އަފްގާނު ޖަލުގަ ތިބި އާއިލާއާ ގުޅުވައި ދައްކާ ވާހަކަތައް ދޮގުކޮށް، ފުލުހުންގެ އިންޒާރެއް

އަފްގާނިސްތާނުގެ ޖަލެއް: ޖަލުގައި ތިބި އާއިލާ އާއި ދިވެހި ފުލުހުންނަށް ގުޅުވައި ދައްކާ ވާހަކަތައް ދޮގުކުރި

އަފްގާނިސްތާނުގެ ޖަލެއް: ޖަލުގައި ތިބި އާއިލާ އާއި ދިވެހި ފުލުހުންނަށް ގުޅުވައި ދައްކާ ވާހަކަތައް ދޮގުކުރި

އަފްގާނިސްތާނުގެ ޖަލުގައި ތިބި ދިވެހި ދެމަފިންނަށް އަނިޔާކޮށް ހަޑިހުތުރު ބަހުން ދިވެހި ފުލުހުން މުއާމަލާތް ކުރި ކަމަށް ބުނެ ފަތުރާ ވާހަކަތައް ދޮގުކޮށް, އެފަދަ ތުހުމަތުކުރާ މީހުންނަށް ފުލުހުން އިންޒާރެއް ދީފި އެވެ.

މ. މޫންލައިޓްވެލީ، އަލީ ޝާފިއު، އޭނާގެ އަނބިމީހާ އާއި ހަތަރު ދަރިންނާއެކު އަފްގާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސްއިން ހައްޔަރުކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ. އަލީ ޝާފިއު އާއި އޭނާގެ އަނބިމީހާގެ މައްޗަށް އަފްގާނިސްތާނުގެ ކަމާބެހޭ އިދާރާއިން އުފުލާފައިވާ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި އެގައުމުގެ ކޯޓުން ހުކުމްކޮށްފައިވެ އެވެ.

އޭގެފަހުން އޭނާއާމެދު އަފްގާންގެ ޖަލުގައި ލާއިންސާނީ އެތައް އަމަލެއް ހިނގާފައިވާ ކަމަށް އާއިލާއިން ދަނީ ތުހުމަތު ކުރަމުންނެވެ.

އެގޮތުން، އާއިލާއިން ތުހުމަތުކުރާ ގޮތުގައި ޖަލުގައި އެ ދެމަފިރިންނާއި ކުދިންނަށް އިންސާނީ ކަރާމަތާ ހިލާފަށް އަމަލުތައް ކުރަމުންދެ އެވެ. އެކަމުގައި ދިވެހި ފުލުހުން ވެސް ބައިވެރިވި ކަމާއި، އެމީހުން ޖަލުގައި ތިބީ ދިވެހި ފުލުހުން ފޮނުވާފައިވާ އޮތް އިންޓެލް ރިޕޯޓެއްގެ މައްޗަށް ކަމަށް ވެސް އާއިލާއިން ތުހުމަތު ކުރެ އެވެ.

ނަމަވެސް، އެ ތުހުމަތުތައް ދޮގުކޮށް ފުލުހުން މިރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައިވާ ގޮތުން، އަލީ ޝާފިއު އާއި އޭނާގެ އާއިލާ ހައްޔަރުކުރި ކަމުގެ މައުލޫމާތު އިންޓަޕޯލް މެދުވެރިކޮށް 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހު ލިބުނެވެ. އޭގެ ކުރިން އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ލިބިފައި ނެތް ކަމަށެވެ.

އެމީހުން ހައްޔަރުކުރި ކަމުގެ މައުލޫމާތު ލިބުމާއެކު އަފްގާނިސްތާނުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޓީމެއް 2019 ފެބުރުއަރީ މަހު ތެރޭގައި އަފްގާނިސްތާނަށް ދިޔަކަން ބަޔާނުގައި ފާހަގަކުރި އެވެ.

"މި މައްސަލައިގައި އަލީ ޝާފިއުށާއި އޭނާގެ އާއިލާއަށް، ދިވެހި ފުލުހުންގެ ހިދުމަތަށް ނިސްބަތްވާ ފުލުހުން އަނިޔާކޮށް، ހުތުރު ބަހުން މުއާމަލާތު ކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް،" ބަޔާނުގައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ކޮށްފައިވާ އެއްވެސް މަސައްކަތެއްގެ ތެރެއިން، އިންސާނީ ހައްގަށާއި ކަރާމަތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އެހެންކަމުން، ސޯޝަލް މީޑިއާ މެދުވެރިކޮށް، ސަލާމަތީ ހިދުމަތްތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ ވަކިވަކި މުވައްޒަފުންނާމެދު، މީހުންގެ މެދުގައި ނަފްރަތު އުފައްދައި، އެ މުވައްޒަފުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭ ގޮތަށް، ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ފުލުހުން އެންގި އެވެ.

ސޯޝަލް މީޑިއާގައި އެގޮތަށް ވަކިވަކި ޕޯސްޓްތައް ކުރަމުންދާ މީހުންގެ މައްސަލަތަކާއި، ހަގީގަތާ ހިލާފު ވާހަކަތަކަށް ހިތްވަރުދޭ ފާރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް، އެމީހުންނާމެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ އިންޒާރުކޮށްފަ އެވެ.

އަލީ ޝާފިއުއާ ގުޅޭ ގޮތުން ރޭ އާއިލާއިން ޓްވިޓާގެ ސްޕޭސް ސެޝަނެއްގައި ބުނި ގޮތުގައި، އެމީހުން އަފްގާނިސްތާނަށް ދިޔައީ އަލީ ޝާފިއުގެ ބޮޑު އޮޕަރޭޝަނަކަށްފަހު ޕާކިސްތާނަށް ދިޔުމަށް ޓްއާ ގައިޑަކާއެކު އެވެ. ޕާކިސްތާނަށް އެމީހުން ދާން ގަސްދުކުރީ ޝާފިއުގެ ބޭސްފަރުވާއަަކަށް ވެސް ފާހަގަކުރި އެވެ.

ނަމަވެސް، ޕާކިސްތާނަށް ވަދެވުމުގެ ކުރިން އެމީހުން އަފްގާނިސްތާނު ފުލުހުން ހުއްޓުވީ ކަމާއި އޭގެފަހުން ޓްއާ ގައިޑް، ފުލުހުންގެ އިސްމީހަކާއެކު ފެނުނު ކަމަށެވެ. އެހެންކަމުން އެކަމުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވުނު ކަމަށް އާއިލާއިން ތުހުމަތު ކުރެ އެވެ.

އެމީހުން ހައްޔަރުކުރީ ދިވެހި ފުލުހުން ހިއްސާކޮށްފައި އޮތް އިންޓެލް މައުލޫމާތުތަކެއްގެ މައްޗަށް ކަމަށް ވެސް އާއިލާއިން ތުހުމަތުކޮށްފައިވެ އެވެ.

އާއިލާއިން އެދިފައިވަނީ ދެމަފިރިންނާއި ކުދިން ހެޔޮހާލުގައި ރާއްޖެ ގެނެސްދިނުމަށެވެ. އެކަމަށް އެޗްއާރްސީއެމްގައި ވެސް އެދިފައިވާނެ ކަމާއި އެ ކުދިން ރާއްޖެ ގެނައުމަށް އިސްކަން ދޭނެ ކަމަށް އެ ކޮމިޝަނުން ބުނި ކަމަށެވެ. ނަމަވެސް، މިހާތަނަށް ކުރިއެރުމެއް ލިބިފައިނުވާ ކަމަށް އާއިލާއިން ބުނެ އެވެ.

އާއިލާއިން ބުނާ ގޮތުގައި، ކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ގިނަ އަނިޔާތަކެއް ދަނީ ލިބެމުންނެވެ. އެ ކުދިންގެ ކުރިމަތީގައި މަންމަގެ ބޮލުގައި ބަޑި ޖައްސައި މަރާލާނެ ކަމަށް ބުނާ ކަމަށާއި އެ ކުދިން އަނިޔާވާ ގޮތަށް ވެސް އަމަލުތައް ބަހައްޓާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox