މެމްބަރުން އެދުނު ގޮތަށް ޒަމީލްގެ މައްސަލަ ބޭރުކުރި ސަބަބު ސާފުކޮށްދީފި

މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ މުގައްރިރު ޔާސިރު އަބްދުއްލަތީފް ކޮމިޓީގެ ބައްދަލުވުމެއްގައި. -ފޮޓޯ: މަޖިލިސް

މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ މުގައްރިރު ޔާސިރު އަބްދުއްލަތީފް ކޮމިޓީގެ ބައްދަލުވުމެއްގައި. -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ ތުހުމަތުކުރެވިފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބޭރުކޮށްލަން ނިންމި ނިންމުން ލީކުވެ، މެމްބަރުންނަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވާތީ އެކަން ހިނގައިދިޔަ ގޮތް އެ ކޮމިޓީން މިއަދު ސާފުކޮށްދީފި އެވެ.

މަޖިލީހުގެ އިމްތިޔާޒަށް ޒަމީލް އަރައިގަތް ކަމަށް ތުހުމަތުކުރީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވާން އަންގާފައިވާ ސިފައިންގެ ފަރާތުން ކޮމިޓީގައި ޖަވާބުދާރީ ވާނީ ވަކިވަކި ސިފައިންގެ ބަދަލުގައި މުއައްސަސާގެ ފަރާތުންކަން ބަޔާންކޮށް ފޮނުވި ސިޓީގައި ސޮއިކުރައްވާފައިވަނީ ޒަމީލް ކަމަށް ވާތީ އެވެ.

ނަމަވެސް، މިދިޔަ އާދީއްތަ ދުވަހު ސިއްރުކޮށްގެން ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ޒަމީލްގެ މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ.

Advertisement

އެ ރޭ ސްލޫކީ ކޮމެޓީން ޒަމީލްގެ މައްސަލަ ނުބަލަން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވިއިރު، އެ ހުށަހެޅުން ފާސް ކުރީ އެމްޑީޕީގެ ހަތަރު މެމްބަރުންގެ ވޯޓާއެކު އެވެ.

އެއީ، ގަމުދާއިރާގެ މެމްބަރު މުހައްމަދު ވިޝާމާއި ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދާއި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަތު އަބްދުﷲ ސަނީފެވެ.

ދެން ވޯޓް ދެއްވީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

އެ މައްސަލަ އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ހޫނުވެ، ކޮމިޓީގައި ހިމެނޭ އެ ޕާޓީގެ މެމްބަރުންނަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމުގައި، ސިއްރު ކޮމިޓީއެއްގެ މައުލޫމާތު ލީކުވުމުގެ ކަންބޮޑުވުން މެމްބަރުން ފާޅުކުރެއްވި އެވެ.

އަދި އެކަން ހިނގައިދިޔަ ގޮތް މީޑިޔާގެ އިތުރުން އާއްމުންނަށް ސާފުކޮށް ދިނުމަށް މެމްބަރުން ވަނީ ކޮމިޓީގެ މުގައްރިރު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފްގެ ކިބައިން އެދިފަ އެވެ.

އެއާއެކު ކޮމިޓީގެ މުގައްރިރުގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޒަމީލްގެ މައްސަލަ ނުބަލަން ކޮމިޓީން ނިންމީ ސިޔާސީ ބޭފުޅަކު ލިޔުމެއްގައި ސޮއިކޮށް ފޮނުވުމަކީ އެއްވެސް ހާލެއްގައި އެބޭފުޅެއްގެ މައްސަލަ ނެގިދާނެ ކަމަށް ގަބޫލުނުކުރެވޭތީ ކަމަށެވެ.

"މިކަމުގައި ވަރަށް ގިނަ ގާނޫނީ މައްސަލަތަކެއް ހުރުމުން، މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބެލިދާނެ މައްސަލައެއްކަމަށް ގަބޫލުނުކުރެވޭތީ މި މައްސަލަ ކޮމިޓީން ބޭރުކުރުމަށް ފެންނަކަމަށް ހުށަހެޅި ތާއީދުލިބުނު ހުށަހެޅުން، އެ ވަގުތު ކޮމިޓީގައި ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން ފާސްވި އެވެ،" އެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ ސިއްރު ބައްދަލުވުމެއްގައި ނިންމި ނިންމުމެއް ލީކުވި މައްސަލަ ކުރިއަށް ތަނުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އޮންލައިންކޮށް ބޭއްވޭ ކޮމިޓީގެ ބައްދަލުވުމެއް ސިއްރު ކުރަން ނިންމާ ހިސާބުން، ބައްދަލުވުން މެދުކަނޑާލައި، އެ ބައްދަލުވުން ކުރިއަށް ގެންދިޔުމުގެ އިންތިޒާމް މަޖިލީހުގެ އިދާރާއިން ހަމަޖައްސައި ދިނުމަށް އެދުމަށް ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

ކަން ހިނގާދިޔަ ގޮތް ސާފުކޮށް ދިނުމުގެ އިތުރުން، އެ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގެ މައުލޫމާތު ލީކުވި މައްސަލަ ކޮމިޓީގެ ސަބް ކޮމިޓީއަކުން ދަނީ ބަލަމުންނެވެ.

ޒަމީރުގެ މައްސަލަ ސުލޫކީ ކޮމިޓީން ބޭރުކޮށްލީ، އަލިފުށީ ދާއިރާ މެމްބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު، މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އިސްކޮށް ހުންނަވައިގެން ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ތުހުމަތު ކުރައްވާފަ އެވެ.

އެ މައްސަލަ ހޫނުވެފައިވަނިކޮށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި މަޖިލީހުގެ ނައިބު ރައީސް އީވާ ވަނީ ބިގޭއަށް ރައްދު ދެއްވައިފަ އެވެ. ބިގޭ ޓެގް ކުރައްވައި އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ އިންކުއަރީ ފެއިލްކޮށްލުމަށް މަސައްކަތް ނުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

"ހަމަ ނުޖެހޭ ކޮމިޓީ އެހެން މެމްބަރުންނަށް ގުޅައިން ތިހެން މިކަން ފަނި ކުރާކަށް. ނުކުރިޔަސް ބިގޭގެ ސަރުކާރު ދެމި އޮންނާނެ،" އީވާ ވިދާޅުވި އެވެ.

ރައީސް ނަޝީދު އެދިވަޑައިގެން ކޮމެޓީންކުރާ ކަންކަން ކޮންމެ ފަހަރަކު ވެސް ގޯސް ކުރަން ބިގޭ އުޅުއްވަނީ ކީއްވެގެންތޯ އީވާ ސުވާލު ކުރެއްވި އެވެ. ރައީސް ނަޝީދުގެ ހާލަތާމެދުވީ ހަމްދަރުދީގެ މުއްދަތު ހަމަވީތޯ ވެސް އީވާ ސުވާލު ކުރެއްވި އެވެ.

ޒަމީލްގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ވެސް މަޖިލީހުން ފޮނުވި އެވެ.

ނަމަވެސް، ތަހުގީގު ނުކުރާ މައްސަލައެއްގައި ޖިނާއީ ދައުވާ ކުރެވެން ނެތް ކަމަށް ޕީޖީން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް މަޖިލީހަށް ލަފާ ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox