އެކަށީގެންވާ ހެކި ހުރުމުން ޝަރީއަތް ނިމެންދެން ޕެސްޓް ބަންދުކޮށްފި

ޕެސްޓް މިއަދުގެ ބަންދު މަޖިލީހުގައި: ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ ނިންމާފައި

ޕެސްޓް މިއަދުގެ ބަންދު މަޖިލީހުގައި: ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ ނިންމާފައި

ރެޕް އާޓިސްޓް އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓު) ޝަރީއަތް ނިމެންދެން ބަންދުކުރަން ކުރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މިދިޔަ ފެބުރުއަރީ 13ގައި ހައްޔަރުކޮށް، ފަސް ދައުވާއެއް އުފުލާފައިވާ ސިންބޮލިކް ރެކޯޑްސްގެ ރެޕް އާޓިސްޓު ޕެސްޓް މީގެކުރިން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ.

އެކަމަކު، ޝަރީއަތް ފެށުމަށްފަހު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ބަންދު ރިވިއުކުރުމަށްފަހު، ގާޒީ ނިންމެވީ 30 ދުވަހަށް ބަންދުކުރުމަށެވެ. އެގޮތަށް ނިންމީ މައްސަލާގައި ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖުތަކާއި އޭގެ އެނާލިސިސް ރިޕޯޓް ހުށަހަޅާފައިނުވާތީ އެވެ.

ދައުލަތުން މިއަދު ވަނީ އެތަކެތި ކުރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ވަކީލް ފާހަގަ ކުރެއްވި ގޮތުގައި، މަސްތުވާތަކެތި ޓްރެފިކްކޮށް، ރަށްރަށަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެއްތި ފޮނުވައި، އޭގެ މާލީ މަންފާ ހޯދަމުންދާ ކަމުގެ ހެކި އެބަހުރި ކަމަށެވެ. އެއީ މުޖުތަމައުއަށް ނުރައްކާވާ ހާލަތެކެވެ.

އެހެންކަމުން ޕެސްޓް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ލާޒިމް ހާލަތެއް އެބަ އޮތް ކަމަށް ވަކީލް ވިދާޅުވި އެވެ.

ބަންދު މަޖިލީހުގެ ތެރެއިން
ބަންދު މަޖިލީހުގެ ތެރެއިން

ބަންދު މަޖިލީހުގެ ތެރެއިން

ނަމަވެސް، އެކަމަށް ޕެސްޓްގެ ވަކީލުން އިއުތިރާޒު ކުރެއްވި އެވެ. ވަކީލުން ވިދާޅުވި ގޮތުގައި ޕެސްޓްގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަމަށް ބާރުދޭ އެއްވެސް ހެއްކެއް ނެތެވެ. އެހެންކަމުން، އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.

ބަންދު މަޖިލީހުގައި ޕެސްޓް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

މައްސަލަ ބައްލަވާ ގާޒީ ނިންމެވީ، ޕެސްޓްގެ މައްޗަށް އެކަށީގެންވާ މިންވަރަށް ހެކި ހުށަހެޅިފައިވާތީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރާ ކަމަށެވެ. އެގޮތަށް ބަންދުކުރުމުން ޝަރީއަތް އަވަހަށް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ޕެސްޓްގެ މައްޗަށް އުފުލާފައިވަނީ، ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އެވެ.

މި ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ މަހުގެ ކުރީކޮޅު ބޭއްވުމަށް ވެސް ގާޒީ ވަނީ ނިންމަވާފަ އެވެ.

މައްސަލާގައި ދެން ހިމެނޭ ލ. ގަން-ތުނޑި، އަބަދަށްއުފާ، މުހައްމަދު ސުއައިދު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވެސް މިއަދު ކުރިމިނަލް ކޯޓުން ނިންމި އެވެ. އަދި، މައްސަލާގައި ދެން ދައުވާކޮށްފައިވާ އަހުމަދު ހުސާމްގެ ބަންދަށް އިތުރު 30 ދުވަސް ޖެހި އެވެ.

ދައުލަތުން އެދުނީ އޭނާ ވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށެވެ. ނަމަވެސް، ބައެއް ލިޔެކިޔުންތައް ނެތުމުން އެއަށް ރިއާޔަތްކުރުމަށްފަހު ބަންދު އަނެއްކާވެސް ރިވިއު ކުރާއިރު ޝަރީއަތް ނިމެންދެން ބަންދު ކުރާމެދު ގޮތެއް ނިންމަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox