16 އަހަރަށް ފަހު ރާމޯސް ރެއާލް ދޫކޮށްލަން ނިންމައިފި

Jun 17, 2021, 2:45 AM
16 އަހަރަށް ފަހު ރާމޯސް ރެއާލް ދޫކޮށްލަން ނިންމައިފި

މެޑްރިޑް (ޖޫން 17) - ރެއާލް މެޑްރިޑަށް 16 އަހަރު ކުޅެދިނުމަށް ފަހު ތަޖުރިބާކާރު ކުޅުންތެރިޔާ ސާޖިއޯ ރާމޯސް އެ ޓީމު ދޫކޮށްލަން ނިންމާފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.

އުމުރުން 35 އަހަރުގެ ރާމޯސް ރެއާލް ދޫކޮށްލާނީ ހިލޭ ޓްރާންސްފާއެއްގަ އެވެ. މި މަސް ނިމުމުން ރާމޯސް ރެއާލާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނެ އެވެ. ރާމޯސް ގުޅޭނެ ކަމަށް އެންމެ ބޮޑަށް ވާހަކަ ދެކެވެނީ ފްރާންސްގެ ޕީއެސްޖީއާ އެވެ.

ރެއާލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރާމޯސް އެ ޓީމު ދޫކޮށްލަން ނިންމާފައިވާ ކަމަށާއި އޭނާ އަށް ކްލަބުން ދޭ ފެއާވެލްގެ ކަންތައްތައް މިއަދު ކުރިއަށްދާނެ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރެއާލްގެ ބަޔާނުގައިވެ އެވެ.

މި ސީޒަނުގައި ރެއާލް ހުސްއަތާ ނިންމާލަން ޖެހި އެ ޓީމުގެ މެނޭޖްމަންޓާ ދެމެދު ހުރި ނުތަނަވަސްކަމުގެ ސަބަބުން ރެއާލްގެ ކޯޗުކަން ޒިނެދިން ޒިދާން ދޫކޮށްލި އެވެ. އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ އެވަޓަންގެ ކޯޗަކަށް ހުރި ކާލޯ އަންޗެލޮޓީ އެވެ.

އަންޗެލޮޓީ އަކީ ކުރިން ރެއާލަށް އިރުޝާދުދިން ކޯޗެކެވެ. އަންޗެލޮޓީ ވަނީ ރެއާލް ކޯޗެއްގެ ގޮތުގައި މީޑިއާ އަށް ތައާރަފްކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާމޯސް އެ ޓީމުގައި ބަހައްޓަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރެއާލުން ރާމޯސް އަށް އެއްބަސްވުން އާ ކުރަން ދެ ގޮތެއް ހުށަހެޅި އެވެ. ފުރަތަމަ ގޮތަކީ މިހާރު ލިބޭ މުސާރަ އަށް އިތުރު އެއް އަހަރަށް އާ ކުރުމަށެވެ. ދެ ވަނަ ގޮތަކީ މިހާރު ލިބޭ މުސާރަ އަށް ވުރެ 10 ޕަސެންޓް މަދުކޮށް އިތުރު ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރުމެވެ. އެކަމަކު ރާމޯސް އޭގެއިން ގޮތަކަށް އެއްބަސްނުވެ، މަޝްވަރާތައް ދިގުލައި ގޮސް އެންމެ ފަހުން އޭނާ ޓީމު ދޫކޮށްލަން ނިންމީ އެވެ.

ރާމޯސް ރެއާލަށް ބަދަލުވީ ސެވިއްޔާ ދޫކޮށް 2005 ވަނަ އަހަރު އެވެ. ރެއާލުން އޭނާގެ ސޮއި ހޯދީ 27 މިލިއަން ޔޫރޯ ދައްކައިފަ އެވެ. އެއީ އޭރު ސްޕެއިނުގެ ޑިފެންޑަރަކަށް ހޭދަކުރި އެންމެ ބޮޑު ޓްރާންސްފާ ފީ އެވެ. ރެއާލަށް 671 މެޗު ކުޅެދިން ރާމޯސް ވަނީ އެ ޓީމާ އެކު ފަސް ލީގު ތަށްޓާއި ހަތަރު ޗެމްޕިއަންސް ލީގާއި، ހަތަރު ކްލަބް ވޯލްޑް ކަޕާއި އަދި ދެ ސްޕެނިޝް ކަޕް ކާމިޔާބުކޮށްފަ އެވެ.

ރެއާލާ އެކު 22 ތަށި އުފުލާލި ރާމޯސް ވަނީ އެ ޓީމަށް 101 ގޯލު ޖަހައިފަ އެވެ. އަދި 40 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.

ދުނިޔޭގެ ފުޓްބޯޅައިގައި ކުޅުނު އެންމެ މޮޅު އެއް ޑިފެންޑަރު ކަމަށްވާ ރާމޯސް ވަނީ ސްޕެއިން ޓީމުގައި ވެސް ކާމިޔާބު ހޯދައިފަ އެވެ. އެ ގޮތުން 2008 އާއި 2012 ވަނަ އަހަރުގެ ޔޫރޯ އާއި 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި ރާމޯސްގެ ދައުރު ބޮޑެވެ. ދާދި ފަހަކާ ޖެހެންދެން ސްޕެއިނުގެ ކެޕްޓަންކަން ކުރި ރާމޯސް އަށް މި ފަހަރުގެ ޔޫރޯ ސްކޮޑުން ޖާގަ ނުދިނީ އަނިޔާގެ މައްސަލަތަކުގެ ސަަބަބުން ކަމަށް ސްޕެއިނުގެ ކޯޗު ލުއިސް އެންރީކޭ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox