ނަދީމްގެ މަރުގެ ޝަރީއަތް: ސިއްރު ހެކިން އަލުން ހާޒިރުކުރަން ވިސްނަނީ

މައްސަލާގައި ދައުވާ ލިބޭ ހަތަރު މީހުން: ސިއްރު ހެކިން އަލުން ހާޒިރުކުރުމަށް ދައުލަތުން އިއުތިރާޒު ކުރޭ

މައްސަލާގައި ދައުވާ ލިބޭ ހަތަރު މީހުން: ސިއްރު ހެކިން އަލުން ހާޒިރުކުރުމަށް ދައުލަތުން އިއުތިރާޒު ކުރޭ

ބޮލަށް ވަޅި ހަރައި މަރާލި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލާގައި ހިމެނޭ ސިއްރު ހެކިން އަލުން ޝަރީއަތަށް ހާޒިރުކުރުމަށް ނިންމުމުން ދައުލަތުން އެކަމަށް އިއުތިރާޒުކޮށްފި އެވެ.

ނަދީމްގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވަނީ ގއ. ގެމަނަފުށި ހަވާސް، މުހައްމަދު ކަރަމް ސުހައިލު އާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމިން އާއި ލ. ގަން ވިދާތަރި، އަލީ ނިފާޒު އަދި ގ. ޝާރާޒް، މުހައްމަދު މަފާޒުގެ މައްޗަށެވެ.

ދިގުލައިގެން ގޮސްފައިވާ މި މައްްސަލާގެ ޝަރީއަތުގައި ގިނަ ހެކިންތަކެއްގެ ހެކި ބަސް ނަގާފައިވެ އެވެ. އޭގެ ތެރޭގައި ސިއްރު ހެކިން ވެސް ގިނަ އަދަދަކަށް ހިމެނޭއިރު، އެމީހުންނަށް ބިރު ދައްކާ ކަމާއި ހެކި ބަސް ދޭން ޖެހިލުންވާ ކަމުގެ ޝަކުވާތައް ކޯޓާ ހަމައަށް ދިޔަ އެވެ.

Advertisement

ކޯޓުގައި ހެކި ބަސް ނަގަމުން ދިޔައިރު މާލޭގައި އެކަމާ ގުޅޭ މާރާމާރީތަކެއް ވެސް ހިނގި އެވެ. އެކަމާ ގުޅޭ އިންޓެލް ރިޕޯޓެއްް ވެސް އޭރު ދައުލަތުން ކޯޓަށް ހުށަހެޅި އެވެ.

މިއަދު މި މައްސަލާގައި ހެކި ބަސްތައް ނަގައި ނިންމުމަށް ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒު ވިދާޅުވި ގޮތުގައި، މައްސަލާގައި ސިއްރު ހެކިބަސް ދީފައިވާ މީހުންތަކެއް އެ ކޯޓަށް ސިޓީތަކެއް ފޮނުވާފައިވާ ކަމަށެވެ.

އެ ސިޓީތަކުގައި އޮތް އެއްޗެއް ގާޒީ ވިދާޅެއް ނުވެ އެވެ.

ގާޒީ ފާއިޒު ވިދާޅުވި ގޮތުގައި، ހެކިވެރިން ފޮނުވާފައިވާ ސިޓީތަކުގެ ހަގީގަތް ބެލުމަށާއި އެއީ އެމީހުން ފޮނުވި އެއްޗެއްކަން ޔަގީންކުރުމަށް އެ ހެކިވެރިން އަލުން ޝަރީއަތަށް ހާޒިރުކުރުމަށް ނިންމާފައިވާ ކަމަށެވެ. ގާޒީ އެހެން ވިދާޅުވުމާއެކު، ދައުލަތުގެ ވަކީލު އެކަމަށް އިއުތިރާޒު ކުރެއްވި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ފާތިމަތު މީޝާ ވިދާޅުވި ގޮތުގައި ސިއްރު ހެކިވެރިން އަލުން ހާޒިރުކުރުމަކީ އެމީހުންގެ އައިޑެންޓިޓީ ހާމަވުމަށް ހުޅުވޭ ފުރުސަތެކެވެ. މައްސަލާގައި ސިއްރު ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ވެސް އޮތްއިރު، އެމީހުންގެ އައިޑެންޓިޓީ ހާމަވާނެ ފުރުސަތު ހުޅުވާލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އަދި، އެ ހެކިވެރިންނަށް އަލުން ކޯޓަށް ހާޒިރުކުރުމަށް އަންގައި މަޖުބޫރުކޮށްގެން ނުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. ވަކީލު ވިދާޅުވި ގޮތުގައި، އެމީހުން އަލުން ހާޒިރުނުކޮށް ވެސް ސިޓީތަކުގެ ސައްހަކަން ކަށަވަރު ކުރެވިދާނެ އެވެ.

އެގޮތުން، އެމީހުންގެ ސޮއި އަދި އިނގިލީގެ ނިޝާން ތަހުލީލު ކުރެވިދާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ. ނަމަވެސް، އެއީ އެންމެ ރަނގަޅު ގޮތެއް ކަމަށް ނުފެންނަ ކަމަށް ދައުވާ ލިބޭ ފަރާތްތަކުގެ ވަކީލް އިބްރާހިމް ޝިޔާމް ވިދާޅުވި އެވެ.

ވަކީލް ޝިޔާމް ވިދާޅުވި ގޮތުގައި، ހެކިވެރިން ޝަރީއަތަށް ހާޒިރުކޮށް އެކަން ސާފުކުރުމުން އެއް ދުވަހުން އެކަން ނިމިގެންދާނެ އެވެ. ނަމަވެސް، ތަހުލީލުތައް ކުރަންވެއްޖެނަމަ، އެކަމުގައި ބޭކާރު ވަގުތުތަކެއް ހޭދަވެގެން ދާނެ ކަމަށެވެ. އަދި، ތަހުލީލަށްފަހު ހަދާ ރިޕޯޓާމެދު ތުހުމަތު ކުރުމުގެ ފުރުސަތު ވެސް އޮންނާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ނަމަވެސް، ދައުލަތުން ތަކުރާރުކޮށް އެކަން އެގޮތަށް ކޮށްދިނުމަށް އެދެމުންދާތީ ގާޒީ ނިންމެވީ ހެކިވެރިން އަލުން ހާޒިރުކުރުމާމެދު ގޮތެއް ކަނޑައެޅުމަށެވެ. އެގޮތުން، މައްސަލާގައި އަންނަ މަހު ބާއްވާ އަޑުއެހުމަށް އެކަމުގައި ގާޒީ ގޮތެއް ކަނޑައަޅުއްވައި، ހާޒިރުކުރަން ޖެހޭނަމަ އެ އަޑުއެހުމަށް ސިއްރު ހެކިވެރިން އަލުން ހާޒިރު ކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ހެކިބަސް ނަގައި ނިންމައި، މައްސަލަ ނިންމުމާ ގާތަށް

މިއަދުގެ އަޑުއެހުމުގައި މައްސަލާގައި ހިމެނޭ ފަސް ދިފާއީ ހެއްކެއްގެ ހެކި ބަސް ނެގި އެވެ. އޭގެ ތެރޭގައި ހިމެނޭ ތިން މީހުންނަކީ ނަދީމަށް ޓާމިނަލް ކެފޭ ތެރޭ ހަމަލާދިން ވަގުތު ޖެހިގެން ހުރި މޭޒުގައި ކޮފީ ބޯން ތިބި ތިން މީހުންނެވެ.

އެ ތިން މީހުން ވެސް ބުނެފައިވަނީ ހަމަލާދިން މީހުން ތިބީ މޫނާއި ބޮލާ ނިވާކޮށްގެން ކަމާއި އެހެންވެ، އެކަން ކުރި ބައެއް އެމީހުންނަށް ނޭނގޭ ކަމެވެ. ހަމަލާދޭން އެތަނަށް ވަން ދެ މީހުންނަކީ ވެސް އިސްކޮޅުން ދިގު ބައެއް ނޫން ކަމާއި އާދައިގެ އިސްކޮޅެއް ތިބި، ހަށިގަނޑު ހިކިކޮށް ތިބި ބައެއް ކަމަށެވެ.

އެމީހުން އެކަން ފާހަގަކުރިއިރު މައްސަލާގައި ގަސްދުގައި މީހަކު މަރާލުމުގެ ދައުވާކުރާ މަފާޒަކީ އިސްކޮޅު ވަރަށް ދިގު މީހެކެވެ. އެއް ހެކިވެރިޔަކު ބުނި ގޮތުގައި ހަމަލާދިން މީހުންގެ ތެރޭ މަފާޒު ނެތްކަން އޭނާއަށް ޔަގީންނެވެ.

އެއީ، މަފާޒުގެ ގާތް އެކުވެރިއެއް ކަމާއި އޭނާ މޫނު ނިވާކޮށްގެން ހުރި ނަމަވެސް ވަކިކުރަން އެނގޭނެކަން އޭނާ ފާހަގަކުރި އެވެ.

ތިން ހެކިވެރިންގެ ވާހަކަތައް ވެސް އާންމުކޮށް އެއްގޮތަކަށް ހުރިއިރު ފުށުއަރާ ކަމެއްގެ ގޮތުގައި ފާހަގަވީ ހަމަލާ ހިނގި ވަގުތު އެމީހުން ތިބި ތަނެވެ. އެގޮތުން، ދެ ހެކިވެރިޔަކު ބުނި ގޮތުގައި ނަދީމަށް ހަމަލާ އަމާޒުވިއިރު އެމީހުން ތިބީ ކެފޭގެ ގްރައުންޑް ފްލޯގަ އެވެ. ނަމަވެސް، ތިންވަނަ ހެކިވެރިޔާ ބުނީ އެމީހުން ތިބީ ފުރަތަމަ ފަންގިފިލާގަ އެވެ.

ދެން ހެކިބަސް ދީފައިވަނީ މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާކުރާ ކަރަމްއާއެކު ހާދިސާ ހިނގި ވަގުތު އުޅުނު ކަމަށް ބުނާ މީހެއްގެ އެވެ. އޭނާ ބުނި ގޮތުގައި، ކަރަމް އެ ދުވަހު ހަވީރުން ފެށިގެން އިރުއޮއްސެންދެން އުޅުނީ އޭނާއާއެކު އޭނާގެ ސައިކަލް ފަހަތުގަ އެވެ.

ނަދީމަށް ހަމަލާ ޓާމިނަލް ކެފޭ ތެރޭ ދިންއިރު އެއީ ހެންވޭރުގަ ހުންނަ ކެފޭއެކެވެ. ހެކިވެރިޔާ ބުނި ގޮތުގައި، އޭރު އެމީހުން މުޅިން ވެސް އުޅުނީ މާފަންނު އެކި ސަރަހައްދުތަކުގައި ސައިކަލް ދުއްވަން ކަމަށެވެ.

އެ ދެ މީހުން އެކުގައި މާފަންނު ރާނބާ ރެސްޓޯރެންޓް ކައިރިން ފެނުނު ކަމަށް ބުނެ ވެސް މީހަކު ހެކި ބަސް ދިނެވެ. ނަމަވެސް، ކަރަމްއާއެކު ސައިކަލް ދުއްވި މީހާ، ހެކިބަސް ދެމުން ބުނެފައިވަނީ ވަކި މީހަކާ އެ ވަގުތު ބައްދަލުނުވާ ކަމަށެވެ.

ނަދީމް، 2017 ވަނަ އަހަރުގެ ޖުލައި މަސް ތެރޭ މަރާލިއިރު، ހަތަރު މީހުންގެ އިތުރުން ކުޑަކުއްޖެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ. އެ މައްސަލާގެ ޝަރީއަތް ވެސް ޖުވެނައިލް ކޯޓުގައި ދަނީ ކުރިއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox