އޮލިމްޕިކްސްގެ ކޮންމެ ސްޓޭޑިއަމަކަށް ވަދެވޭނީ 10،000 ސަޕޯޓަރުންނަށް

Jun 23, 2021, 7:58 AM
އޮލިމްޕިކްސްގެ ކޮންމެ ސްޓޭޑިއަމަކަށް ވަދެވޭނީ 10،000 ސަޕޯޓަރުންނަށް

ޓޯކިޔޯ (ޖޫން 23) - އަންނަ މަހު ޓޯކިޔޯގައި ފަށާ އޮލިމްޕިކްސްގެ ސްޓޭޑިއަމްތަކަށް އިވެންޓްތައް ބަލަން ވަދެވޭނީ 10،000 ސަޕޯޓަރުން ކަމަށް ގޭމްސް އިންތިޒާމްކުރާ ކޮމިޓީން ބުނެފި އެވެ.

ޖަޕާނުގައި ކޮވިޑް-19ގެ ކޭސްތައް އަނެއްކާ ވެސް ގިނަވުމުންދާ މައްސަލައިގައި މި އަހަރު އޮލިމްޕިކްސް ކެންސަލްކުރަން ޖެހިދާނެ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް ޖަޕާން ސަރުކާރާއި އިންޓަނޭޝަނަލް އޮލިމްޕިމް ކޮމިޓީ (އައިއޯސީ) އިން ވަނީ އިތުރު އަހަރަކަށް އޮލިމްޕިކްސް ފަސްކޮށްފިނަމަ ވަރަށް ބޮޑެތި ގެއްލުންތަކެއް މާލީ ގޮތުން ލިބޭނެ ކަމަށް ބުނެފަ އެވެ.

މި ފަހަރުގެ އޮލިމްޕިކްސް އަކީ ހަގީގަތުގައި މިދިޔަ އަހަރު ބާއްވަން ތާވަލުކުރި ގޭމްސް އެކެވެ. އެކަމަކު ކޮވިޑް-19ގެ ހާލަތު އޭރު އޮތްގޮތުން ގޭމްސް ކުރިއަށް ގެންދެވޭނެ އެއްވެސް ގޮތެއް ނެތެވެ.

އޮލިމްޕިކްސް ބަލަން އެހެން ގައުމުތަކުގެ ސަޕޯޓަރުންނަށް ނާދެވޭ ގޮތަށް ކަނޑައަޅާފައިވާ އުސޫލަށް އަމަލުކުރާ ގޮތަށް އަދިވެސް ނިންމާފައިވާއިރު، ގޭމްސްގެ އޮގަނައިޒިން ކޮމިޓީން ނިންމީ އޮލިމްޕިކްސްގެ އިވެންޓްތައް ހިނގާ ކޮންމެ ސްޓޭޑިއަމަކަށް ވަދެވޭނީ އެ ތަނެއްގެ ޖާގައިގެ 50 ޕަސެންޓް މީހުންނަށް ކަމަށެވެ. އެ އުސޫލުން ބަލާކަމަށްވާނަމަ ކޮންމެ ސްޓޭޑިއަމަކަށް ވަދެވޭނީ 10،000 މީހުންނަށެވެ.

ޖަޕާނުގެ ސަރުކާރަށް ކަނޑައަޅާފައިވާ މެޑިކަލް އެޑްވައިޒަރު ޑރ. ޝިގޭރޫ އޯމީ ވިދާޅުވީ އެންމެ ރައްކާތެރި ގޮތަކީ ސަޕޯޓަރުން ނުވައްދައި ގޭމްސްގެ އިވެންޓް ކުރިއަށް ގެންދިއުން ކަމަށެވެ. ސަޕޯޓަރުން ވައްދާނަމަ ހުރިހާ ސަޕޯޓަރުން އިވެންޓްގެ 14 ދުވަސް ކުރިން ވެކްސިން ދެ ޑޯޒު ފުރިހަަމަކޮށްފައިވޭތޯ ކަށަވަރު ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ޖަޕާނުގެ އާބާދީ އަކީ 126 މިލިއަން މީހުންނެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ޖަޕާނުން ވަނީ 14،000 މީހުން މަރުވެފަ އެވެ. ޖަޕާނުގެ އާބާދީގެ 6.5 ޕަސެންޓް ވަނީ ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފަ އެވެ. އަދި 16.5 ޕަސެންޓް މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފަ އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހީޑޭ ސޫގާ ވިދާޅުވީ މި ވަގުތަށް ބަލާއިރު ކޮވިޑްގެ ހާލަތު އޮތްގޮތުން ވަކި އަދަދަކަށް އޮލިމްޕިކްސް ބަލަން ސަޕޯޓަރުން ވެއްދިދާނެ ކަމަށާއި އެކަމަކު ހާލަތު ބަދަލުވާ ގޮތެއް ބެލުމަށް ފަހު އެ ހުއްދަ އަނބުރާ ނެގުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

ޓޯކިޔޯ އޮލިމްޕިކްސްގެ އިވެންޓްތަކަށް 3.64 މިލިިއަން ޓިކެޓް ވިއްކާފައިވާއިރު، އޭގެ ތެރެެއިން އިވެންޓްތަކަށް ވަދެވޭނީ ގާތްގަނޑަކަށް 900،000 މީހުންނަށް ކަމަށް ގޭމްސްގެ އޮގަނައިޒިން ކޮމިޓީން ވަނީ ބުނެފަ އެވެ. ޓިކެޓް ވިއްކައިގެން 800 މިިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބޭނެ ކަމަށް ކުރިން ބަޖެޓްކޮށްފައިވީ ނަމަވެސް މިހާރު ބެލެވޭ ގޮތުގައި އޭގެ ދެބައި ކުޅަ އެއްބައި ލިބުމުގެ ފުރުސަތު ވެސް ކުޑަ އެވެ.

އޮލިމްޕިކްސް ކުރިއަށްދާނީ އަންނަ މަހުގެ 23 އިން އޮގަސްޓް އަށް ވަނަ ދުވަހުގެ ނިޔަލަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox