ރިއަލް އެސްޓޭޓް ޓޫރިޒަމް ހިންގާ ސަރަހައްދުތައް ދެނެގަތުމުގެ މަސައްކަތް ފަށައިފި

ލ. ބަރެސްދޫގައި ހިންގަން އުޅުނު އިންޓެގްރޭޓަޑް ޓޫރިޒަމް މޮޑެލްގެ ތްރީޑީ ރެންޑާއެއް: މިއީ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގަން އުޅުނު އެކަމަކު މިހާރު ހުއްޓިފައި އޮތް ޕްރޮޖެކްޓެއް -- ފޮޓޯ: އެމްއައިޓީޑީސީ

ލ. ބަރެސްދޫގައި ހިންގަން އުޅުނު އިންޓެގްރޭޓަޑް ޓޫރިޒަމް މޮޑެލްގެ ތްރީޑީ ރެންޑާއެއް: މިއީ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގަން އުޅުނު އެކަމަކު މިހާރު ހުއްޓިފައި އޮތް ޕްރޮޖެކްޓެއް -- ފޮޓޯ: އެމްއައިޓީޑީސީ

ރާއްޖޭގައި ރިއަލް އެސްޓޭޓް ޓޫރިޒަމް ފެށުމަށް ބޭނުންވާ މައިގަނޑު ގަވާއިދުތައް ނިންމައި، މި ޕްރޮޖެކްޓުތައް ހިންގާނެ ސަރަހައްދުތަކެއް ދެނެގަތުމުގެ މަސައްކަތް ރައީސް އޮފީހާއި ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކުން ފަށައިފި އެވެ.

ރިއަލް އެސްޓޭޓް ޓޫރިޒަމް ރާއްޖެއަށް ތައާރަފުކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ ރާއްޖޭގައި ދިރިއުޅެން ބޭނުންވާ ބިދޭސީންނަށް އަމާޒުކޮށް އިންޓަގްރޭޓަޑް ޓޫރިޒަމް މޮޑެލް އަދި ޕްރައިވެޓް އައިލެންޑް މޮޑެލްގެ ތެރެއިން ސެކަންޑް ހޯމް ޕްރޮގްރާމެއް ހިންގުމަށެވެ.

މިއީ ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓް ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ކުރަން ނިންމާފައިވާ މަސައްކަތެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ހުއްސާން "އަދަދު" އަށް ވިދާޅުވީ، ޓޫރިޒަމް ރިއަލް އެސްޓޭޓް ފަށަން ބޭނުންވާ މައިގަނޑު ގަވާއިދުތަކުގެ މަސައްކަތް ނިމިއްޖެ ކަމަށެވެ. އެއީ ޕްރައިވެޓް އައިލެންޑްތައް ތަރައްގީކޮށް ކުއްޔަށްދިނުމާ ބެހޭ ގަވާއިދާއި އިންޓެގްރޭޓަޑް ޓޫރިސްޓް ރިސޯޓް ތަރައްގީކޮށް ހިންގުމާ ބެހޭ ގަވާއިދެވެ.

މިހާރު ނުނިމި އޮތީ ސްޓްރާޓާ އުސޫލުން ވިލާ ވިއްކުމާ ގުޅޭ ގަވާއިދު އެކަންޏެވެ. ހުއްސާން ވިދާޅުވި ގޮތުގައި ކުރިޔަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން މި ގަވާއިދު ޑްރާފްޓްކޮށް ނިންމުމަށްފަހު މި ގަވާއިދު ގެޒެޓްކުރާނެ އެވެ.

"ސްޓްރާޓާ އުސޫލުން ވިލާ ވިއްކުމާ ބެހޭ ގަވާއިދުގެ މިނިސްޓްރީގެ ޑްރާފްޓިން ޕްރޮސެސް ގާތްގަނޑަކަށް ނިމުމެއްގެ މިއުޅެނީ. ކުރިޔަށް އޮތް ދެ ތިން ހަފުތާގެ ތެރޭގައި ގެޒެޓްގަ ޕަބްލިޝްކުރޭވޭ ވަރު ވާނެ" ހުއްސާން ވިދާޅުވި އެވެ.

މިހާތަނަށް ސަރުކާރުން ރިއަލް އެސްޓޭޓް ޓޫރިޒަމާ ގުޅިގެން އާންމުކޮށްފައިވާ ގަވާއިދުތައް ބުނާ ގޮތުން ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީކުރަން ސަރަހައްދުތައް ދެވޭނީ ދައުލަތުގެ ސައްތައިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށެވެ.

ސަރުކާރުން އެކުލަވާލާފައިވާ ގަވާއިދުތައް ބުނާ ގޮތުން އިންޓެގްރޭޓަޑް ޓޫރިޒަމް މޮޑެލްގެ ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުގެ ސަރަހައްދުތައް ވެސް ޓޫރިޒަމްގެ ބޭނުންތަކަށް ހާއްސަ ކުރެވެ އެވެ.

ރިއަލް އެސްޓޭޓް ޓޫރިޒަމަކީ ދައުލަތަށް އާމްދަނީ ހޯދަން މި އަހަރު އަލަށް ފަށާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ދައުލަތުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި މި އަހަރު ރިއަލް އެސްޓޭޓް ޓޫރިޒަމުން 150 މިލިއަން ރުފިޔާ ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox