ބަނގުރާ ގެންދިޔަ ކާރު ފާސްކުރުމުގައި ގޯސް ހެދުމުން، ހައްޔަރުގައި ތިބި ބަޔަކު ސަލާމަތްވެއްޖެ

ފުލުހަކު މަގެއް މަތީ ހަރަކާތްތެރިވަނީ: ނުބައިކޮށް ކާރެއް ފާސްކުރުމުގެ ސަބަބުން ބަޔަކު ދޫކޮށްލަން ވަނީ ޖެހިފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ފުލުހަކު މަގެއް މަތީ ހަރަކާތްތެރިވަނީ: ނުބައިކޮށް ކާރެއް ފާސްކުރުމުގެ ސަބަބުން ބަޔަކު ދޫކޮށްލަން ވަނީ ޖެހިފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ކާރެއް ބަލާފާސްކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ގޯސްވުމުގެ ސަބަބުން، ބަނގުރާ ގެންގުޅުނު ބަޔަކު ދޫކޮށްލަން ޖެހިއްޖެ އެވެ.

ކުރިމިނަލް ކޯޓުން އިއްޔެ ބަންދުން ދޫކޮށްލާފައިވަނީ ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހެކެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ކާރެއް ބަލާފާސްކުރުމަށްފަހު އެވެ.

އެ ކާރު ފުލުހުން ފާސްކުރީ، ސައިކަލެއްގައި ޖެއްސުމަށްފަހު މަޑުނުކޮށް ދިޔަ ކަމުގެ ރިޕޯޓް އާންމު މީހެއްގެ ފަރާތުން ފުލުހަށް ރިޕޯޓްކުރުމުންނެވެ.

Advertisement

އެ ރިޕޯޓާ ގުޅިގެން ފުލުހުން ކާރު ހުއްޓުވައި ބެލިއިރު އޭގެން ބަނގުރާ ފުޅިތަކެއް ފެނިފައިވާތީ، އެ ވަގުތު އެ ކާރުގައި ތިބި ހަތަރު މީހުން ވެސް ހައްޔަރުކުރީ އެވެ.

އެމީހުންގެ ބަންދު ޖެހުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން މައްސަލާގެ ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ބުނެފައިވަނީ ކާރު މަޑުކުރުމަށް އަންގައި، ފުލުހުން ބަރުގޮނު އެޅުމުން ވެސް ކާރު ހުއްޓާފައިނުވާ ކަމަށެވެ.

ކާރު ހުއްޓުވަން މަސައްކަތްކުރީ ސައިކަލެއްގައި ޖައްސާފައި މަޑުނުކޮށް ދިޔުމުގެ ސަބަބުން ކަމުގައިވީ ނަމަވެސް، ކާރު މަޑުނުކުރުމުން އޭގައި ގާނޫނާއި ގަވައިދާ ހިލާފު އެއްޗެއް ހުރީ ކަމަށް ޝައްކު ކުރެވުނު ކަމަށް އޮފިސަރު ބުންޏެވެ.

ނަމަވެސް، ކާރުގައި ތިބި މީހުން ބުނި ގޮތުގައި، ކާރު ހުއްޓަން ނޭނގުނީ އޭގައި އަޑުގަދަކޮށް ލަވަ ޖަހާފައި ހުރުމުގެ ސަބަބުން ފުލުހުން ބަރުގޮނު އެޅިކަން ނޭނގުނީމަ އެވެ.

ކާރު މަޑުކުރުމަށްފަހު، އެ ބަލާފާސްކުރުމުން ފެނުނީ ތިން ބަނގުރާފުޅި ކަމަށް އޮފިސަރު ބުންޏެވެ.

ކުރިމިނަލް ކޯޓުން އިއްޔެ ނެރެފައިވާ އަމުރުގައި ބުނި ގޮތުގައި، ދުއްވާފައިދާ އުޅަނދެއް ފާސްކުރަން ހުއްޓުވަން ޖެހިއްޖެ ހާލަތެއްގައި އަމަލު ކުރަން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރިކަން އޮފިސަރަށް ސާފުކޮށް ނުދެވެ އެވެ.

އެ ގަވައިދުގައިވާ ގޮތުން އުޅަނދެއް ހުއްޓުވަން ޖެހިއްޖެނަމަ، އަނގަބަހުން ނުވަތަ އިޝާރާތުން ނުވަތަ އެކަމަށް ގެންގުޅޭ ބޯޑަކުން މަޑުކުރަން އެންގިދާނެ އެވެ. އެގޮތުން ވެސް މަޑުނުކޮށްފިނަމަ ވަގުތަށާއި ހާލަތަށް ބަލައި ހަތަރު ގޮތަކަށް އަމަލުކުރެވޭނެ އެވެ. އެއީ، ފަހަތުން ދިޔުމާއި ފުރޮޅު ފަޅާލުމާއި ސައިރަން އަޅައި އުޅަނދު ފަހަތުން ދިޔުން އަދި ރަޖިސްޓްރީ ނަންބަރު ނޯޓުކުރުމެވެ.

ގާޒީ އާދަމް މުހައްމަދު ނެރުއްވި އަމުރުގައި ބުނި ގޮތުގައި، ކާރު ފާސްކޮށްފައިވަނީ ސައިކަލެއްގައި ޖައްސާ މަޑުނުކޮށް ދިޔުމުގެ ސަބަބުން ކަމަށް ބުނި ނަމަވެސް، އެއީ ކާރު ބަލާ ފާސްކުރެވޭނެ ސަބަބެއް ނޫނެވެ. އަދި، އެ ކާރު މަޑުކުރުވިއިރު މަސްތުވާތަކެތީގެ އެއްވެސް ތުހުމަތެއް ނެތްކަން އޮފިސަރު ދެއްކި ވާހަކަތަކުން އެނގޭ ކަމެވެ.

ކޯޓު އަމުރެއް ނެތި އުޅަނދެއް ބަލާ ފާސްކުރެވިދާނެ ހާލަތްތަކެއް ގާނޫނުގައި އޮތް ނަމަވެސް، މި މައްސަލައަކީ އެފަދަ ހާލަތަކަށް ފެތޭ މައްސަލައެއް ނޫން ކަމަށް ފުލުހުންގެ އޮފިސަރު ވެސް ބުނެފައިވާ ކަމަށެވެ.

އުޅަނދެއް ބަލާފާސްކުރުމުގައި އަދި އުޅަނދެއް ބަލާފާސްކުރުމަށް ހުއްޓުވުމުގައި ފުލުހުން އަމަލުކުރަން ޖެހޭނެ އިޖުރާއަތްތަކެއް އޮތްއިރު، އެއަށް ފުލުހުން އަމަލުކޮށްފައިނުވާކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އެބަ އޮތް ކަމަށް އުމުރުގައި ބުންޏެވެ. އެހެންވެ، މި މައްސަލާގައި ހަތަރު މީހުން ބަންދުގައި ބެހެއްޓިދާނެ ކަމަށް ނުފެންނަ ކަމަށެވެ.

މައްސަލާގައި ހައްޔަރުކުރި މީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓްކުރިއިރު ޓީއެޗްސީއަށް ޕޮޒިޓިވްވެފައިވާ ކަމަށް ލިޔެފައި އޮތް ނަމަވެސް، ކުޑަކަމުދާތަކެތި އެއްވެސް ބާވަތަކަށް ޕޮޒިޓިވްވެފައި ނެތް ކަމަށް ފުލުހުންގެ އޮފިސަރު ބަންދު މަޖިލީހުގައި ބުނެފައިވެ އެވެ.

އެހެންވެ، ގާޒީ އާދަމް މުހައްމަދު އަމުރުކޮށްފައިވަނީ ހަތަރު މީހުން ވެސް ބަންދުން ދޫކޮށްލުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox