މާނަ އޮޅުނީ ކަމަށް ފައްޔާޒު ވިދާޅުވުމުން އިތުރަށް ހޫނުވެއްޖެ!

ސައްތައިންސައްތަ ބޭރުގެ އިންވެސްޓްމަންޓްތަކަށް ރާއްޖޭގައި އެއާޕޯޓުތަކުގެ އެއާ ޓްރެފިކް ކޮންޓްރޯލް ވެސް ލިބޭ ގޮތަށް އެފްޑީއައިއަށް އިއްޔެ ގެނައި އިސްލާހު. -

ސައްތައިންސައްތަ ބޭރުގެ އިންވެސްޓްމަންޓްތަކަށް ރާއްޖޭގައި އެއާޕޯޓުތަކުގެ އެއާ ޓްރެފިކް ކޮންޓްރޯލް ވެސް ލިބޭ ގޮތަށް އެފްޑީއައިއަށް އިއްޔެ ގެނައި އިސްލާހު. -

ސައްތައިންސައްތަ ބޭރުގެ އިންވެސްޓްމަންޓްތަކަށް ރާއްޖޭގައި އެއާޕޯޓުތަކުގެ އެއާ ޓްރެފިކް ކޮންޓްރޯލް ވެސް ލިބޭ ގޮތަށް އިސްލާހުގައި ދޭހަވީ އިބާރާތުގެ މައްސަލައަކުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވުމުން ފާޑިކިޔުން އަމާޒުވެއްޖެ އެވެ.

ސަރުކާރުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އިކޮނޮމިކް މިނިސްޓްރީން ގެނައި ބަދަލުގެ ސަބަބުން މިހާރު ބޭރުގެ ވިޔަފާރިވެރިންނަށާއި ވިޔަފާރިތަކަށް ރާއްޖޭގައި އެއާ ޓްރާންސްޕޯޓް ހިދުމަތް ދޭން އެއާޕޯޓްތަކާއި ޓާމިނަލް އޮޕަރޭޓް ކުރެވޭނެ އެވެ. އަދި، އެއާ ޓްރާންސްޕޯޓް ހިދުމަތް ދޭން ބޭނުންވާ އެހެނިހެން ހިދުމަތްތައް ކަމުގައި ގްރައުންޑް ސާވިސަސް އަދި އެއާ ޓްރެފިކް ކޮންޓްރޯލް ހަރަކާތްތައް ހިންގޭނެ ކަމަށް ގެޒެޓްކޮށްފައިވާ އިސްލާހުގައިވެ އެވެ.

މި ބަދަލު މިހެން އޮތުމުން ރާއްޖޭގެ އެއާޕޯޓުތަކުގެ ފުލް ކޮންޓްރޯލް ބޭރުގެ ފަރާތެއްގެ އަތް މައްޗަށް ދާނެ މަގު ތަނަވަސްވެ އެވެ. އެއީ ރާއްޖޭގެ މިނިވަންކަން ގެއްލޭފަދަ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ނިންމުމެއް ކަމަށް ބުނެ ފާޑުކިޔުންތައް ބޮޑުވީ އެހެންވެ އެވެ.

"ދައުލަތާ ރައްޔިތުންނަށް ފައިދާވާހެން އެއާޕޯޓެއް ހިންގަން ބަޔަކަށް ކުއްޔަށް ދިނުން ބަލައިގަނެވުނަސް، އެއާޕޯޓެއްގައި ހިމެނޭ އެއާޓްރެފިކް ކޮންޓްރޯލާއި އެއާ ނެވިގޭޝަން ފެސިލިޓީތަކުގެ ކޮންޓްރޯލް ބަޔަކަށް އެއްކޮށް ދޫކޮށްލުމަކީ ކުރަންހެޔޮވާނެ ކަމެއްނޫން. ލަގަން ދޫކޮށްލާކަން ނުވާނެ," އެމްޑީޕީއަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވި އެވެ.

އެ ފާޑުކިޔުންތައް އޮތްވައި މިނިސްޓަރު ފައްޔާޒު، ރައްދަކާއެކު ޓްވިޓާއަށް ވަޑައިގެންނެވި އެވެ. އަދި، ސިފަ ކުރެއްވީ އިސްލާހުގެ އިބާރާތުގައި މާނަ އޮޅޭ ގޮތަށް ލިޔެވިފައި އޮތް ކަމެވެ.

ފައްޔާޒް އިސްމާއިލް ކުރި ޓްވީޓުގައި ވިދާޅުވީ އެފްޑީއައިއަށް ގެނައި އިސްލާހުން ބޭރު އަދި ދިވެހި ފަރާތެއް ވިޔަސް، އެއާ ޓްރެފިކް އޮޕަރޭޝަން އަމިއްލަ ފަރާތަކަށް ދޫނުކޮށްލާނެ ކަމަށާއި، ހުރިހާ އެއާޕޯޓުތަކެއްގައި އެކަން ކުރާނީ ސީދާ ދައުލަތުން ކަމަށެވެ.

"މިހާރު އަޅާފައިވާ އޮޅުންތަކުގެ ސަބަބުން އެކަން ސާފުކޮށް ބަޔާންކުރުމަށްޓަކައި އިބާރާތްކުރުން އިސްލާހުކުރާނަން،" ފައްޔާޒް ވިދާޅުވި އެވެ.

ނަމަވެސް، ފައްޔާޒު ދެއްވި މި ޖަވާބު ވެސް ވެގެން ދިޔައީ ބަހުސަކަށެވެ;

ބަހުސް ބޮޑުވީ އިސްލާހުގައި ސާފު އިބާރާތުން ލިޔެފައި އޮތް އެއްޗެއް، މާނަ އޮޅުން އަރާ ގޮތަށް ލިޔެވިފައި އޮތް އެއްޗެއް ކަމަށް މިނިސްޓަރު ސިފަ ކުރެއްވުމުންނެވެ.

ފައްޔާޒަށް ޖަވާބު ދިން ގިނަ މީހުން ފާހަގަކުރި ގޮތުގައި، އެފްޑީއައިއަށް ގެނައި އިސްލާހު ބަދަލު ކުރަން މަޖުބޫރުވީ ޕްރެޝަރުތަކާ ހެދި އެވެ. އޭގައި އޮތީ އިބާރާތުގެ ކުށެއް ނޫން ކަމެވެ.

"އޮޅުމެއް ނެތް، އިބާރާތް ވަރަށް ސާފު، އެންމެ ރަނގަޅު ވާނީ މަގުސަދު ރައްޔިތުންނަށް ބުނެދިނިއްޔާ،" ޔަޒީން ކިޔާ މީހަކު ޓްވިޓާގައި ބުންޏެވެ.

އެހެން މީހަކު ޓުވިޓާގައި ބުނި ގޮތުގައި، ސަރުކާރުން މިފަދަ ސިޔާސަތުތައް ނެރޭއިރު އެ ވާން ޖެހޭނީ އޭގެން ހާސިލު ކުރަން ބޭނުންވާ މަގުސަދު ސާފުކޮށް އެނގެން އޮންނަން ޖެހޭ އެއްޗަކަށެވެ.

"މިއީ ބޭރު އިންވެސްޓަރުންނާ ގުޅޭ ގޮތުން އޮތް އިސްލާހެއް، ބޭރުގެ ބަޔަކާއެކު ސޮއިކުރުމަށްފަހު ނުބުނެވޭނެ އެއީ އިބާރާތުގެ އޮޅުމެކޭ، އެހެންވީމަ މިހެން ނެރޭ އެއްޗެހި ވާން ޖެހޭނީ ސާފު އިބާރާތުން އޮޅުން ނާރާ ގޮތަށް ހުންނަ އެއްޗެއްސަށް،" މީހަކު ބުންޏެވެ.

"ޕްރެޝަރުތައް ބޮޑުވީމަ، ނޫނީ ބައެއްގެ ލޮލުގައި އަޅައިގަތީމަ އަވަހަށް ބަދަލުކޮށްލާ މަންޒަރު މި ފެންނަނީ، މިއެއް ކަން ހިނގަންވާނެ ގޮތަކީ، ސަރުކާރުގެ ސިޔާސަތު ސާފުކޮށް އޮންނަން ވާނެ،"

މި މައްސަލާގައި އިދިކޮޅުގެ ފާޑުކިޔުން ވެސް ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒުކޮށްފަ އެވެ؛

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ އިސްލާހަކީ ރާއްޖޭގެ މިނިވަންކަމާއި އަމާންކަން ދެމެހެއްޓުމަށް ވެސް ނުރައްކަލެއް ކަމަށެވެ. ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އެގޮތަށް އެއާޕޯޓް ހިންގަން ދީފިނަމަ އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންވެސް ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށެވެ.

"ކޮންމެ ބަޔަކުވިޔަސް ތިބޭފުޅުން ގަބޫލު ކުރައްވާނެ އެބައެއްގެ ހިއްސާ އޮންނަ އެބަޔަކަށް ފައިދާވާނެ ބަޔަކު، ބޭރު މީހުން ގެނެސް އެ އެއާޕޯޓްގެ އެކި ހިސާބުތަކުގައި ރުކުރުވައިލާނެ،" އާދަމް ވިދާޅުވި އެވެ.

ރާއްޖޭން މިހާރު ފެންނަމުން މިދަނީ ފެއިލްވެފައިވާ ސްޓޭޓެއްގެ ސިފަތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox