ދެ ވަަނަ ބުރުގެ ފަހު ޖާގަ ޔޫކްރެއިން އަށް

Jun 23, 2021, 9:24 PM
ދެ ވަަނަ ބުރުގެ ފަހު ޖާގަ ޔޫކްރެއިން އަށް

ލަންޑަން (ޖޫން 24) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގެ ފަހު ޖާގަ ޔޫކްރެއިނަށް ލިބިއްޖެ އެެވެ.

މިއީ ޔޫކްރެއިންގެ ނަމުގައި އެ ޓީމު ކުޅެން ފެށި ފަހުން މި މުބާރާތުގެ ދެ ވަަނަ ބުރުން ފުރުސަތު ލިބުނު ފުރަތަަމަ ފަހަރެވެ. މީގެ ކުރިން 2012 އާއި 2016 ވަަނަ އަހަރު ވާދަކޮށްގެން ޔޫކްރެއިން ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ.

މިރޭ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނުއިރު، ޔޫކްރެއިނަށް ފަހު ޖާގަ ލިބުނީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރެއިން ހަތަރު ވަނަ ހޯދައިގެންނެވެ. ހަ ގްރޫޕްގެ ތިން ވަނަ އަށް ދާ ޓީމުތަކުގެ ރޭންކިން އިން އަނެއް ބުރަށް ހޮވުނު ހަތަރު ޓީމަކީ ޔޫކްރެއިންގެ އިތުރުން ޕޯޗުގަލް އާއި ސްވިޒަލެންޑް އަދި ޗެކް ރިބަޕްލިކް އެވެ.

ތިން ވަަނަ އަށް ދިޔަ ޓީމުތަކުގެ ތެރެއިން ކެޓީ މުޅިން އަލަށް މި މުބާރާތުގައި ވާދަކުރި ފިންލެންޑާއި މިރޭ ސްޕެއިން އަތުން ތަފާތު ބޮޑުކޮށް ބަލިވި ސްލޮވާކިއާ އެވެ. ޔޫކްރެއިންއާ އެއްވަރަށް ސްލޮވާކިއާ އާއި ފިންލެންޑަށް ތިން ޕޮއިންޓް ލިބުނު ނަމަވެސް ޔޫކްރެއިން ލަނޑުގެ ތަފާތުން ކުރީގައި އޮތުމުން އެ ޓީމު އަނެއް ބުރަށް ދިޔައީ އެވެ.

ގަދަ 16 ޓީމުގެ ބުުރުގެ މެޗުތައް:

ބެލްޖިއަމް - ޕޯޗުގަލް

އިޓަލީ - އޮސްޓްރިއާ

ފްރާންސް - ސްވިޒަލެންޑް

ކްރޮއޭޝިއާ - ސްޕެއިން

ސްވިޑެން - ޔޫކްރެއިން

އިންގްލެންޑް - ޖާމަނީ

ނެދަލެންޑްސް - ޗެކް ރިޕަބްލިކް

ވޭލްސް - ޑެންމާކް

ގަދަ 16 ޓީމުގެ ބުރުގެ މެޗުތައް ފަށާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު ކުޅޭނީ އިޓަލީ އާއި އޮސްޓްރިއާގެ މެޗާއި ވޭލްސް އަދި ޑެންމާކް ބައްދަލުކުރާ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox