އިސްކަންދޭނީ އެންމެ އަސަރުކުރި ވިޔަފާރިތަކަށް: ފައްޔާޒް

Jun 23, 2021, 9:27 AM
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކެބިނެޓުގެ ބައްދަލުވުމެއްގައި. -- ފޮޓޯ/ ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކެބިނެޓުގެ ބައްދަލުވުމެއްގައި. -- ފޮޓޯ/ ރައީސް އޮފީސް

ކޮވިޑާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުގެ ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ސްކީމުގައި ލޯން ދޫކުރަން އިސްކަންދޭނީ އެންމެ އަސަރުކޮށްފައިވާ ވިޔަފާރިތަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑުގައި މި ފަހުން ވިޔަފާރިތަކަށް ލިބުނު ގެއްލުންތަކަށް ސަރުކާރުން އެހީވާން ނިންމިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާންކުރައްވާފައި ވަނިކޮށް މިއަދު ވަނީ ދެ ލޯން ސްކީމެއް ތައާރަފްކޮށްފަ އެވެ. އެއީ، ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނާއި ސަސްޓެއިނެބަލްސް ސްޓިމިއުލަސް ލޯނެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ބަންދުވުމާ ގުޅިގެން ކުރިން ވެސް ރިލީފް ލޯންތަކެއް ތައާރަފްކުރި ކަން ފައްޔާޒް ފާހަގަކުރެއްވި އެވެ. މި ފަހުން އަނެއްކާވެސް ބަލީގެ ހާލަތު ގޯސްވެ، އިގްތިސާދީ ހާލަތު ބަދަލުވެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ކަން ފާހަގަކުރެއްވި އެވެ.

މިކަމަށް އެހީތެރިކަން ފޯރުކޮށްދޭން އަންނަ މަހުގެ ފުރަތަމަ ހަފުތާއިން ފެށިގެން ހުޅުވާލަނީ، އޭނާ ވިދާޅުވި ގޮތުގައި، އެސްއެމްއީތަކަށް އަނެއްކާވެސް ކޮޅަށްޖަހައި ކުރިއަރުވާށެވެ.

މިނިސްޓަރު ވިދާޅުވީ މިފަހަރު އެސްއެމްއީ ބޭންކް ނުވަތަ އެސްޑީއެފްސީން ހުޅުވާލުމުގައި ގެންގުޅޭނެ ހާއްސަ އުސޫލްތަކެއް އެބަހުރި ކަމަށެވެ.

"އެންމެ އިސްކަމެއް އަޅުގަނޑުމެން ދޭނަން ކޮވިޑުގެ މި ބަލިމަޑުކަމުގެ ތެރެއިން އެންމެ ބޮޑު އަސަރެއްކުރި ދާއިރާތަކާއި އަދި ރަށްތަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މާލެ ސަރަހައްދަށް އިސްކަން ދެއްވާނެ ކަން ފާހަގަކުރައްވައި ވިދާޅުވީ ބައްޔާ ހެދި ލޮކްޑައުނަކަށް ގޮސްގެން އެންމެ ބޮޑަށް އަސަރުކުރި ރަށްތައް ވެސް ލިސްޓުގައި ހިމެނޭނެ ކަމަށެވެ. އޭގެއިތުރުން ވިޔަފާރިތައް ބަންދުކުރިއިރު ވެސް އެންމެ ބޮޑަށް އަސަރުކުރި ވިޔަފާރިތަކަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާނެ ކަަމަށް ވިދާޅުވި އެވެ.

އޭގެތެރޭގައި ސެލޫނާއި ޖިމްތައް ފަދަ ތަންތަނާއި ކެފޭ، ރެސްޓޯރަންޓްތައް ހިމެނެ އެވެ.

"ރިލީފް ލޯނަކަށް ވުރެން ބޮޑަށް މި ބައްޓަންކޮށްފައި ވަނީ އެސްޑީއެފްސީގެ ފަރާތުން ހިންގާ ބިޒްނަސް ކްލިނިކްތަކެއްގެ ތެރެއިން ކޮންސަލްޓަންޓުންތަކެއްގެ އެހީތެރިކަމާ އެކު މިއަށް އެދޭ ފަރާތްތަކުން މަޝްވަރާ ކުރެވިގެން އެ ވިޔަފާރި ބައްޓަން ކުރެވޭނެ ގޮތަކާއި އެއަށް ބޭނުންވާނެ ފައިސާ އާއި އަދި އެެހެނިހެން ފަންނީ އެހީތެރިކަން ދީގެން އެ ވިޔަފާރިތައް ކުރިއަށް ގެންދަން،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެސްއެމްއީ ބޭންކުގެ މި އަހަރަށް ހުރި ފައިސާއިން ވެސް ބޮޑު ހޭދައެއް ކުރާނީ މިހާރު ހިންގަމުން އަންނަ ވިޔާފާރިތައް ކޮޅަށްޖަހައި ދިރުވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox