މާލެ-ތިލަފުށި ބްރިޖުގެ ބިޔަ މަޝްރޫއު އިންޑިއާގެ އެފްކޮންއަށް

ތިލަމާލެ ބްރިޖުގެ ތްރީޑީ ރެންޑަރިންއެއް: ޕްރީކޮލިފައިކުރި ކުންފުނިތަކުގެ ތެރެއިން ބްރިޖުގެ މަސައްކަތް ހަވާލުކުރަން އުޅެނީ އިންޑިއާގެ އެފްކޮންއާ. -- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ތިލަމާލެ ބްރިޖުގެ ތްރީޑީ ރެންޑަރިންއެއް: ޕްރީކޮލިފައިކުރި ކުންފުނިތަކުގެ ތެރެއިން ބްރިޖުގެ މަސައްކަތް ހަވާލުކުރަން އުޅެނީ އިންޑިއާގެ އެފްކޮންއާ. -- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖް ހަވާލުކުރަން ނިންމާފައި ވަނީ އިންޑިއާގެ އެފްކޮން އިންފްރަސްޓްރަކްޗާ ލިމިޓެޑާ ކަން "އަދަދު"އަށް އެނގިއްޖެ އެވެ.

މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއާ ގުޅޭ ގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ ފަހުން ވިދާޅުވެފައި ވަނީ ބިޑުތައް އިވެލުއޭޓްކޮށް މި މަސް ނިމުމުގެ ކުރިން ބަޔަކާ ހަވާލުކުރާނެ ކަމަށެވެ. ރައީސް ވިދާޅުވި މުއްދަތު ހަމަވާއިރު، ޕްލޭނިން މިނިސްޓްރީން މި ހަފުތާގައި ބުނެފައި ވަނީ އެ މަސައްކަތް ހަވާލުކުރަން ގާތްގަނޑަކަށް 10 ދުވަސް ނަގާނެ އެވެ.

ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"، އެފްކޮންސްއާ ހަވާލުކުރުމުގެ ހުއްދައަށް އެގްޒިމް ބޭންކަށް ފޮނުވާފައިވާ ކަން "އަދަދު"އަށް ވަނީ ކަށަވަރުވެފަ އެވެ. އެކަމަކު ރަސްމީ އެއްވެސް އިދާރާއަކުން އަދި މިކަން ހާމައެއްނުކުރެ އެވެ.

އެފްކޮންއަކީ އައްޑޫގެ މަގުތައް ހެދުމާއި ފެން ހިންދުމުގެ ނިޒާމު ގާއިމްކުރަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ.

ބުރިޖުގެ މަސައްކަތަށް ފިނޭންސް މިނިސްޓްރީން ހުޅުވާލާފައިވާ ބީލަމުގައި ބައިވެރިވުމަށް އެގްޒިމް ބޭންކުން ޕްރީކޮލިފައިކުރީ ހަތަރު ކުންފުންޏެވެ. މި ހަތަރު ކުންފުންޏަކީ ވެސް މިފަދަ މަޝްރޫއުތަކުގެ މަސައްކަތުގެ ތަޖުރިބާ އާއި، މަޝްރޫއުއަށް ބޭނުންވާ ޓެކްނިކަލް މާހިރުކަމާއި ގާބިލިއްޔަތު، އަދި މާލީ ތަނަވަސްކަން ލިބިފައިވާ ކުންފުނިތަކެއްގެ ޔަގީންކަން ވަނީ ދީފަ އެވެ.

އިންޑިއާ ކުންފުނިން އެހެން ގައުމެއްގައި އަޅާފައިވާ ބްރިޖެއް
އިންޑިއާ ކުންފުނިން އެހެން ގައުމެއްގައި އަޅާފައިވާ ބްރިޖެއް

އިންޑިއާ ކުންފުނިން އެހެން ގައުމެއްގައި އަޅާފައިވާ ބްރިޖެއް

ބްރިޖު ޕްރޮޖެކްޓު ހިންގަން ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފަ އެވެ. މިއީ ޕްރޮޖެކްޓު ނިމޭތާ ފަސް އަހަރު ފަހުން އަނބުރާ ދައްކަން ފަށަންޖެހޭ ލޯނެކެވެ.

އެފްކޮން ކުންފުންޏާ ބްރިޖް މަޝްރޫއު ހަވާކުރަން ނިންމީ އެނގިފައިވާ ގޮތުގައި، މި މަޝްރޫއުގައި ވާދަކުރި އިންޑިއާގެ އަނެއް ދެ ކުންފުންޏާ ވާދަކޮށެވެ. އެއީ، އަޝޯކާ ބިލްޑްކޮން އާއި ލާސެން އެންޑް ޓުއަބްރޯ ލިމިޑެޓާ އެވެ.

މި ބީލަމުގެ ޓެކްނިކަލް އިވެލުއޭޝަން ޓީމަށް މި މަޝްރޫއުގެ ކޮންސަލްޓަންސީ މަސައްކަތް ކުރަން ސަރުކާރުން ކަނޑައަޅާފައިވާ "އެމްއެސް އަރޫޕް" އިން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

މި ބްރިޖު އެޅުމުގެ ސާވޭގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ނެދަލެންޑްސްގެ ކުންފުންޏަކަށް 15 މިލިއަން ޑޮލަރަށެވެ.

ބްރިޖް މަޝްރޫއުގައި، މާލެ އިން ގުޅީފަޅަށް 67 ކިލޯމީޓަރު ބްރިޖް އަދި ކޯޒްވޭއެއް ގާއިމްކުރާނެ އެވެ.

އެގްޒިމް ބޭންކުގެ ލޯނާ އެކު މި ބްރިޖަށް ދެން ފަންޑުކުރާނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ދީފައިވާ 100 މިލިއަން ޑޮލަރާއި ދިވެހި ދައުލަތުގެ ފައިސާއިންނެވެ. ސަރުކާރުން ކުރިން ބުނެފައި ވަނީ ތިލަފުށްޓާއި މާލެ ގުޅާލާ ބްރިޖްގެ މަޝްރޫއު އަށް 500 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. މި އަހަރަށް ކަނޑައެޅި ބަޖެޓުގައި މި ބްރިޖަށް 411 މިލިއަން ހިމަނާފައިވެ އެވެ.

އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޝަޕޫރުޖީ ޕައްލޮންޖީ ކުންފުނިން މެޖޯރިޓީ ހިއްސާ ގަނެފައިވާ އެފްކޮން އިން ވަނީ އިންޑިއާގައި އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ކާމިޔާބުކަމާ އެކު ނިންމައިފަ އެވެ.

އިންޑިއާގެ ޓާޓާ ކުންފުންޏާ ވެސް ގުޅުން އޮންނަ އެފްކޮންގެ މަޝްރޫއުތަކުގެ ތެރޭގައި، ގަބޯންގައި އެ ގައުމުގެ އިރުން ހުޅަނގަށް ގުޅުވައިދޭ ޓްރާންސް ގަބޮނީސް ރޯޑް ޕްރޮޖެކްޓެއް ވެސް އެފްކޮން އިން ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި އެފްރިކާގެ ގާނާގައި އަޅާ ވޮލްޓާ ރެއިލްވޭ ބްރިޖްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެފްކޮންއާ އެވެ. މިއީ ޖަޕާނުގެ ސަރުކާރުން 100 މިލިއަނަށް ވުރެން ގިނަ ޑޮލަރުގެ ލޯނެއްގެ ދަށުން ގާނާގައި ތަރައްގީކުރާ ޕްރޮޖެކްޓެވެ.

މި މަޝްރޫއަށް ޕްރީ ކޮލިފައިވި އަޝޯކާ އިން ވަނީ ހުޅުމާލޭގައި 2000 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފަ އެވެ. މި ކުންފުނިން އެކި ވައްތަރުގެ 15 ބްރިޖް އަޅާފައިވާ ކަމަށް ކުންފުނިން އާއްމުކޮށްފައިވާ މައުލޫމާތުތަކުގައިވެ އެވެ.

ލާސެން ކުންފުނިން ވެސް ވަނީ އިންޑިއާގެ އެކި ސްޓޭޓްތަކުގައި ބްރިޖުގެ މަސައްކަތްތަކެއް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox