ދެ މެޗުން ބަލިވެފައި އޮތަސް ތުރުކީ އުއްމީދު ދޫކޮށެއް ނުލައި

Jun 20, 2021, 6:39 AM
ތުރުކީގެ ފަރިތަކުރުންތަކުގެ ތެރެއިން ގުނެޝް ކުޅުންތެރިންނާ ވާހަކަ ދައްކަނީ.

ތުރުކީގެ ފަރިތަކުރުންތަކުގެ ތެރެއިން ގުނެޝް ކުޅުންތެރިންނާ ވާހަކަ ދައްކަނީ.

ބަކޫ، އަޒަރުބައިޖާން (ޖޫން 20) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިހާތަނަށް ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވެފައި އޮތް ނަމަވެސް މިރޭ ގްރޫޕްގެ ފަހު މެޗަށް ނުކުންނައިރު، ވިސްނުމަކީ ކުޑަ ފުރުސަތެއް އޮތް ނަމަވެސް މުބާރާތުގައި ދެމި އޮތުމުގެ އުއްމީދުގައި ސްވިޒަލެންޑް ބަލިކުރުން ކަމަށް ތުރުކީގެ ކޯޗު ސެނިއޯލް ގުނެޝް ބުނެފި އެވެ.

ގްރޫޕް އޭގެ ތާވަލު މި ވަގުތު އޮތްގޮތުން ދެ ވަނަ ބުރުގެ އެއް ޖާގައެއް ކަށަވަރުވެފައި އޮތް ހަމައެކަނި ޓީމަކީ އިޓަލީ އެވެ. ދެ ވަނައިގައި އޮތް ވޭލްސް އަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ސްވިޒަލެންޑަށް ވަނީ ދެ މެޗުން ޕޮއިންޓެއް ލިބިފަ އެވެ. ތުރުކީ ފުލުގައި އޮތީ ލަނޑެއް ވެސް ނުޖެހި ޕޮއިންޓެއް ނުލިބި އެވެ.

ތުރުކީ އަށް މި ގްރޫޕްގެ ދެ ޓީމު ތެރޭގައި ހިމެނިގެން އަނެއް ބުރުގެ ފުރުސަތު ހޯދޭނެ ގޮތެއް ނެތެވެ. ތުރުކީ އަށް އަމިއްލަ ބާރުގައި އަނެއް ބުރުގެ ޖާގަ ލިބުމުގެ އެއްވެސް ފުރުސަތެއް ނެތެވެ. އެ ޓީމަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ މިރޭ ސްވިޒަލެންޑް އަތުން ބޮޑު ތަފާތަކުން މޮޅުވެ، ހުރިހާ ގްރޫޕެއްގެ ތެރެއިން އެންމެ ރަނގަޅު ތިން ވަނަ ޓީމުގެ ތެރެއިން ގަދަ ހަތަރެއްގެ ތެރޭގައި ހިމެނިގެންނެވެ. އެކަމަކު އެ ގޮތުން ވެސް އޮތީ މެތަމެޓިކަލް ހަނި ފުުރުސަތެކެވެ.

"އަހަރެމެންނަށް ދެން ކުރިއަށް ދެވޭނެ ގޮތަކަށް އޮތީ މިރަކްލްއެއް ދިމާވެގެން. އެ ގޮތަށް ފުރުސަތު އޮތަސް އަހަރެމެން މި ތިބީ އުއްމީދުގައި. އަވަހަށް ގެއަށްދާން ބޭނުމެއް ނޫން. އުއްމީދަކީ ކޮންމެ ގޮތެއް ވިޔަސް މޮޅެއް ހޯދުން،" މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގުނެޝް ބުންޏެވެ.

ގުނެޝް ބުނީ މިހާލަތަށް ތުރުކީ ޓީމު ދިޔައީ އަމިއްލަ އަށް ހެދުނު ގޯސްތަކަކުން ކަމަށެވެ. އެ ގޮތުން ފުރަތަމަ މެޗުގައި އިޓަލީ އަތުން 3-0 އިން ބަލިވި މެޗުގައި ވަރަށް ގިނަ ކަންތައްތަކެއް ގޯސްކޮށް ދިޔަ ކަމަށް ގުނެޝް ފާހަގަކުރި އެވެ.

"އަހަރެމެންގެ ބައެއް ޒުވާން ކުޅުންތެރިންނަށް އިޓަލީ މެޗުން ބަލިވި ހިސާބުން ހީވެއްޖެ ދުނިޔެ ނިމުނީހެން. ވޭލްސް މެޗަށް އަސަރުކުރި އެއް ސަބަބު އެއީ. އަހަރެމެންނަށް ގޯސްތަކެއް ހެދިއްޖެ. އެކަން ރަނގަޅުކުރަން ތިބީ ވެސް މި ޓީމުގައި ތިބި ޒުވާން ކުޅުންތެރިން. އެއީ މި ގައުމުގެ ފުޓްބޯޅައިގެ މުސްތަގުބަލު،" ތުރުކީ އަށް 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދައިދިން ގުނެޝް ބުންޏެވެ.

މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި ތުރުކީ އާއި ސްވިޒަލެންޑްގެ ދެ ވަނަ ކުރިމަތިލުމެވެ. އެންމެ ފުރަތަަމަ މި ދެ ޓީމު ބައްދަލުކުރީ 2008 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގަ އެވެ. ސްވިޒަލެންޑް ހޯސްޓެއްގެ ގޮތުގައި އޮތް އެ މުބާރާތުގެ މެޗުން ތުރުކީ މޮޅުވީ 2-1 އިންނެވެ.

އަމިއްލަ ބާރު ނެތަސް ސްވިޒަލެންޑް ވެސް އުއްމީދުގައި

ފުރަތަމަ ދެ މެޗުން ސްވިޒަލެންޑަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. އެއީ ފުރަތަމަ މެޗުގައި ވޭލްސްއާ އެއްވަރުވި މެޗުގައި ލިބުނު ޕޮއިންޓެވެ. ދެ ވަަނަ މެޗުގައި އިޓަލީ އަތުން 3-0 އިން ސްވިޒަލެންޑް ވީ ބައްޔެވެ. އެ މެޗު ބަލަން އިޓަލީގެ ރޯމްގައި ހުރި އޮލިމްޕިކް ސްޓޭޑިއަމަށް ދިޔަ 4000 ސްވިޒަލެންޑް ސަޕޯޓަރުންގެ ކިބައިން އެ ގައުމުގެ ކޯޗު ވްލަޑިމީރް ޕެޓްކޮވިޗް ވަނީ މައާފަށް އެދިފަ އެވެ.

ސްވިޒަލެންޑްގެ ކޯޗު ވްލަޑިމީރް ޕެޓްކޮވިޗް.

"ސަޕޯޓަރުން ބޭނުންވި ކުޅުމެއް އެ މެޗުގައި ނުދެއްކުނު. އަހަރެން ސަޕޯޓަރުންގެ ކިބައިން މައާފަށް އެދި ބޭނުންވަނީ ފަހު މެޗުގައި އެ ސަޕޯޓަރުންގެ އެހީތެރިކަން. އަހަރެެމެން ބޭނުންވާ ހިސާބަށް ދެވިދާނެ،" ޕެޓްކޮވިޗް ބުންޏެވެ.

ސްވިޒަލެންޑަށް މި ގްރޫޕުގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެންނާއި އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެެރެއިން ވެސް އަނެއް ބުރުގެ ޖާގަ ހޯދިދާނެ އެވެ. ދެ ގޮތުން ވެސް ސްވިޒަލެންޑަށް އަމިއްލަ ބާރެއް ނެތެވެ. މި ގްރޫޕްގެ ގަދަ ދެ ޓީމުގެ ތެރެއިން ސްވިޒަލެންޑަށް ފުރުސަތެއް އޮތީ މިރޭ އިޓަލީން ވޭލްސް ބަލިކޮށް، ސްވިޒަލެންޑަށް ބޮޑު ތަފާތަކުން ތުރުކީ ބަލިކުރެވިއްޖެނަމަ އެވެ.

"އަހަރެެމެންގެ ކޮންޓްރޯލްގައި އޮތް ކަމެއް އެއީ މި މެޗުން މޮޅުވުން. އެކަން ކުރަންވީ. ދެން ބަލަންވީ އަހަރެމެން ކޮން ހިސާބެއްގައި ތޯ ދެން އޮތީ. އަހަރެމެން އުއްމީދުކުރަނީ މި މެޗުން ރަނގަޅު ނަތީޖާ އަކުން މޮޅުވެއްޖެނަމަ އަނެއް ބުރުން ފުރުސަތު ލިބޭނެ ކަމަށް. މުހިއްމީ ޖާގަ ލިބޭ ގޮތަކަށް ވުރެ އެ ބުރުގައި ވާދަކުރެވޭ ގޮތްވުން،" ޕެޓްކޮވިޗް ބުންޏެވެ.

އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ސްވިޒަލެންޑް ވާދަކުރި އެވެ. ޕެނަލްޓީ ޖަހައިގެން ޕޮލެންޑް އަތުން ކެޓީ އެވެ.

ސްވިޒަލެންޑާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުވީ ތުރުކީ އެވެ. މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 21:00 ގަ އެެވެ. ހަމަ އެ ވަގުތު މި ގްރޫޕްގެ އަނެއް މެޗުގައި އިޓަލީ އާއި ވޭލްސް ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox