާ ޔޫނިއަން އުފެދިފައިވަނީ ފްލެޓް ލިބުނު އެންމެން ހިމެނޭގޮތަށް ހެދި ވައިބާ ގުރޫޕެއްގެ ތެރެއިން މީގެ ދެ މަސް ދުވަސް ކުރިންނެވެ. އެ ޔޫނިއަން ރަޖިސްޓްރީ ކުރުމަށް މިހާރު ވަނީ ހޯމް މިނިސްޓްރީއަށް ހުށަހަޅައިފަ އެވެ.

ހިޔާ ޔޫނިއަންގެ ފައުންޑާ، ހަސަން ޝާހީން، "އަދަދު" އަށް ބުނީ މިނިސްޓަރު އަސްލަމާ ބައްދަލުކޮށް ހިޔާ ފްލެޓަށް މަހަކު 8،500 ރުފިޔާ ދަށްކަން ދަތި މީހުން ތިބި ކަމަށް ދެންނެވި ކަމަށެވެ. ކުލި ކުޑަ ކުރެވެން ނެތްނަމަ ދައުލަތުން ދޭ ސަބްސިޑީއެއްގެ ތެރެއިން ނަމަވެސް އެހީތެރިކަމެއް ދިނުމަށް އެދުނު ކަމަށް ޝާހީން ބުންޏެވެ.

"އެންމެ ބޮޑު ކަންބޮޑުވުމަކީ ނުނިމި ހުރި ފްލެޓަކަށްދާއިރު ބޮޑު ކުއްޔެއް ދައްކަން ޖެހުން. އެކަން ހުށަހެޅިން އަޅުގަނޑުމެން،" ޝާހީން ބުންޏެވެ.

ހިޔާ ފުލެޓުތަކަށް ފައިސާ ދައްކާ ހަލާސްކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓު އުސޫލުން މަހަކު 7،500ރ ދައްކާ ގޮތަށެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000ރ. ނަގާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެހެންކަމުން، މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން، ހިޔާ ފްލެޓަކަށް މަހަކު 8،500ރ. ދައްކަން ޖެހެ އެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން އަސްލަމް "އަދަދު" އަށް ވިދާޅުވީ މިހާރު ނަގަން ނިންމާފައިވާ ކުއްޔަކީ ސަރުކާރުން ދައްކަން ޖެހޭ ލޯނު ދެއްކުމަށްޓަކައި ނަގާ އެންމެ ކުޑަ ކުލި ކަމަށާއި ކުލި ކުޑަ ކުރެވެން ނެތް ވާހަކަ ދެންނެވި ކަމަށެވެ. އަދި ދައުލަތުން ސަބްސިޑީއެއް ވަކި ބަޔަކަށް ހާއްސަކޮށްގެން ދެވެން ނެތް ވާހަކަ ވެސް ދެންނެވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކަރަންޓްގެ ސަބްސިޑީ އާއި ކާޑުގެ ސަބްސިޑީއަކީ އެއީ ހުރިހާ ރައްޔިތުންނަށް ދޭއެއްޗެއް. އެއީ އެންމެ 6،000 މީހުންނަށް ނުވަތަ ވަކި ބަޔަކަށް ދޭ އެއްޗެއް ނޫން. މިތާ އެބަތިބި ސަބްސިޑީއެއް ބޭނުން ނުވާނެ މީހުން ވެސް. އެހެންވީމާ ބްލެންކެޓްކޮށް ހުރިހާ އެންމެންނަށް އެކަހަލަ ކަންކަމެއް ނުކުރެވޭނެ،" މިނިސްޓަރު ތަފުސީލު ކޮށްދެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ މެއިންޓެނެންސް ފީގެ ގޮތުގައި ނަގަން ނިންމާފައިވާ 1،000 ރުފިޔާ ކުޑަ ކުރުމާ ގުޅޭ ގޮތުން އެޗްޑީސީއާއެކު މަޝްވަރާ ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.

އެ ބައްދަލު ކުރުމުގައި ހިޔާ ޔޫނިއަންއިން ވަނީ ތިން މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި އިންޓީރިއާ ފިނިޝިންގް ނުނިންމޭ މީހުންނަށް ގްރޭސް ޕީރިއެޑް އިތުރުކޮށް ދިނުމަށް އެދިފަ އެވެ. އެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި ކަމަށް ޝާހީން ބުންޏެވެ.

ހިޔާ ޔޫނިއަންއެއް އުފެއްދި ސަބަބާ ގުޅޭގޮތުން ޝާހީން ބުނީ އެހާ ގިނަ އަދަދެއްގެ ބަޔަކު އެއްތަނަކަށް ދާއިރު ގިނަ މައްސަލަތަކެއް ކުރިމަތިވާނެ ކަމަށާއި އެހެންވެ އެ ޔޫނިއަންގެ މަގުސަދަކަށް ވާނީ ދިމާވާ މައްސަލަތައް ހައްލު ކުރުން ކަމަށެވެ.

"ހިތަށް ވެސް ނާރާ ގިނަ ކަންކަން އަންނާނެ މިހާ ގިނަ ބަޔަކު ދާއިރު. އެހެންވެ ކޮންމެވެސް އެއްބަޔަކު އިސްނަގައިގެން ޓެކުލް ކުރަން ޖެހޭ އެކަންކަމަށް،" ޝާހީން ބުންޏެވެ.

ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ބުނީ ހިޔާ ޕްރޮޖެކްޓުގެ ތެރެއިން ޔުނިޓަކަށް މަހަކު ދައްކަން ޖެހޭނީ 5،600ރ. ކަމަށެވެ. އެއީ ޕްރޮޖެކްޓުގެ ތެރެއިން ޔުނިޓެއް އިމާރާތްކުރަން ހަރަދުވާ 1.27 މިލިއަން ރުފިޔާއިން ޑައުންޕޭމަންޓަށް 25،000ރ. ކެނޑުމަށް ފަހު މަހަކު ދައްކަން ޖެހޭ އަދަދަށް އަށް ޕަސެންޓުގެ އިންޓްރެސްޓެއް ހިމަނައިގެންނެވެ.

މި ހިސާބު ކުރުމުގައި މައްސަލަތަކެއް ހުރި ކަމަށް މި ސަރުކާރުން އަންނަނީ ބުނަމުންނެވެ.

އެގޮތުން އެޗްޑީސީން ބުނެފައިވާ ގޮތުގައި މި އަގު ކަނޑައެޅީ ޔުނިޓެއް އިމާރާތްކުރަން ކުރި ހަަރަދު ބައިކޮށްލުމަށް ފަހު އިންސްޓޯލްމަންޓަށް ޖެހޭ ފައިސާ ނުވަތަ މަހު ކުލިން އިންޓްރެސްޓް ނެގީމަ އެވެ. މި ޕްރޮޖެކްޓް ފައިނޭންސް ކުރަން ނެގި ދިގު މުއްދަތުގެ ލޯނުތަކުގެ އިންޓްރެސްޓް ނަގަނީ ލޯނު ފައިސާގެ ތެރެއިން އަނބުރާ ނުދައްކާ އޮތް އަދަދުންނެވެ. މަހަކަށް ޖެހޭ ފައިސާއަކުންނެއް ނޫނެވެ.

ކުރިން ޕްރޮޖެކްޓަށް ހަަރަދުތަކުގެ ތެރޭގައި ހިމަނާފައިވާ ހުރިހާ ހިސާބުތަކާއެކު އީއެމްއައި ނުވަތަ މަހަކު އިންސްޓޯލްމަންޓަށް ދައްކަން ޖެހޭ އަދަދު އަސްލު ފޯމިއުލާގެ ތެރެއިން ހިސާބު ކުރީމަ ޔުނިޓަކަށް ޖެހޭ މަހު ކުލި 10،416ރ. އަށް އަރަ އެވެ. މިއީ ޔުނިޓަކަށް ޖެހޭ ވަރު ކަަމަށް ހައުސިން މިނިސްޓްރީން ބުނި އަގަށް ވުރެ 4،710ރ. އިތުރު އަދަދެކެވެ.

މި މަހުގެ ތެރޭގައި ހިޔާ ފްލެޓްތަކުގެ ތަޅުދަނޑިތައް ހަވާލުކުރުމަށް ތައްޔާރުވަމުންދާއިރު އެތަނުގައި ދިރިއުޅޭ ގޮތް ހެދުމަށް ތިން މަސް ދުވަސް ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް، އެ މުއްދަތުގައި އެ ތަނަށް ކުރަންޖެހޭ ހޭދަ ބޮޑުވުމާއި ފްލެޓްގެ ކުލި ބޮޑުވުމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox