ރާއްޖޭގެ ވޮލީގެ ޑިވެލޮޕްމަންޓް ޕްލޭނަށް އޭޝިއާ ފެޑެެރޭޝަނުގެ އެހީ ހޯދަނީ

އޭވީސީއާ އެކު މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން ވީއޭއެމްގެ ރައީސް ރަނޭޝް.-- ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އޭވީސީއާ އެކު މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން ވީއޭއެމްގެ ރައީސް ރަނޭޝް.-- ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އާ ލީޑަޝިޕުން އެކުލަވާލާފައިވާ ޑިވެލޮޕްމަންޓް ޕްލޭނަށް އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ)ގެ އެހީތެރިކަން ހޯދުމަށް މިއަދު މަޝްވަރާކޮށްފި އެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބޭއްވި ބައްދަލުވުމުގައި ވީއޭއެމްގެ ފަރާތުން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) އާއި އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އައިޝަތު ސޫޒަން ހަނީފް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އޭވީސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ފެޑެރޭޝަންގެ ރައީސް ރީތާ ސުބޯވޯ އެވެ.

އެ ބައްދަލުވުމުގައިވަނީ ރާއްޖޭގައި ވޮލީބޯޅަ ކުރިއަރުވަން ވީއޭއެމްގެ މިހާރުގެ ލީޑަޝިޕުން ތައްޔާރުކޮށްފައިވާ ޑިވެލޮޕްމަންޓް ޕްލޭނަށް އޭވީސީން ވެދެވޭނެ އެހީތެރިކަމާ ބެހޭގޮތުން ވަރަށް ފުޅާދާއިރާއެއްގައި ވާހަކަ ދެކެވިފަ އެވެ.

ބައްދަލުވުމާ ބެހޭގޮތުން ރަނޭޝް "އަދަދު" އަށް ވިދާޅުވީ ވީއޭއެމްގެ ޑިވެލޮޕްމަންޓް ޕްލޭނުގެ ކަންތައްތަކުގެ ތެރެއިން އޭވީސީ އަށް އެހީތެރިވެދެވޭނެ އެކި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެވިގެންދިޔަ ކަމަށެވެ. އެ ގޮތުން އިންޑޮނީޝިއާ އާއި ތައިލެންޑް ފަދަ ގައުމުތަކުގައި ހުރި ޑިވެލޮޕްމަންޓް ސެންޓަރުތަކުގެ އެހީތެރިކަން ހޯދުމަށް ވެސް ވާހަކަ ދެކެވުނު ކަމަށް ވިދާޅުވި އެވެ.

"ދެން އިންޓަނޭޝަނަލް ބީޗް ވޮލީބޯޅަ އެފްއައިވީބީ ބީޗް ޓުއާ ފަދަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމާއި ވޮލީބޯޅައިގެ ޑިވެލޮޕްމަންޓްގެ މަސައްކަތުގެ ތެރެއިން އަންހެނުން ބާރުވެރިކުރުން ވެސް އެއީ މުހިއްމު ކަމެއް. ދެން އެކި ޑިވެލޮޕްމަންޓްގެ ކަންކަމުގެ މަޝްވަރާތަކެއް މިދިޔައީ މައިގަނޑު ގޮތެއްގައި،" ރަނޭޝް ވިދާޅުވި އެެވެ..

ވީއޭއެމްގެ އާ ލީޑަޝިޕްގެ ޑިވެލޮޕްމަންޓް ޕްލޭނުގައިވާ ގޮތުން ވޮލީ ބަހާލެވޭނީ ތިން ރީޖަނަކަށެވެ. އެއީ އުތުރާއި ސެންޓްރަލް އަދި ދެކުނަށެވެ. އޭގެ އިން ކޮންމެ ޒޯނެއް އިތުރު ސަބް ދެ ޒޯނަށް ބަހާލާފައި ގިނަ ޕްރޮގްރާމްތަކެއް ހިންގައި ރާއްޖެ އަށް ހުޅުވާލައިގެން ބޮޑު މުބާރާތެއް ބޭއްވުމަކީ ވީއޭއެމްގެ ރައީސް ރަނޭޝްގެ ތަސައްވުރެެކެވެ. މިކަމަށް އެންމެ ބޮޑަށް ބާރުލިބެނީ ސަރުކާރުން ކުޅިވަރު އިންފްރާސްޓްރަކްޗާތައް ތަރައްގީ ކުރަން ގެންގުޅޭ ޕްލޭނުންނެވެ.

މީގެ ކުރިން "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ރަނޭޝް ވަނީ ރާއްޖޭގެ ވޮލީ ކުރިއެރުވުމަށްޓަކައި އެއްބަސްވުމެއް ހެދުމުގެ ގޮތުން ނެދަލެންޑްސް ވޮލީބޯޅަ ފެޑެރޭޝަނާ މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

ވީއޭއެމްގެ ރައީސަކަށް ރަނޭޝް އިންތިހާބުވީ މިދިޔަ އޭޕްރީލް އެއް ވަނަ ދުވަހު އެވެ. ވީއޭއެމްގެ ހަރަކާތްތައް ފަށަން މަސައްކަތްކުރި ނަމަވެސް ކޮވިޑް-19ގެ ސަބަބުން ކުޅިވަރު ހަރަކާތްތަކަށް އައިސްފައިމިވާ ހުއްޓުވުމުގެ ސަބަބުން އެކަށީގެންވާ ވަރަށް ކަންތައްތައް ކުރުމުގައި ދަތިތަކެއް އެބަހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox