އިންޑިއާގެ ލެޖެންޑްރީ ސްޕްރިންޓަރު މިލްކާ ސިންގް މަރުވެއްޖެ

Jun 19, 2021, 6:38 AM
އިންޑިއާގެ ލެޖެންޑްރީ ސްޕްރިންޓަރު މިލްކާ ސިންގް މަރުވެއްޖެ

އިންޑިއާގައި އުފެދުނު އެންމެ ބާރު އެއް ދުވުންތެރިޔާ މިލްކާ ސިންގް ކޮވިޑް ބަލީގައި ރޭ މަރުވެއްޖެ އެވެ.

އިނގިރޭސިންގެ ދަށުގައި އިންޑިއާ އޮތްއިރު ގޯވިންދުޕޫރަށް 1929 ގައި އުފަންވި މިލްކާ ސިންގް މަރުވީ، ކޮވިޑުގެ އަލާމާތްތަކުން ރަނގަޅުނުވެ މަހެއްހާ ދުވަސްވުމަށް ފަހު ރޭ ޗަންދިގަރުގަ އެވެ.

މިލްކާ ސިންގުގެ ޖަނާޒާ މިއަދު ހަވީރު ރަސްމީ އިއްޒަތުގައި ބާއްވަން އިންޑިއާ ސަރުކާރުން ވަނީ ނިންމައިފަ އެވެ.

މިލްކާ ސިންގް ވަނީ އިންޑިއާ އަށް އޭޝިއަން ގޭމްސް އިން ހަތަރު ރަން މެޑަލް ހޯދައިދީފަ އެވެ. އެއީ 1958 ގައި 200 މީޓަރު ދުވުމާއި 400 މީޓަރު ދުވުމުން އަދި 1962 ވަނަ އަހަރު 400 މީޓަރު ދުވުމުންނާއި 400 މީޓަރު ރިލޭ އިންނެވެ. އަދި 1958 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް އިން ވެސް ރަން މެޑަލް ހޯދި އެވެ. އެ ކާމިޔާބީތަކާ އެކު އޭނާ އޮލިމްޕިކްސް އިން ރަން މެޑަލް ހޯދާނެ ކަމަށް އޭރު ބެލެވުނެވެ. އެކަމަކު ރޯމުގައި 1960 ގައި ބޭއްވި އޮލިމްޕިކްސްގެ 400 މީޓަރު ދުވުމުން އޭނާ އަށް ލިބުނީ ހަތަރު ވަނަ އެވެ.

މިލްކާގެ ކެރިއަރުގެ މައްޗަށް ބޮލީވުޑުން 2013 ވަނަ އަހަރު ވަނީ "ބާގް މިލްކާ ބާގް" ގެ ނަމުގައި ސްޕޯޓްސް ފިލްމެއް އުފައްދައިފަ އެވެ. ފަރްހާން އަހްތަރް ލީޑް ރޯލުން ފެނުނު އެ ފިލްމް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި އެވެ.

އެ ފިލްމުގައި ވަނީ މިލްކާ ކުޑައިރު، އިންޑިއާ ދެބައިވެ ޕާކިސްތާން އުފެދުމުން ހިނގައިދިޔަ ހަމަނުޖެހުންތަކުގައި މަންމަ އާއި ބައްޕަ މަރުވި ހާދިސާ އާއި އޭނާ ދަތި އުނދަގުލުގައި އުޅެ ބާރު ދުވުންތެރިއަކަށްވި ގޮތް ދައްކައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗެލްސީ ބަލިކޮށް ޓޮޓެންހަމް އިން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ޓޮޓެންހަމް އިން އެ ޓީމުގެ ދަނޑުގައި 37 އަހަރު ތެރޭ ދެވަނަ ފަހަރަށް ތާރީހީ މޮޅެއް ހޯދައިފި. ޗެލްސީގެ ކީޕަރު އަތުން ބައިކޮޅަށް ވަން ލަނޑަކާއި މަތީސް ޓެލް ޖެހި ގޯލުން ޓޮޓެންހަމް މޮޅުވިއިރު، މި މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކާފައި.

ރިޒޭ ދެއްކި ތަފާތާ އެކު ވިކްޓަރީން އޮޑި ބަލިކޮށް ލީޑުގައި

އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކުރި ދެ ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް ވިކްޓަރީން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މޮޅާއެކު ވިކްޓަރީން 16 ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމަކީ މިހާތަނަށް ލީގުގައި ބަލިނުވެ އޮތް ދެ ޓީމުން ކުރެ އެއް ޓީމު.

ވިލާ އިން ސިޓީގެ ރެކޯޑް ނިމުމަކަށް، އާސެނަލް ފައިދާނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، އެވަޓަން ބަލިކޮށް އާސެނަލުން ވަނީ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ސިޓީ އަދިވެސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، އާސެނަލް އޮތީ ދެވަނައިގައެވެ.

ބޮޑު މޮޅެއް ހޯދައި ނިއު އިން އީގަލްސްގެ ރެކޯޑް ނިމުމަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް 7-1 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު މި ސީޒަނުގައި އީގަލްސް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އައިސްފައިވާއިރު، ދެ ޓީމަށްވެސް މިހާރު ލިބިފައިވަނީ 11 ޕޮއިންޓު.

ކޮމްޕެނީ ޓީމާ ގުޅޭނީ އެއްކޮށް ފިޓްވުމުން: ބަޔާން

ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ އަލުން ޓީމާ ގުޅޭނީ ފުރިހަމައަށް ފިޓްވުމުން ކަމަށް އެ ކްލަބުން ބުނެފި. ކޮމްޕެނީއަށް ފަރުވާދެމުންދާ މި ދަނޑިވަޅުގައި ޓީމުގެ ތަމްރީނުތަކާއި ކުރިއަށް ހުރި މެޗުތަކުގައި އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން

ފަލަސްތީނު 17 އަހަރުން ދަށުގެ ޓީމު ރާއްޖެ އަށް

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަމްރީނު ކޭމްޕަކަށް މި މަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުގައި ކ. ގުރައިދޫގައި ކޭމްޕްކޮށް، ރާއްޖޭގެ ޒުވާން ޓީމާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ނިންމާފައި. މިއީ އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނާއި ދެ ގައުމުގެ ގުޅުމަށް ފައިދާކުރާނެ ކަމެއް.

ކޮންޓޭ، މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ވާހަކަތައް ދޮގުކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް މަޝްވަރާކުރަމުންދާ ކަމަށް މީޑިއާތަކުން ފަތުރާ ޚަބަރުތައް އެންޓޯނިއޯ ކޮންޓޭ ދޮގުކޮށްފި. އޭނާ ބުނިގޮތުގައި އެއްވެސް ކްލަބަކާއެކު މިހާތަނަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އޭނާ ބޭނުންވަނީ އިހުތިރާމާއެކު ކުރިއަށްދެވޭނެ ރަނގަޅު ޕްރޮޖެކްޓެއް.

Newsletter

Get the latest news delivered straight to your inbox