ޓީޓީ އެސޯސިއޭޝަނުން ކުރާ މަސައްކަތަށް ދުނިޔޭގެ ފެޑެރޭޝަންގެ ސަމާލުކަން

Jul 4, 2021, 10:43 AM
ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ)

ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ)

މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން ކުޅިވަރު ހަރަކާތްތަކެއް ބޭއްވިފައިވަނީ މަދު އެސޯސިއޭޝަންތަކަކަށެވެ. އޭގެ ތެރެއިން ގިނަ ހަރަކާތްތައް ބޭއްވި އެސޯސިއޭޝަަނަކަށްވާނީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އެވެ. މި ކަހަލަ އުނދަގޫ ވަގުތެއްގައި ވެސް ޓީޓީއޭއެމްގެ މަސައްކަތް ރަނގަޅުވުމުން ދުނިޔޭގެ ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ވަނީ އެކަން ފާހަގަކޮށްފަ އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން މި އަހަރުގެ މިހާތަނަށް ބާއްވާފައިވާ ތިން އިވެންޓަކީ ޖެނުއަރީ މަހު ކުރިއަށް ގެންދިޔަ ނެޝަނަލް ރޭންކިން މެޗުތަކާއި އޭޕްރީލް މަހު ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް ފާހަގަކުރަން ކުރިއަށް ގެންދިޔަ ހަރަކާތުގެ އިތުރުން ރޯދަ މަހަށް ހާއްސަ ކޮށްގެން ބޭއްވި މުބާރާތެވެ.

ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ)، އައިޓީޓީއެފްގެ ރަސްމީ ވެބްސައިޓަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖެ އަކީ އޭޝިއާ އަށް ބަލާއިރު ކޮވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސްވި އެއް ގައުމަށް ކަމަށެވެ. އަދި ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު ގިނަވުމުގެ ސަބަބުން އަޅާފައިވާ އެކި ފިޔަވަޅުތައް އަދިވެސް ދަމަހައްޓަމުން އަންނަކަން އައްޔަ ފާހަގަކުރެއްވި އެވެ.

Advertisement

"އެކަމަކު ވެސް އުސޫލުތަކުގެ ތެރެއިން ލިބުނު ފުރުސަތުތަކުގައި ބޭއްވުނު އިވެންޓްތަކާ މެދު ހިތްހަމަ ޖެހޭ،" އައްޔަ ވިދާޅުވި އެވެ.

ޖެނުއަރީ މަހު މުނިއުފާ ޓީޓީ ހޯލުގައި ބޭއްވިގެންދިޔަ ރޭންކިން މެޗުތަކަކީ ހަގީގަތުގައި ކުޅުންތެރިންނަށް ލިބިގެންދިޔަ ރަނގަޅު ތަޖުރިބާއެއްގެ ގޮތުގައި އައްޔަ ދެކިލައްވަ އެވެ. އެއީ އެ މެޗުތައް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ކޮންމެ އުމުރުފުރާއެއްގެ ކުޅުންތެރިން ވެސް މެޗު މާހައުލަށް ހޭނިފައި ބެހެއްޓުމުގެ ވިސްނުމުގައި ކުރި ކަމެއް ކަމަށާއި އެެކަން ހާސިލްވުމުގައި ކުރިއެރުންތަކެއް ލިބިގެންދިޔަކަން ފާހަގަކުރެވުމުންނެވެ.

ޓޭބަލް ޓެނިސް ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކާއި ސްކޫލްތަކާ ގުޅިގެން ޔޫތު ޑިިވެލޮޕްމަންޓްގެ މަސައްކަތް ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޕްރޮޓޮކޯލާ އެއްގޮތަށް ޓީޓީ އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ އެވެ. މީގެ އިތުރުން ރޯދަ މަހު ބޭއްވި މުބާރާތުގައި ކުރީގެ ކުޅުންތެރިންނާއި މިހާރުގެ ކުޅުންތެރިން އެކުވެގެން ރަނގަޅު މެޗުތަކެއް ކުޅެވޭނެ ގޮތަށް މުބާރާތް ރޭވިގެންދިއުމަކީ ވެސް މީގެ ފައިދާ ބޮޑު ކަމެއް ކަމަށް އައްޔަ ވިދާޅުވި އެވެ.

"މިކްސް ޓީމު އިވެންޓެއްގެ ގޮތުގައި ރޯދަ މުބާރާތް ކުރިއަށްގެންދިއުމުގެ ފައިދާ އަކީ ޒުވާން ކުޅުންތެރިންނަށް ތަފާތު ސްޓައިލްގެ ކުޅުންތެރިންނާ އެކު ކުޅެގެން ބޭނުންވާ ތަޖުރިބާ ލިބޭނެ،" އައްޔަ ވިދާޅުވި އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އެއްބާރުލުމާ އެކު ގައުމީ ޓީޓީ ޓީމަށް ވަނީ ފެންވަރު ރަނގަޅު ކޯޗެއް ކަމަށްވާ ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް ހަމަޖައްސައިފަ އެވެ. ކޮންސްޓަންޓީނޯސް އަކީ ގްރީސްގައި ޓީޓީ ކުޅުންތެރިން ކުރިއެރުވުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ތަޖުރިބާކާރު ކޯޗެކެވެ.

ކޮންސްޓަންޓީނޯސް އެންމެ އިސް މަސައްކަތެއްގެ ގޮތުގައި ކުރާނީ ރާއްޖޭގައި އަންނަ މަހު ބާއްވަން ތާވަލުކޮށްފައިވާ ކޮމަންވެލްތު ޔޫތު ޓުއާ ޓީޓީ މުބާރާތާއި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕަށް ޖޫނިއާ ކުޅުންތެރިން ތަމްރީން ކުރުމެވެ.

"އެ ދެ މުބާރާތް ބޭއްވުމުގެ މަޝްވަރާތައް މި ދަނީ ފެޑެރޭޝަންތަކާ އެކީ ކުރަމުން،" އައްޔަ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޓީޓީ އެސޯސިއޭޝަންގެ ރައީސްކަމަށް ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމަށް ފަހު އައްޔަ ވަނީ ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ އަމާޒުގައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. މި އަހަރު ބޭއްވޭ ދެ މުބާރާތަކީ އޭގެ ފެށުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox