އެއާ ޓްރެފިކް ކޮންޓްރޯލް އުނިކޮށް، އެފްޑީއައި އަލުން ގެޒެޓްކޮށްފި

Jun 16, 2021, 5:37 AM
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު: އެއާ ކޮންޓްރޯލް އުނިކޮށް، އެފްޑީއައި އަލުން ވަނީ ގެޒެޓްކޮށްފައި.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު: އެއާ ކޮންޓްރޯލް އުނިކޮށް، އެފްޑީއައި އަލުން ވަނީ ގެޒެޓްކޮށްފައި.

އެއާޕޯޓުތަކުގެ އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ އެއްވެސް ބާރެއް ބިދޭސީ ކުންފުނިތަކަށް ނުލިބޭނެ ގޮތަށް ލިޔެ، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އިސްލާހުކޮށް ގެޒެޓްކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މީގެ ދެ ދުވަސް ކުރިން އެ ޕޮލިސީ އިސްލާހުކޮށް އާންމުކުރި އެވެ. އޭރު އޭގެ އިބާރާތް އޮތް ގޮތުން، ސާވިސާސް އިންސިޑެންޓަލް ޓު އެއާ ޓްރާންސްޕޯޓޭޝަންގެ ދަށުން އެއާޕޯޓުތައް އޮޕަރޭޓްކޮށް ހިންގުމުގެ އިތުރުން "އެއާޕޯޓް އެންޑް އެއާ ޓްރެފިކް ކޮންޓްރޯލް އެކްޓިވިޓީސް" ގެ މަސައްކަތް ވެސް 100 ޕަސެންޓު ބިދޭސީ ކުންފުނިތަކަށް ކުރެވޭނެ އެވެ.

އެކަމާ ގުޅިގެން ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވުމާ އެކު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ އެއާ ކޮންޓްރޯލް ބޭރުގެ ކުންފުނިތަކަށް ދޫކޮށްލުމުގެ ނިޔަތެއް ނެތް ކަމާއި، އިބާރާތް އޮތް ގޮތުން މާނަ އޮޅެނީ ކަމަށެވެ.

އެހެންވެ، އެ އިބާރާތް ބަދަލުކޮށް ޕޮލިސީ އަލުން ގެޒެޓް ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވެފައިވެ އެވެ.

އެގޮތުގެ މަތިން، ރޭ ވަނީ ޕޮލިސީ އަލުން ގެޒެޓްކޮށްފަ އެވެ. މިހާރު ޕޮލިސީގައި ބުނެފައިވަނީ 100 ޕަސެންޓް ބޭރު ކުންފުނިތަކަށް އެއާ ޓްރާންސްޕޯޓްގެ ހިދުމަތްތައް ދެވޭނެ ކަމަށާއި ނަމަވެސް، އޭގެން ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް އުނިވާނެ ކަމަށެވެ.

އެ ހިދުމަތްތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެއާ ޓްރެފިކް ސާވިސް ކޮންޓްރޯލް، ކަސްޓަމްސް، އިމިގްރޭޝަން، އޭވިއޭޝަން ސެކިއުރިޓީ ފަދަ ހިދުމަތްތަކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެއާޕޯޓް ހިންގުން 100 ޕަސެންޓު ބިދޭސީ ކުންފުނިތަކަށް ކުރިން ފެށިގެން ދީފައިވާ ކަމަށެވެ. އެގޮތުން 2014 ވަނަ އަހަރު ކޫއްޑޫ އެއާޕޯޓާއި 2017 ވަނަ އަހަރު މާފަރު އެއާޕޯޓް ހިންގުން ބިދޭސީ ކުންފުނިތަކަށް ސަރުކާރުން ހަވާލުކޮށްފައިވާ ކަމަށެވެ.

ބިދޭސީން ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ގޮތް ސާފުކޮށް ފެންނަން މީގެ ކުރިން ނޯންނަ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. ނަމަވެސް ހާމަކަންބޮޑު ގޮތަކަށް ކަންތައް ގެންދިއުމަށް ފެބްރުއަރީ، 2020، ގައި މި ސަރުކާރުން ފޮރިން އިންވެސްޓްމަންޓު ޕޮލިސީއެއް ހާމަ ކުރި ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

އެ ޕޮލިސީ ފުރަތަމަ ޝާއިއު ކުރިއިރު އެއާ ޓްރާންސްޕޯޓް ސާވިސާސް ފީލްޑުގައި ހަރަކާތްތެރިވެވޭ ގޮތަށް ހެދީ އެންމެ ގިނަވެގެން 75 ޕަސެންޓު ބިދޭސީން ހިއްސާވާ ކުންފުނިތަކަށް ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

"އެފްޑީއައި ޕޮލިސީއަށް 13 ޖޫން 2021 ގައި ގެނެވިފައިވާ އިސްލާހަކީ، މިދާއިރާގައި އިންވެސްޓްކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ބައެއް ފަރާތްތަކަށް 75 ޕަސެންޓް ތްރެޝްހޯލްޑް އޮތުމުން އިންވެސްޓްކުރުމަށް ހުރަސްތަކެއް އޮތުމުން، އެކަމަށް މަގުފަހިކުރުމަށް ގެނެވުނު ބަދަލެއް،" މިނިސްޓްރީން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox