ޖެންޑާ މިނިސްޓްރީއަށް މީޑިއާތަކަށް ފިޔަވަޅު އެޅޭނެ: ޕީޖީ

ޕީޖީ ޝަމީމް: ގާނޫނުގެ ދަށުން ޖެންޑާ މިނިސްޓްރީއަށް މީޑިއާތަކަށް ފިޔަވަޅު އެޅޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ޕީޖީ ޝަމީމް: ގާނޫނުގެ ދަށުން ޖެންޑާ މިނިސްޓްރީއަށް މީޑިއާތަކަށް ފިޔަވަޅު އެޅޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން ޖެންޑާ މިނިސްޓްރީއަށް މީޑިއާތަކަށް ފިޔަވަޅު އެޅޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ރަހީނުކުރުމަށް ފަހު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ހުޅުމާލޭގެ މޫދުން ފެނުނު 13 އަހަރުގެ ކުއްޖާގެ މައްސަލައިގައި ހަބަރު ފެތުރި ގޮތުން ގާނޫނުގެ ދަށުން ޖެންޑާ މިނިސްޓްރީން "އަވަސް" ނޫސް 2،000 ރުފިޔާއިން ޖޫރިމަނާކުރި އެވެ.

މިއީ، މިދިޔަ އަހަރު އަމަލުކުރަން ފެށި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މީޑިއާއަކާ މެދު ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.

އެ ގާނޫނުގައި ބުނާ ގޮތުން އެކި ކުށްތަކުގައި ތުހުމަތު ކުރެވޭ ކުދިންނާއި ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި އެ ނޫން ސަަބަބުތަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި އެޑްރެހާއި ތައުލީމް ހާސިލްކުރާ ތަނުގެ މައުލޫމާތު ފަދަ ޒާތީ މައުލޫމާތެއް ސީދާގޮތުން ނުވަތަ ނުސީދާ ގޮތުން ވެސް އާއްމެއް ނުކުރެވޭނެ އެވެ. ކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އާއްމުކުރާ މައުލޫމާތުތަކާ ގުޅިގެން ފިޔަވަޅު އަޅަން ގާނޫނު ލާޒިމްކޮށްފައިވެ އެވެ.

"އަވަސް"އަށް ފިޔަވަޅު އެޅުމާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ކަންބޮޑުވެ، އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ބުނެ ބަޔާނެއް ނެރުނެވެ.

އެމްއެމްސީން ބުނީ މީޑިއާގައި ޝާއިއުކުރާ ޝާއިއުކުރުންތަކުގެ މައްސަލަ ބެލުމުގެ ގާނޫނީ އިހްތިސާސް ލިބިގެންވަނީ އެ ކައުންސިލަށް ކަމަށާއި ކައުންސިލާ އެއްވެސް މަޝްވަރާކުރުމެއް ނެތި ދައުލަތުގެ ވުޒާރާއަކުން ނޫސްތައް ޖޫރިމަނާކުރުމަކީ، ކަންބޮޑުވުމެއް ކަމަށެވެ.

މީޑިއާ ކައުންސިލުން ބުނެފައިވާ ގޮތުގައި ކުޑަކުދިންގެ އަދުލުގެ ގާނޫނު ބުނާ ގޮތުން ވެސް ކުޑަކުދިންނާ ގުޅޭ ހަބަރުތައް ޝާއިއުކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި ފިޔަވަޅު އަޅާނެ އުސޫލުތައް އެކުލަވާލުމުގެ ބާރު އޮތީ އެ ކައުންސިލަށެވެ.

އެކަމަކު ޕްރޮސިކިއުޓާ ޖެނަރަލްގެ ހިޔާލު މިކަމުގައި ތަފާތެވެ.

ޕީޖީ ޝަމީމް މިއަދު ހެނދުނު އޭނާގެ ބްލޮގުގައި ވިދާޅުވި ގޮތުގައި ކުއްޖާގެ މައުލޫމާތު ހާމަކުރަންވާނީ ވަކި ވަރަކަށް، ކުއްޖާގެ ކަރާމާތަށް އުނިކަން ނާންނާނެ މިންވަރަށް ކަން ގާނޫނުން ވަރަށް ސާފެވެ.

"މިކަމުގައި މުހިންމީ ހޭލުންތެރިކަން އިތުރުވެ، މިބާވަތުގެ ކަންކަން ތަކުރާރު ނުވުން، ކޮންމެހެން ނޫސްތަކަށް އަދަބުދިނުމެއް ނޫން،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނޫސްވެރިން ވެސް މައުލޫމާތު ހާމަކުރަންވާނީ ކޮންމެ ވެސް ހަމައެއްގެ ތެރެއިންނެވެ. ހާއްސަކޮށް ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި ސަމާލުކަން އިތުރަށް ދޭން ޖެހޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ޝަމީމް ވިދާޅުވީ 13 އަހަރުގެ ކުއްޖާގެ މައްސަލައިގައި ޖެންޑާ މިނިސްޓްރީން އަމަލު ކުރަން ޖެހެނީ ހާއްސަ ގާނޫނަކަށް ކަމަށާއި އެ ގާނޫނުގެ ދަށުން ހާއްސަ ހާލަތުގައި ޖެންޑާއަށް މީޑިއާއަށް ފިޔަވަޅު އެޅިދާނެ ސަބަބުތައް އެބަހުރި ކަމަށެވެ.

"އާންމު ދިރިއުޅުމުގައި ވެސް މީހަކު މަރުވީމަ އެމީހަކު ގޯސް ވާހަކަ ދައްކާ އުޅުމަކީ ކުރާ ކަމެއް ނޫން. އެއީ އަޅުގަނޑުމެންގެ ސަގާފާތުގައި ވެސް އޮތް ކަމެއް ނޫން، ދީނުގައި ވެސް އެދެވިގެންވާ ކަމެއް ނޫން،" ޝަމީމް ވިދާޅުވި އެވެ.

ގާނޫނުގައިވާ ގޮތުން ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކުމާއި، އެ ކުދިންގެ ހައްގުތަކަށް އުނިކަން ލިބޭނެ ފަދަ ކަންކަމަށް ހިތްވަރުދިނުމަކީ ވެސް މަނާކަމެކެވެ.

މިފަދައިން އެއްވެސް ފަރާތަކުން އަމަލުކޮށްފި ނަމަ، އެކަން ތަހުގީގުކޮށް އެކަމުގެ ކުޑަބޮޑުމިނަށާއި، އެކަން ތަކުރާރުވާ މިންވަރަށް ބަލައި އެކަމުގައި ޝާމިލުވާ ފަރާތްތައް ޖޫރިމަނާކުރުން ނުވަތަ އާންމުންނަށް ހިދުމަތެއް ދިނުމުގެ ލައިސެންސެއް ލިބިފައިވާ ފަރާތެއް ނަމަ، ލައިސެންސް ހިފެހެއްޓުން ފަދަ ފިޔަވަޅުތައް މިނިސްޓަރު އަޅަންވާނެ ކަމަށް ގާނޫނުގައިވެ އެވެ.

މި މާއްދާގެ ދަށުން ފިޔަވަޅެއް އެޅުމުގެ ބާރު މިނިސްޓަރަށް ލިބެނީ ދެ ހާލަތެއްގަ އެވެ. ފުރަތަމަ ހާލަތަކީ ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަދެއްކުމެވެ. ދެވަނަ ހާލަތަކީ އެކުދިންގެ ހައްގުތަކަށް އުނިކަން ލިބޭނެ ފަދަ ކަންކަމަށް ހިތްވަރުދިނުމުނެވެ.

މި ދެ ހާލަތުގައި ވެސް ފިޔަވަޅު އެޅުމުގެ ބާރު މިނިސްޓަރަށް ލިބެނީ އެކަން ތަހުގީގުކޮށްފައި ކަމަށް ގާނޫނުގައިވެ އެވެ. ތަހުގީގެއް ހިންގާ ނަމަ، އެޑްމިނިސްޓްރޭޓިވް ފިޔަވަޅު އެޅުމުގެ އުސޫލުތައް ހިނގާނެ ކަމާއި އެންމެ އަސާސީ ކަމަކީ ޖަވާބުދާރީވުމުގެ ފުރުސަތު ދިނުން ކަމަށްވެ އެވެ.

މިކަމުން މީޑިއާތައް ގާނޫނުގައި އިސްތިސްނާކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox