ރޭޕުގެ ކުށުން ދަށު ކޯޓުގައި ސަލާމަތްވި މީހަކު 15 އަހަރަށް ޖަލަށްލާން ހައިކޯޓުން ހުކުމްކޮށްފި

ހައިކޯޓު: ރޭޕްގެ ކުށުން ސަލާމަތްވި މީހަކު 15 އަހަރަށް ޖަލަށްލާން ހައިކޯޓުން ވަނީ ހުކުމް ކޮށްފައި

ހައިކޯޓު: ރޭޕްގެ ކުށުން ސަލާމަތްވި މީހަކު 15 އަހަރަށް ޖަލަށްލާން ހައިކޯޓުން ވަނީ ހުކުމް ކޮށްފައި

ރާއްޖޭގެ ރިސޯޓެއްގެ ކޮޓަރިއެއްގެ ތެރޭގައި ބިދޭސީއަކު ރޭޕްކުރި ކަމުގެ ދައުވާ އުފުލި މީހަކު 15 އަހަރަށް ޖަލަށްލާން ހައިކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ކޮރެއާއަށް ނިސްބަތްވާ އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ދައުލަތުން އެ ރިސޯޓުގެ ދިވެހި ތިން މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލި އެވެ. ނަމަވެސް، އެކަށީގެންވާ ހެކި ލިބިފައި ނެތް ކަމަށް ބުނެ ކުރިމިނަލް ކޯޓުން ކަނޑައެޅީ އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު ހުސެއިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު ހުސެއިން މަޒީދެވެ.

Advertisement

ތިން ފަނޑިޔާރުން އިއްތިފާގުވާ ރައުޔެއް އައީ، ދައުވާ ލިބޭ ދެ މީހެއްގެ މައްޗަށް އެކަންޏެވެ.

ހައިކޯޓުން ރޭޕް ކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާފައިވާ މީހާގެ މަނި، އަނިޔާ ލިބުނު މީހާގެ ކުރިމަތި ފަރާތުން ނެގި ސާމްޕަލުން ދައްކާ ކަމަށް ހުކުމްގައި ބުނެފައިވެ އެވެ. އޭނާ ތަހުގީގުގައި ވެސް ހަނު ހުރިއިރު ދިފާއީ ހެއްކެއް ވެސް ހުށަހައެއް ނާޅަ އެވެ.

އަނިޔާ ލިބުނު މީހާއަށް ޖިސްމާނީ ގޮތުން ލިބިފައިވާ ގެއްލުން ކަމަށް މެޑިކޯލީގަލްސް ރިޕޯޓާއި އެ ރިޕޯޓް ތައްޔާރުކުރި ޑޮކްޓަރު ދީފައިވާ ބަޔާނުން ވެސް ދައުވާ ލިބޭ މީހާގެ ފަރާތުން ބިދޭސީމީހާއަށް އަނިޔާ ލިބުނުކަން ސާބިތުވާކަން ވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

އޭނާގެ މައްޗަށް ހުރި ހެކިތަކަކީ، ރޭޕް ކުރުމުގެ ދައުވާ ސާބިތު ކުރުމަށް ޝައްކެއް ނެތް މިންވަރަށް ބެލޭނެ ފަދަ ހެކިތަކެއް ކަމަށްވާތީ، ތިން ފަނޑިޔާރުން ވެސް ނިންމެވީ އެމީހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެހެންވެ، އަދަބެއްގެ ގޮތުން އޭނާގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވެވި އެވެ.

ކުށް ސާބިތުނުވާ ކަމަށް ނިންމި އެކެއްގެ މައްޗަށް ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ކޮޓަރި ތެރޭގައި ހުރި ތައްޓަކުން އޭނާގެ ޑީއެންއޭ ފެނިފައިވުމާއި އެއާ ގުޅޭ ހެކިތަކެވެ. ނަމަވެސް، އޭނާއަކީ އެ ކޮޓަރި ވެސް ހިމެނޭ ގޮތަށް ހައުސްކީޕިންގެ މަސައްކަތުގައި އުޅޭ މީހެއް ކަމުން، އޭނާގެ ފިންގަޕްރިންޓް ކޮޓަރީގައި ހުރުން އެކަށީގެންވާ ކަމަށެވެ.

އެ ހެކީގެ މައްޗަށް އެކަނި ރިއާޔަތްކޮށްގެން އޭނާގެ މައްޗަށް އުފުލި ރޭޕް ކުރުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ ސާބިތު ނުކުރެވޭނެ ކަމާއި އެ ކުށާ ނުވެސް ގުޅުވޭނެކަން ތިން ފަނޑިޔާރުންގެ ރައުޔުގައިވެސްވެ އެވެ. އެހެންވެ އޭނާ ވަނީ ހައިކޯޓުން ވެސް ސަލާމަތްވެފަ އެވެ.

ހައިކޯޓުން ވެސް ސަލާމަތްވި ދެވަނަ މީހާއަކީ އެ ރިސޯޓުގެ ޕަބްލިކް އޭރިޔާގެ އެޓެންޑެންޓެކެވެ. އޭނާގެ މައްޗަށް ރޭޕް ކުރުމުގެ ދައުވާ އުފުލައި، ހެކީގެ ގޮތުގައި ހުށަހެޅީ ކޮޓަރީގެ ފާހަނައިގެ ތެރެއިން ފެނުނު ބާލީސް އުރަޔަކުން، އޭނާގެ ޑީއެންއޭ ޕްރޮފައިލް ފެނިފައިވާތީ އެވެ.

ހުކުމްގައި ބުނީ އެ ޑީއެންއޭ ނަގާފައިވަނީ އުރައިގައި ހުރީ ކޮން އެއްޗެއްކަމެއް އެނގެން ނެތް ކަމަށެވެ. އަދި، އޭނާގެ ވަޒީފާގެ ގޮތުން އޭނާގެ ޑީއެންއޭ ބަލީހުގެ އުރައެއްގައި ހުރުން އެކަށީގެންވާކަން އެނގޭ ކަމަށެވެ. އެހެންވެ، އޭނާގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުނުވާ ކަމަށެވެ.

ނަމަވެސް، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ފަނޑިޔާރު މަޒީދު ނިންމެވި އެވެ. އެ ރައުޔަށް ތާއިދު ނުލިބުނީ އެވެ.

މީގެއިތުރުން ހުކުމްގައި ތިން ފަނޑިޔާރުން އިއްތިފާގުވެފައިވަނީ، މިފަދަ މައްސަލަތަކުގައި އަނިޔާ ލިބޭ މީހާގެ ހެކި ބަސް ކޮންމެހެން ވެސް މުހިންމުވާއިރު، އެމީހާއަކީ ޣައިރު މުސްލިމެއް ނަމަވެސް ހެކި ބަސް ބަލައިގަނެވޭނެ ކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox