އަބްދުﷲ ޖަލުން ދޫކޮށްލީ އިސްލާހުވެއްޖެ ކަމަށް ބަލައިގެން!

އަބްދުﷲ އަލި މަނިކު: ނުރައްކާތެރި ހަމަލައެއް ދީފާނެ ކަމުގެ ތުހުމަތަށް އަނެއްކާވެސް ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައި.

އަބްދުﷲ އަލި މަނިކު: ނުރައްކާތެރި ހަމަލައެއް ދީފާނެ ކަމުގެ ތުހުމަތަށް އަނެއްކާވެސް ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައި.

ހައްދުފަހަނައެޅި ފިކުރުގެ ބޮޑެއް ކަމަށް ތުހުމަތުވާ އަބްދުﷲ އަލީ ޓެރަރިޒަމް ދައުވާއެއްގައި ޖަލަށް ލާފައި ވަނިކޮށް މި ވެރިކަމުގައި ދޫކޮށްލީ އިސްލާހުވެއްޖެ ކަމަށް މުއައްސަސާތަކުން ލިބުނު މައުލޫމާތުތަކާ ގުޅިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލި ހަމަލާއަށް ފަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަބްދުﷲ އަލީ މީގެ މަހެއްހާ ދުވަސްކުރިން ހައްޔަރުކުރީ ބޮޑެތި ތުހުމަތުތަކެއްގަ އެވެ.

އޭނާ އަކީ ޖަލުގައި ވެސް ހައްދުފަހަނާޅައި ދިއުމުގެ ހަރަކާތް ހިންގައި މީހުން ރެކްރޫޓްކުރުމުގައި އިސްކޮށް އުޅުނު މީހެއް ކަމަށް ތުހުމަތުކުރެ އެވެ. ޖަލުން ދޫވުމާ އަލުން ހައްޔަރުކުރީ އަނެއްކާވެސް އެ ފިކުރު ފަތުރަން އުޅެނިކޮށް ކަމަށް ތުހުމަތުކޮށެވެ.

އަބްދުﷲ އަށް ފުލުހުންގެ ތުހުމަތުތައް

ހައްދުފަހަނާޅާފައިވާ ފިކުރު ފަތުރަން މާލޭގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރުން.

އިސްލާމްދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމަށް ހިތްވަރުދޭ ކްލާސްތައް ބޭއްވުން.

ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރުން.

ޓެރަރިސްޓް ޖާމާއަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ޖަމާއަތަކަށް (އައިސިސް) އަށް ތާއީދުކުރުން.

ދާހިލީ ހަނގުރާމަތަކަކީ ޖިހާދު ކަމުގައި ސިކުނޑިތަކަށް ވައްދައި، ޖިހާދަށް މީހުން ރެކްރޫޓްކުރުމާއި ސީރިއާއަށް ހަނގުރާމައަށް ފޮނުވުން.

ގައުމީ ސަލާމަތަށް ނުރައްކާތެރި ޓެރަރިޒަމްގެ ހަމަލާއެއް ރާވަމުންދާ ކަމުގެ ތުހުމަތު.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިހާ ބޮޑެތި ތުހުމަތުތައް ކުރެވޭ މީހަކު، ޓެރަރިޒަމްގެ ކުށުގައި ޖަލަށް ލާފައި ވަނިކޮށް ދޫކޮށްލި ސަބަބާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އޭނާއަށް ލުޔެއް ދިނީ އޭރު ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި ކަމަށެވެ.

އަބްދުﷲ އަލީމަނިކު ޖަލަށް ލީ އއ. ހިމަންދޫގައި 2007 ގައި ސަލާމަތީ ހިދުމަތްތަކާ ކުރިމަތިލި މައްސަލައިގަ އެވެ. އޭނާ ހިމެނުނީ ހިމަންދޫ "ހަނގުރާމައިގެ މައިދާނުގައި" ހަރަކާތްތެރިވެގެން ޓެރަރިޒަމްގެ ތުހުމަތުކުރި 53 މީހުންގެ ތެރެއިން ދައުވާ އުފުލި 37 މީހުންގެ ތެރޭގަ އެވެ. އޭގެ ކުރިން ވެސް ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގައި އަބްދުﷲ އަލީ އަށް ގިނަ ހުކުމްތަކެއް ކޮށްފައިވެ އެވެ.

ހިމަންދޫ މައްސަލައިގައި ޖަލަށް ލީ ވަރަށް ގިނަ ބަޔަކު މިނިވަންކޮށްފައިވާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއީ މިވެރިކަމުގައި ނޫން ކަމަށެވެ.

ހިމަންދޫގެ ގިނަ ބަޔަކު ޖަލުން މިނިވަންކުރީ އެމްޑީޕީގެ ވެރިކަމުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުރުގަ އެވެ.

"އަޅުގަނޑަށް އެނގިފައި އޮތް ގޮތުން އަބްދުﷲ އަލީމަނިކު ވެސް އޭރު ހުރީ ޝަރުތުތަކަކާ އެކު މިނިވަންކޮށްފައި، ޝަރުތަކަށް އޮތީ ހިމަންދޫއަށް ދިއުން މަނާކޮށްފައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އޭނާ އަލުން ޖަލަށް ލީ އެ ޝަރުތާ ހިލާފުވެ ހިމަންދުއަށް ދިއުމުންނެވެ.

ޓެރަރިޒަމްގެ ކުށްތަކަކީ މާފު ދެވޭނެ ކުށްތަކެއް ނޫންކަން ފާހަގަރައްވަމުން ވިދާޅުވީ އަބްދުﷲ އަލީ އަށް ލުއި ދެއްވިއިރު ހުކުމުގެ ބާކީ އަކީ އަށް މަސް ކަމަށެވެ. ނަމަވެސް އިތުރު ހުކުމްތަކެއް ހުއްޓެވެ.

"އެކަން ކުރަންވެގެން [ލުއިދޭން] އަޅުގަނޑުމެން ނިންމާއިރު ކަމާބެހޭ މުއައްސަސާތަކުން ލިއުންތަކާ އެއްޗެހި ހޯދަން. އަބްދުﷲ އަލިމަނިކާ ގުޅޭ ގޮތުން ކަރެކްޝަންސުން އަޅުގަނޑުމެންނަށް ލިބިފައި އޮތް މައުލޫމާތަކީ އޭނާ އަކީ މިހާރު އިސްލާހުވެ މުޖުތަމައަށް ނުކުންނަން ތައްޔާރަށް ހުރި މީހެއް ކަމަަށް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އަބްދުﷲ އަލީމަނިކުގެ 17 އަހަރުން ދަށުގެ ގިނަ ކުދިން ބަލަހައްޓަން ޖެހޭ ކަމަށް އޮތުމަކީ ވެސް ލުއިދޭން ވިސްނެވި ސަބަބެކެވެ. އޭނާ އަކީ މުޖުތަމައަށް ފައިދާ ހުރި މަަސައްކަތެއް ކޮށްދެވޭނެ މީހެއް ކަމަށް ވެސް ލިބިވަޑައިގަތް މައުލޫމާތުގައި އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އޭނާގެ ހުކުމް ތިން މަސް ދުވަހަށް ކުޑަކުރެއްވީ އެ މައުލޫމާތުގެ އަލީގަ އެވެ.

"ޓެރަރިޒަމްގެ ކުށެއް އަޅުގަނޑު މާފެއް ނުކުރަން. ލުއިކޮށްދިނީ ބާކީ އޮތް އަށް މަސް ދުވަސް،" ރައީސް ވިދާޅުވި އެވެ.

އަބްދުﷲ އަކީ، އެނގިފައިވާ ގޮތުގައި، ރ. އަތޮޅުގައި ނުރައްކާތެރި ދަރަޖައަކަށް ހަރުކަށި ފިކުރު ފެތުރުމުގައި އުޅުނު ކަމަށް ތުހުމަތުކުރާ އިސްމާއިލް ހައްމާދު ފަދަ ގިނަ ބަޔަކު ރެކްރޫޓްކުރި މީހެކެވެ.

އޭނާ އަކީ "އަދަދު"އަށް ކަށަވަރުވެފައިވާ ގޮތުގައި ހައްމާދު ކައިވެނީގެ ނަމުގައި "ރޭޕްކުރި" 12 އަހަރުގެ ކުއްޖާގެ ބައްޕަ އެވެ. ގާނޫނީ އިމުން ބޭރުވެ، ކައިވެނީގެ ނަމުގައި ޖިންސީ ގުޅުން ހިންގައި ޅަ އުމުރުގައި އެ ބަލިވެއިނދެ، 13 އަހަރުގައި ވަނީ ވިހައިފަ އެވެ. އެ ކުއްޖާ އޭގެ ކުރިން ވެސް ދެ މީހަކާ ކައިވެނީގެ ނަމުގައި "ހަވާލުކުރި" ކަމަށް ތުހުމަތު ކުރެ އެވެ.

ފުލުހުން އޭރު ބުނި ގޮތުގައި 13 އަހަރުގެ ކުއްޖާ ވިހެއި ދަރިފުޅުގެ ޑީއެންއޭ ހާއްމާދާ ދިމާވެ އެވެ. ހައްމާދު އެ މައްސަލައިގައި ހައްޔަރުކޮށް ދައުލަތުން ރޭޕުގެ ދައުވާ ވެސް އުފުލި އެވެ.

އަބްދުﷲ އަލީއާ، ހައްމާދު ދިމާވަނީ މާފުށީ ޖަލުންނެވެ. އޭރު އަބްދުﷲ އަކީ ޖަލުގައި ހައްދުފަހަނާޅައި ދިއުމުގެ ކަންކަން ފެތުރުމުގައި އިސްކޮށް އުޅުނު މީހާ ކަމަށް ވެ އެވެ. އޭނާ އަކީ ޖަލުގެ އިމާމެވެ.

ޖަލުގައި، އަބްދުﷲ ރެކްރޫޓްކުރީ ހައްމާދު ކަހަލަ އެތައް ޒުވާނުންނެވެ. އެކަން ހިނގަމުން ދިޔަ ކަން އިދާރާތަކަށް އެނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox