ކުޑަކުއްޖާ މަރާލި މައްސަލައިގައި ހައްޔަރު ކުރި ޒިހާންގެ މައްޗަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު

ރާއިފް މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން: ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް ކޯޓުން ވަނީ އިއްޔެ އަމުރުކޮށްފަ -- ފޮޓޯ: އަދަދު

ރާއިފް މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން: ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް ކޯޓުން ވަނީ އިއްޔެ އަމުރުކޮށްފަ -- ފޮޓޯ: އަދަދު

އަނިޔާކޮށް މަރާލުމަށްފަހު، ފޮއްޓެއްގެ ތެރެއަށްލާ މޫދަށް އެއްލާލާފައި އޮއްވާ އިއްޔެ ފެނުނު 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި އިބްރާހިމް ޒިހާންއަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކޯޓުގައި އުފުލައިފި އެވެ.

މުހައްމަދު ރާއިފް އަންވަރު ވަގަށް ނެގުމަށް ފަހު، އަނިޔާކޮށް މަރާލިކަމުގެ ތުހުމަތު ކުރެވޭ ޒިހާންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންގޮސް އޭނާގެ މައްޗަށް ފުލުހުން ވަނީ ބޮޑު ހަތަރު ޖިނާއީ ކުށެއްގެ ތުހުމަތު އުފުލައިފަ އެވެ. އޭގެ ތެރޭގައި ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ވެސް ހިމެނެ އެވެ.

ޒިހާންގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ގަސްދުގައި މީހަކު މެރުމާއި ރަހީނު ކުރުމާއި ކުޑަކުއްޖަކާމެދު ޖިންސީ ގޯނާކުރުމާއި މަރާމާރީ ހިންގުން ކަމަށް ފުލުހުން ވަނީ ރޭ ކޯޓުގައި ބުނެފަ އެވެ.

ފުލުހުން ހުށަހެޅި ކަންތައްތަކަށް ބަލާފައި ކޯޓުން ނިންމީ އެ މައްސަލައިގައި ޒިހާންގެ މައްޗަށް ދައުވާކޮށް އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ. ތަހުގީގު މަރުހަލާގައި ޝަރީއަތް ނިމެންދެން ބަންދުކުރުމަކީ ވަރަށް މަދު ހާލަތެއްގައި ނޫނީ ކުރާ ކަމެއް ނޫނެވެ.

ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ ޒިހާންގެ ބަންދު މަޖިލިސް ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ.

އެ މައްސަލާގައި ޒިހާންގެ އިތުރުން ފުލުހުން ހައްޔަރުކޮށްފައި 17 އަހަރުގެ ކުއްޖެކެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ޒިހާންއަކީ އެކި ކަހަލަ ކުށްތަކުގެ ރެކޯޑު އޮންނަ މީހެކެވެ. ވަރަށް ފަހުން ވެސް މައްސަލައެއްގެ ތުހުމަތަށް އޭނާ ހައްޔަރުކޮށް ޖަލަށްލާފައިވާކަން ވެސް އެނގިފައިވެ އެވެ.

ހައްޔަރުކުރި ޒިހާން އާއިި ކުޑަކުއްޖާ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ތިބީ ހެންވޭރު ދުނބުރިމަގުގައި ހުންނަ އެކްސްޓްރާ ހެވަން ކިޔާ ގެސްޓް ހައުސްއެއްގަ އެވެ. އެކަމަކު އެތަން ކުއްޔަށް ނެގީ މި މައްސަލައިގައި ހައްޔަރު ކުރި މީހެއްގެ ނަމުގައެއް ނޫނެވެ. އެ މީހުން ހައްޔަރު ކުރީ ގެސްޓް ހައުސްގައި ތިއްބަ އެވެ.

އާދީއްތަ ދުވަހު އެ މީހުން ފިލަން ގެސްޓް ހައުސްއަށް ދިޔައިރު ކުއްޖާ ގެއްލުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ކުއްޖާ ނުފެނިގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓްކުރީ ވެސް އެ ދުވަހު އެވެ.

މަރާލާފައި މޫދުގައި އޮއްވާ ފެނުނުއިރު އެ ކުއްޖާގެ ހަށިގަނޑުގައި އަނިޔާކޮށްފައިވާ ކަމާއި ކަރުގައި ވެސް އެއްޗެއް ބާރަށް ބައްދާފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަން އެނގިފައިވެ އެވެ. އެ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ރާއްޖެ އިން ބޭރަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox