މި ލޯނަކީ އަމިއްލަ ރަށުގައި ވަޒަންވެރިވުމުގެ ފުރުސަތެއް: އަސްލަމް

މިނިސްޓަރު އަސްލަމް: ގެދޮރުވެރިޔާ ލޯނުން ބޯހިޔާވަހިކަމަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް ދެކެވަޑައިގަންނަވާ.

މިނިސްޓަރު އަސްލަމް: ގެދޮރުވެރިޔާ ލޯނުން ބޯހިޔާވަހިކަމަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް ދެކެވަޑައިގަންނަވާ.

އަތޮޅުތެރޭގައި ގެދޮރު އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށް މިރޭ ތައާރަފުކުރި ގެދޮރުވެރިޔާ ލޯނަކީ އަމިއްލަ ރަށުގައި ވަޒަންވެރިންވެގެން ދިރިއުޅެން އިހްތިޔާރުކުރުމުގެ ފުރުސަތެއް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީ އަދި އެޗްޑީއެފްސީ ގުޅިގެން ހިންގާ ގެދޮރުވެރިޔާ ލޯން ސްކީމަކީ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ގެދޮރު އިމާރާތްކުރަން ދޫކުރާ ދިގު މުއްދަތުގެ އިންޓްރެސްޓް ކުޑަ ލޯނު ދޫކުރުމަށް ހިންގާ ގެދޮރުވެރިކަމުގެ ސްކީމެކެވެ. މި ލޯނުގެ ތެރެއިން ގިނަވެގެން ހަތް ލައްކަ ރުފިޔާ ގެދޮރު އިމާރާތްކުރަން ނުވަތަ މަރާމާތުކުރަން ދޫކުރެވޭނެ އެވެ.

މި ސްކީމް އިއުލާންކުރަން ބޭއްވި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ މި ލޯނުގެ ކެޕްގެ ގޮތުގައި ކަނޑައަޅާފައިވާ ހަތް ލައްކަ ރުފިޔާ ހަރަދުކޮށްގެން އަތޮޅުތެރޭގައި ރަނގަޅު ފެންވަރުގެ ގެޔެއް އެޅޭނެ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މީހަކު އެ މީހަކު ދިރިއުޅޭނެ ގެ އިމާރަތްކުރުމަށްޓަކައި އަތޮޅުތެރޭގައި ފަސް ލައްކަ ރުފިޔާއާ ހަތް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން.. ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަމެއް ލިބިގަނެވޭ" އަސްލަމް ވިދާޅުވި އެވެ.

ލޯން ސްކީމުގެ އިންފޯގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ) / އަދަދު

ގެދޮރުވެރިޔާ ލޯނަކީ ހަ ޕަސެންޓް އިންޓްރެސްޓް ރޭޓުގައި މަހަކު ކުޑަ އިންސްޓޯލްމަންޓެއް ދައްކައިގެން 20 އަހަރު ދުވަހުން އަދާކުރަން ޖެހޭ ލޯނެކެވެ. މިއީ މިހާރު ރާއްޖޭގައި ހުރި ކޮމާޝަލް ބޭންކުތަކާއި މާލީ އިދާރާތަކުން ދޫކުރާ ހައުސިން ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ވުރެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކުޑަ އަދަދެކެވެ.

އަސްލަމް ވިދާޅުވީ މިހާރު ލިބެން ހުރި ލޯނުތަކުގެ އިންޓްރެސްޓް ބޮޑުވުމަކީ އަތޮޅުތެރޭގައި ގެދޮރުވެރިކަމަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށެވެ.

"މިއަދު އަޅުގަނޑުމެން މި ފަށާ ސްކީމް ހާއްސަ ވެގެން ދަނީ އަތޮޅުތަކުގެ ރައްޔިތުން އަތޮޅުތަކުގެ ދިރިއުޅެ އެތަންތަން އާބާދުވެ ކުރިއަރާ ގޮސް މާލެއަށް ހިޖުރަކުރުމަށް މިއޮންނަ ޝައުގުވެރިކަން ކުޑަކުރެވޭ ކަމަކަށްވާތީ މިފަށާ ލޯނުގެ އިންޓްރެސްޓް ރޭޓަކީ ހަ ޕަސެންޓް" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް އިތުރަށް ވިދާޅުވީ މި ލޯނުތަކަށް އެޗްޑީއެފްސީން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ ހުރިހާ ފަރާތްތަކަށް ލިބޭނެ ކަމަށެވެ. އަދި މިއީ އަތޮޅުތެރޭގައި ވަޒީފާ އަދާކުރާ ޒުވާނުންނަށް އެ މީހުންގެ ގެދޮރު އިމާރާތްކުރުމަށާއި ބާވެފައިވާ އިމާރާތްތައް އާކުރަން ބޭނުންވާ މީހުންނަށް ލިބޭ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox