ސުޕްރީމް ކޯޓުން ދޫކޮށްލި ޓެރަރިޒަމްގެ ތުހުމަތުވާ މީހާ އަލުން ހައްޔަރުކޮށްފި

ފުލުހުންގެ އޮފިސަރެއް: ސުޕްރީމް ކޯޓުން ދޫކޮށްލި މީހާ ވަނީ އަލުން ހައްޔަރުކޮށްފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ފުލުހުންގެ އޮފިސަރެއް: ސުޕްރީމް ކޯޓުން ދޫކޮށްލި މީހާ ވަނީ އަލުން ހައްޔަރުކޮށްފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ޓެރަރިޒަމްގެ އަމަލުތަކެއް ހިންގައި އައިއެސް ޖަމާއަތަށް ނިސްބަތްވާ މީހެއް ކަމަށް ތުހުމަތުކޮށް، އައްޑޫ ސިޓީން ހައްޔަރުކުރި މީހާ، ސުޕްރީމް ކޯޓުން މިދިޔަ ބުދަދުވަހު ދޫކޮށްލުމުން އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުން މިނިވަންކުރި ގއ. ކޮލަމާފުށި، ވިކްޓްރީ މަފްތޫހު ސައީދު އަލުން ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

ދޫކޮށްލިތާ އެއް ދުވަސް ފަހުން މަފްތޫހް އަނެއްކާވެސް ހައްޔަރުކުރީ، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ކުރިން ވެސް ކުރި ތުހުމަތުތަކުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު ފުލުހުން ހިންގި އޮޕަރޭޝަންގައި އައްޑޫ ސިޓީން މަފްތޫހްއާ އެކު ނުވަ މީހަކު ހައްޔަރުކުރި އެވެ. އެ މީހުން ހައްޔަރުކޮށް ބަންދު ފުރަތަމަ ޖެހީ އިންޓެލް ރިޕޯޓެއްގެ މައްޗަށެވެ. އެކަމަކު ސުޕްރީމް ކޯޓުން އޭނާ ދޫކޮށްލީ އިންޓެލް ރިޕޯޓެއް ފިޔަވައި އިތުރު ހެއްކެއް ހުށަހަޅާފައި ނެތުމުންނެވެ.

ބޮޑެތި ތުހުމަތުތަކާ އެކު ހައްޔަރުކުރި މީހުންގެ މައްޗަށް ތުހުމަތުކޮށްފައި އޮތީ، ހަރުކަށި ފިކުރު ފެތުރުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ، އައިއީޑީ ހެދުމަށް ބޭނުންކުރާ ތަކެތި ގެންގުޅެ އެ ތަކެތިން ބަޔަކަށް އަދި މުދަލަށް ގެއްލުންދީފާނެ ކަމުގެ ތުހުމަތެވެ.

ދެ ފަހަރަކަށް ބަންދު އިތުރު ކުރުމަށް ފަހު އޭގެ ތެރެއިން ފަސް މީހަކު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލި އެވެ. އެ ފަސް މީހުން ދޫކޮށްލީ ތުހުމަތުވާ މައްސަލާގައި އެމީހުންގެ ބައިވެރިވުން އޮތް ކަމަށް ހެކި ހުށަހަޅާފައި ނެތް ކަމަށް ބުނެ އެވެ.

އެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ނިންމީ، އެ ފަސް މީހުން ވެސް އަލުން ހައްޔަރުކުރަން ޖެހޭނެ ކަމަށެވެ. އޭގެ ތެރެއިން މަހްތޫފް ސުޕްރީމް ކޯޓަށް ދިޔަ އެވެ.

ސުޕްރީމް ކޯޓުގައި އޭނާގެ ފަރާތުން ފާހަގަކޮށްފައިވަނީ އިންޓެލް ރިޕޯޓްގެ އިތުރުން އެހެން ހެއްކެއް އޭނާގެ މައްޗަށް ނެތުމުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މައްސަލާގައި ސުޕްރީމް ކޯޓުން ބުނި ގޮތުގައި ހަމައެކަނި އިންޓެލް ރިޕޯޓެއް އޮވެގެން އެއަށް ބާރުލިބޭ އެހެން ހެއްކެއް ނެތި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ "ކޮންމެ ވެސް މިންވަރެއްގެ ހެކި" ހުރި ކަމުގެ އޮޅިގަނޑު ދަށު ކޯޓުގައި ގިރާ ނުކުރެވޭނެ ކަމަށް ދަށު ކޯޓުގެ ގާޒީ ނިންމީ ގާނޫނާ ހިލާފަށް ކަމަށް ބަލާނެ ތަނެއް ނެތެވެ.

އެހެންވެ، މަފްތޫހު ބަންދުކުރަން ނެރެފައި އޮތް އަމުރު ސުޕްރީމް ކޯޓުން ބާތިލްކުރި އެވެ.

ނަމަވެސް، އިންޓެލް ރިޕޯޓް ފިޔަވައި ތަހުގީގަށް އެހެނިހެން ހެކި ލިބިފައިވާ ނަމަ، އެ ހެކިތަކަށް ރިއާޔަތްކޮށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މަފްތޫހު ސައީދުގެ ބަންދުގެ މުއްދަތު އިތުރުކުރަން ޖެހޭތޯ ބެލުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު ދައުލަތަށް އޮންނާނެ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox