ސްވިޒަލެންޑް ކޯޗު ދެކޭ ގޮތުގައި ގްރޫޕް ސްޓޭޖުން އެ ޓީމު ކަަޓާނެ ގޮތެއް ނެތް

Jun 21, 2021, 4:01 AM
ސްވިޒަލެންޑްގެ ކޯޗު ޕެޓްކޮވިޗް.-- ފޮޓޯ: އޭއެފްޕީ

ސްވިޒަލެންޑްގެ ކޯޗު ޕެޓްކޮވިޗް.-- ފޮޓޯ: އޭއެފްޕީ

ބަކޫ، އަޒަރުބައިޖާން (ޖޫން 21) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ސްވިޒަލެންޑަށް ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި އަނެއް ބުރުން ފުރުސަތު ނުލިބުނު ކަމުގައި ވިޔަސް އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރެއިން ސްވިޒަލެންޑަށް މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ވްލަޑިމީރް ޕެޓްކޮވިޗް ބުނެފި އެވެ.

ގްރޫޕް އޭގެ ހުރިހާ މެޗެއް ނިމުނުއިރު އިޓަލީ އެއް ވަނަ ހޯދީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ނުވަ ޕޮއިންޓް ހޯދައިގެންނެެވެ. ދެ ވަނައިގައި ނިންމާލި ވޭލްސް އާއި ރޭ ތުރުކީ 3-1 އިން ބަލިކުރި ސްވިޒަލެންޑަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ވޭލްސް އަށް ކުރި ލިބުނީ ލަނޑުގެ ތަފާތުންނެވެ. ވޭލްސްގެ ފައިދާ އެއް ގޯލު އޮތްއިރު، ސްވިޒަލެންޑްގެ އޮތީ ގެއްލުން އެއް ގޯލެވެ. ގްރޫޕްގެ ފުލަށް ދިޔަ ތުރުކީ މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ. ތުރުކީ އަކީ މި ފަހަރުގެ މުބާރާތުން ކެޓި ދެ ވަނަ ޓީމެވެ.

މެޗަށް ސްވިޒަލެންޑް ނުކުތްއިރު މި ގްރޫޕްގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެން އަނެއް ބުރުން ފުރުސަތު ހޯދާނަމަ އެ ޓީމަށް އޮތީ ފަސް ގޯލު ޖަހަން ޖެހިފަ އެވެ. އެކަމަކު އިޓަލީ އާއި ވޭލްސްގެ މެޗު ދިޔަ ގޮތުންނާއި ސްވިޒަލެންޑަށް ބޭނުންވާ ވަރަށް ގޯލު ނުޖެހި އެ ޓީމަށް މި ގްރޫޕްގެ ދެ ވަނަ ނުލިބުނީ އެވެ. އެކަމަކު އެކަމާ މާ ބޮޑަށް މާޔޫސްވެފައި ހުންނަން ކޯޗު ޕެޓްކޮވިޗް ބޭނުމެއް ނުވެ އެވެ.

"މިއީ އެންމެ ފުރިހަަމަ މެޗެއް ނޫން. އެކަމަކު މިއީ ރަނގަޅު މެޗެއް. އަހަރެމެން މި ހޯދި މޮޅާ އެކު އަހަރެންގެ ނަޒަރުގައި މި ޓީމު ދެން އަންްނަ ބުރުގައި ކުޅޭނެ. މި މޮޅުން އަނެއް ބުރުގެ ޖާގަ ލިބޭނެ. ކުރިއަށް އޮތް ދުވަސްތަކުގައި އަހަންނަށް އޮތް ކަމަކީ އިންތިޒާރުކުރުން ހުރިހާ ގްރޫޕެއްގެ މެޗުތައް ނިމެންދެން،" ރޭގެ މެޗަށް ފަހު ޕެޓްކޮވިޗް ބުންޏެވެ.

ސްވިޒަލެންޑަށް އަނެއް ބުރުގެ ޖާގަ ލިބުމުގެ ފުރުސަތު ބޮޑެވެ. ޔޫރޯގައި ވާދަކުރާ ހަ ގްރޫޕްގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން ހަތަރު ޓީމަކަށް ގަދަ 16 ޓީމުގެ ބުރުން ފުރުސަތު ލިބޭނެ އެވެ. މި ވަގުތު ގަދަ ތިނެއްގެ ތާވަލުގެ އެންމެ ކުރީގައި އޮތީ ވެސް ސްވިޒަލެންޑް އެވެ.

ޕެޓްކޮވިޗް ވަނީ މި ފަހަރުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެން އޭނާގެ ޓީމު ދަތުރުކުރަން ޖެހުނު ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ފުރަތަމަ މެޗު އަޒަރުބައިޖާނުގެ ބަކޫގައި ކުޅެފައި ދެ ވަނަ މެޗަށް އިޓަލީގެ ރޯމަށް ދިއުމަށް ފަހު އަނެއްކާ ވެސް ފަހު މެޗަށް އަޒަރުބައިޖާނަށް އަންނަން ޖެހުމުން މި ކުރަން ޖެހުނީ ވަރަށް އުނދަގޫ ދަތުުރުތަކެއް ކަން އޭނާ ފާހަގަކޮށްފައިވެ އެެވެ.

"ވަރަށް ދިގު ރާސްތާ ދަތުރުތަކެއް މި ކުރީ. މިއީ ޝަކުވާއެއް ނޫން. އެކަަމަކު މި އަށް ވުރެ ރަނގަޅަށް ރޭވެން ޖެހޭނެ. މި ހާލަތްތައް އޮތްއިރު ވެސް ކުޅުންތެރިން ކުރި ބުރަ މަސައްކަތް ފާހަގަކުރަން،" ޕެޓްކޮވިޗް ބުންޏެވެ.

ސްވިޒަލެންޑުން ވަނީ 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯގެ ދެ ވަނަ ބުރުގައި ކުޅެފަ އެވެ. ފްރާންސް ހިމެނޭ ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ނޮކައުޓް ބުރަށް ދިޔަ ސްވިޒަލެންޑް ކެޓީ ގަދަ 16 ޓީމުގެ ބުރުގައި ޕޮލެންްޑް އަތުން ޕެނަލްޓީ ޖަހައިގެންނެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox