އެމް7 ސްކޫލް ބުކްލިސްޓް ޕްރޮމޯ 2021: ވައުޗަރަށް ޕެކްތައް ދޫކުރަން ފަށައިފި

އެމް7 ސްކޫލް ބުކްލިސްޓް ޕްރޮމޯ 2021: ފިހާރަޔަށް ގޮސްގެން ވައުޗަރަށް ފޮތް ދޫކުރޭ އަދި ޑެލިވަރީ ވެސް ކޮށްދޭ -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

އެމް7 ސްކޫލް ބުކްލިސްޓް ޕްރޮމޯ 2021: ފިހާރަޔަށް ގޮސްގެން ވައުޗަރަށް ފޮތް ދޫކުރޭ އަދި ޑެލިވަރީ ވެސް ކޮށްދޭ -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ރީތި ފޮތްތަކާއި ފެންވަރު ރަނގަޅު ސާމާނާއެކު، އެމް7 ސްކޫލް ބުކް ލިސްޓް ޕްރޯ 2021 ފަށައިގެން ކުރިޔަށް އެބަދެ އެވެ.

މި އަހަރުގެ ޕްރޮމޯޝަނުގައި ފޮތް ހޯދުމަށް ދޫކުރާ ވައުޗަރު ހިފައިގެން އެމް7 ގެ ފިހާރަތަކާއި އެޖެންޓެއް ގާތަށް ދިއުމުން، އެމް7 ގެ ހާއްސަ ފޮތް ޕެކް ލިބޭނެ އެވެ. ދިރާސީ އާ އަހަރާ ގުޅިގެން ހިންގާ މި ޕްރޮމޯޝަނުގައި ހުރިހާ ގްރޭޑެއްގެ ދަރިވަރުންގެ ޓެކްސްޓް ފޮތާއި މޮނިޓަރު ފޮޓާއި އެހެން ސާމާނު ލިބޭނެ އެވެ.

އެމް7 ގެ ބުކްލިސްޓް ޕްރޮމޯ ޕެކްތަކެއް: ވައުޗާ ހިފައިގެން ފިހާރަޔަށް ދިޔުމުން މި ފޮތްތައް ގަނެވޭނެ -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު
އެމް7 ގެ ބުކްލިސްޓް ޕްރޮމޯ ޕެކްތަކެއް: ވައުޗާ ހިފައިގެން ފިހާރަޔަށް ދިޔުމުން މި ފޮތްތައް ގަނެވޭނެ -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

އެމް7 ގެ ބުކްލިސްޓް ޕްރޮމޯ ޕެކްތަކެއް: ވައުޗާ ހިފައިގެން ފިހާރަޔަށް ދިޔުމުން މި ފޮތްތައް ގަނެވޭނެ -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

Advertisement

އެމް7 ގެ ފޮތް ޕެކަކީ ކުރީ އަހަރުތަކުގައި ވެސް ވަރަށް މަގުބޫލްކަން ހޯދާފައިވާ ޕެކެކެވެ. ބެލެނިވެރިންނާއި ދަރިވަރުންގެ މަގުބޫލްކަން ކުރީ އަހަރުތަކުގެ ދިވެހިވަންތަ ފޮތް ޕެކަށް ލިބިފައިވާއިރު، މިފަހަރު ވެސް އެމް7 ގެ ފޮތް ޕެކް ފަރުމާކުރީ ދިވެހި މާހައުލުގެ ތެރެއިން ފެންނަ ދިރޭ ތަކެއްޗާއި ދިވެހިވަންތަ ސިފަތައް ހިމަނައިގެންނެވެ.

ފޮތްތަކުގެ އިތުރުން މި ޕެކްގައި ހިމެނޭ ސްކޫލަށް ބޭނުންވާ އެހެނިހެން ސާމާނަކީ ވެސް ނަން މަޝްހޫރު މަރުކާތަކުގެ އެންމެ ފެންވަރު ރަނގަޅު ސާމާނެވެ.

ފޮތް ޕެކް ނަގާފައި ދެން އޮތީ ދަބަހާއި ސެލޯފެންނެވެ. ދަރިވަރުން ގަޔާ ވާނެ ފަދަ ރީތި ފޮތް ދަބަހާއި، ފޮތުގެ ބޭރުފުށް ބޭނުން ގޮތަކަށް ބަދަލުކޮށްލުމަށް ސަޅި ޑިޒައިންތަކުގެ ސެލޯފެން ވެސް އެމް7 އިން ލިބެން އެބަ ހުއްޓެވެ.

އެމް7 ގެ ފޮތް ލިސްޓް ޕެކެއް: މި ޕެކްތަކުގައި ފޮތްތަކުގެ އިތުރުން އެހެނިހެން ސްކޫލް އެކްސެސަރީތައް ހިމެނޭ -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު
އެމް7 ގެ ފޮތް ލިސްޓް ޕެކެއް: މި ޕެކްތަކުގައި ފޮތްތަކުގެ އިތުރުން އެހެނިހެން ސްކޫލް އެކްސެސަރީތައް ހިމެނޭ -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

އެމް7 ގެ ފޮތް ލިސްޓް ޕެކެއް: މި ޕެކްތަކުގައި ފޮތްތަކުގެ އިތުރުން އެހެނިހެން ސްކޫލް އެކްސެސަރީތައް ހިމެނޭ -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ސްކޫލް ފޮތް ލިސްޓް ވައުޗަރު ހިފައިގެން މާލޭގައި ނަމަ އެމް7 ގެ ފިހާރަޔަކަށް ގޮސްގެން ފޮތް ޕެކް ނެގޭނެ އެވެ. ޑެލިވަރީ ބޭނުންވާ ކަސްޓަމަރުންނަށް އެ ހިދުމަތް ވެސް ފޯރުކޮށްދެ އެވެ. އަތޮޅުތެރޭ ރަށެއްގައި ދިރިއުޅޭ މީހެއް ނަމަ ރަށްރަށުގައި ތިބި އެމް7 ގެ އެޖެންޓުން މެދުވެރިކޮށް ފޮތް ލިސްޓް ޕެކް ހޯދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑަކަށް ފުވައްމުލައް

އެމްއައިބީން އަލަށް ތައާރަފުކުރި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އެވޯޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށް، އިޖުތިމާއީ މަޝްރޫއެއް ހިންގުމަށް 500,000 ރުފިޔާގެ މާލީ އެހީއެއް ދިން. މި އެވޯޑަކީ ރަށު ފެންވަރުގައި ފަތުރުވެރިކަން ކުރިއަރުވައި، ތަބީއީ މާހައުލު ރައްކާތެރިކުރުމަށް ނަމޫނާ ދައްކާ ރަށްރަށުގެ އަގުވަޒަންކުރުމަށް ދޭ ޝަރަފެއް.

Newsletter

Get the latest news delivered straight to your inbox